ސިޔާސީ ވަޒީފާތައް މި ސަރުކާރުން އިންތިހާއަށް އިތުރު ކޮށްފި ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު ކޯލިޝަނަނުން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަމުން ސައީދު ވިދާޅުވީ ހުސްވެގެން އުޅޭ 30 ބިލިއަން ރުފިޔާގެ ބަޖެޓުގެ ވާހަކައަށް ބަލާލިއިރު ބަޖެޓް ހުސްވިއިރު ވީ ކަމެއް ނެތް ކަމަށެވެ.

"މި ސަރުކާރުގެ ފުރަތަމަ 6 މަސް ދުވަސް ތެރޭ ރިކަރެންޓް ހަރަދު މިދިޔަ އަހަރާއި ބަލާއިރު 1.5 ބިލިއަން އިތުރަށް ހަރަދު ކޮށްފައި އެބަހުރި" ސައީދު ފާހަގަ ކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ސަރުކާރުގައި ރައީސް ޔާމީނުގެ ސަރުކާރަށް ވުރެން ސިޔާސީ މުއަޒަފުންގެ އަދަދު މަދުވާނެ ކަމަށް ވިދާޅުވެފައި ވާތީ އެކަމަށް އިޝާރަތް ކުރައްވަައި ސައީދު ވިދާޅުވީ މި ސަރުކާރުގެ މި އަދާއި ހަމައަށް ހަމަ އެކަނި މުސާރައަށް 300 މިލިއަން ރުފިޔާ ހަރަދު އެބަކުރާ ކަމަށާއި މިއީ މިދިޔަ އަހަރާއި ބަލާއިރު 50 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށެވެ.

"ސިވިލް ސާވިސް މުއަޒަފުންގެ ތެރެއިން ތިޔަ ބޭފުޅުން ސުވާލު ކުރައްވާ ކޮން ފަރާތެއްގެ ތޯ މުސާރަ ބޮޑުވީ. ނުވޭ ބޮޑެއް އެއްވެސް މީހެއްގެ, އެއިން އެނގެނީ މި ސަރުކާރުގެ ސިޔާސީ މުއަޒަފުން އިތުރުވެފައިވާ މިންވަރު" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ރާއްޖޭ އިގްތިސާދީ ދުވެލި ކުރިއަށް އޮތް ތިން އަހަރު ދަށްވެ، ސަރަހައްދީ އެހެން ގައުމުތައް ކުރިއަރައިގެން ދަނީ ކުރިން ތަކުރާރު ވަމުންއައި ރޭވުންތެރިކަމެއް ނެތް ސަގަފަތްތަކަށް އަލުން ރުޖޫއަވުމުން ކަމަށެވެ. މި ސަގާފަތްތަކަށް ރުޖޫއަވެ، އަގު ބޮޑު އަނދިރި ކްރެޑިޓް ލައިން ތަކާއި ހިލޭ އެހީ އިން ގައުމު ހިންގުމުގެ ސަގާފަތް އިއާދާވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މިއަހަރަށް ފާސްކުރި 32 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލުތައް ގެނައުމަށް ސަރުކާރުން މިހާރު ދަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން އުޅޭތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނިހާން

  ބޮޑު ޖަލްސާއެއް ތަ ބޭއްވީ.

  1
  3
 2. Maiha

  ހުރިހާ ދާއިރާ ތަކކަށްވެސް ސިޔާސީ ނުފޫޒު ފޯރުވާފި... އުލިގަމުގައި އެންމެ ފަހުން ނެގި އިމިގުރޭޝަންގެ ވަޒީފާވެސް ސިޔާސީ ކޮށްފަވަނީ... ކިޔެވުމުގެ ބޭނުމެއް ނެތް

 3. ހުސެން

  މިދިޔަ ހަމަހު ގައުމުގެ ވިޔަފާރިތައް ދިޔައީ އަޑިއަށް
  ގެސްޓުން ވީ މަދު
  މާލީ ތީޖޫރީ ދިޔައީ ދަށަށް
  އިޤްތިސޯދު އަޑިއަށް
  ހަރަދު ބޮޑު ދަރަނި ވީ ބޯ
  ޟާހިދުގެ ދަތުރަށް މަހަކު މިލިއަނެއް އެކަމަކު ދޮލަނގުގައި އޮތީ ހުސް ބުޅިއެއް ނެތް ހިބަރެއް
  ބޮޑުވަޒީރު މަޖުލީހުން ގައުމު ހިންގަނީ
  ކުރެވޭ ހާ ވެސް ކަމަކީ ތަހުޤީގު ކުރުުން
  މަޖުލިހުން ،ފުލުހުން ސިފައިން،ކޮމިޟަންތަކުން ،ޖޭއެސްސީއިން ކުރާހާކަމަކީ ތަހުޤީގުކުރުން
  ފުލުހުންނަކަށް މިކަމެއް ޤާނޫނުންމަތިކޮށްފަ އޮތަސް މުޅި އޮޑިޔަށް ބޮޑުވަޒީރުގެ ފައި އޮތީ
  ގައުމު އަޑިޔަށް
  ކަޑަ ސަރުކާރެއް މިނޫނިއްޔާ ދެކުނިންތަ؟