ޑީއާރުޕީގެ ކޮންގްރެސް 90 ދުވަހުގެ ތެރޭގައި ބާއްވާނެކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި މިހާރު އެޕާޓީގެ ލީޑަރ ޢަބްދުﷲ ޖާބިރު ވިދަޅުވެއްޖެއެވެ.

ޑީއާރުޕީއަށް މެންބަރުން އިތުރުކަން ފެށި ހަރަކާތުގެ ތެރެއިން މާލޭގެ ބޮޑުތަކުރުފާނު މަގު 7 ނަންބަރު ފާލަން ސަރަހައްދުގައި ވާހަކަ ދައްކަވަމުން ޖާބުރު ވިދާޅުވެފައިވަނީ މިހާރު އެޕާޓީއަށް ތިންހާސް މެންބަރުން ހަމަކޮށްފައިވާކަމަށެވެ.

ޖާބިރު ވިދާޅުވީ 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުން ޑީއާރުޕީއަށް ނާކާމިޔާބީއާއި ކުރިމަތިވިއިރު، އެ ޕާޓީގެ ދަރަނީގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައި ކަމަށާއި ކޯޓްގައި އޮތް އެޕާޓީގެ ދަރަނި ވަރަށް އަވަހަށް ޚަލާސްކުރައްވާނެ ކަމަށެވެ.

"ޑީއާރުޕީގެ މެންބަރުންގެ ޢަދަދު ބޮޑުތަން އިތުރު ކުރާނަން. ކޯޓްގައި އޮތް އެޕާޓީގެ ދަރަނި ވަރަށް އަވަހަށް ޚަލާސްކުރައްވާނެ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ މަސައްކަތްތެރިންނަށް ދޭ އުޖޫރައިގެ އެންމެ ކުޑަމިންވަރުކަމަށް މަދުވެގެން 10000 ރުފިޔާ ދިނުމަށް ލާޒިމްކުރާ ބިލެއް މަޖިލީހަށް ހުށައަޅާނެކަމަށެވެ.

"ޑީއާރުޕީ ރަން ޒަމާނަކަށް" މިނަމުގައި ޑީއާރުޕީ އަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ގިނަ އަދަދެއްގެ ދަތުރުވެރިން އެސަރަހައްދަކަށް ކައިރި ކުރާ "ބެންކް އޮފް ސިލޯން" ކުރިމަތީގައިއެވެ.

މި ސަރަހައްދުގައި ޓެންޓް ގާއިމުކޮށް އިއްޔެ ހަވީރު 4 ޖެހިއިރު ފެށި މި ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށް ޑީއާރްޕީ އިން ބުނެއެވެ. މި ހަރަކާތުގައި ޑީއާރުޕީގެ ލީޑަރ ޝިޕްގެ ބޭފުޅުން ބައިވެރިވިއެވެ.

ޖާބިރު ގެންދަވަނީ ޑީއާރްޕީގެ ލީޑާޝިޕާއި ހަވާލުވެ ވަޑައިގެން އެޕާޓީ ވަރުގަދަ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ިަިޒާލިމު

    ޖާބިރު މާ ރަގަނޅުވާނެ، މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާފައި އެމީހުނަށް ދޭންޖެހޭ މުސާރަ މަސް ނިމުނީމައި ދޭން މަޖުބޫރުކުރުވާ ބިލެއް ހުށަހެޅިއްޔާ! (އިނގޭ މިހާރުވެސް މަޖުބޫރުކަމެއް ކަން ވެސް) މަނިކުފާނު އަމިއްލަ ހިތާއި ހިތާއި ސުވާލުކޮށްލަބަލަ މުސާރަ ނުދީ ތިބީ ކިތައް ސްޓާފުންތޯ؟

    1
    1
  2. ...

    10 ދުވަސް ތެރޭ ކޭބަލް ކަާރު ކޮބާ؟