އެމްޑީޕީގެ ސިޔާސަތުތަކަށް ތާއިދުކޮށް، އެމްޑީޕީ ޕްރޮމޯޓް ކުރުމަށް އެންމެ ވަރުގަދައަށް މީސް މީޑިއާގައި މަސައްކަތް ކުރި ޠައްޔިބު ޝަހީމް ޑީއާރްޕީއަށް ސޮއި ކޮށްފިއެވެ.

ޠައްޔިބަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް މީސް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް ފެނުނު މީހެކެވެ. ރައީސް ޞާލިހް ވެރިކަމަށް ގެނައުމުގެ ކެމްޕޭންގައި އޭނާ އެމްޑީޕީގެ އެހެން އެކްޓިވިސްޓުންނާއި އެކު ބައިވެރިވިއެވެ.

ނަމަވެސް ރައީސް ޞާލިހްގެ ސަރުކާރުން "ޙައްޤު މިންވަރު ނުލިބިގެން" އޭނާ މީސް މީޑިއާގައި އަޑުއުފުލާފައިވެއެވެ.

އެމްޑީޕީގެ ގިނަ މީސް މީޑިއާ އެކްޓިވިސްޓުންނަށް މިސަރުކާރުން ވަޒީފާ ދީފައިވީނަމަވެސް ޠައްޔިބަށް މިހާތަނަށް އެއްވެސް ވަޒީފާއެއް ދީފައެއް ނުވެއެވެ.

ޠައްޔިބު ޑީއާރްޕީ އަށް ސޮއި ކުރިއިރު އެޕާޓީގެ ލީޑާޝިޕާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހަވާލުވެ، އެޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަގެންދެއެވެ.

މިއަދު ވެސް ޑީއާރްޕީ އަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ސޮއި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަތުރު ފަނި

    ތިއީ ނަޝީދު ފޮނުވި ފަންޏެ.. ބަލަންތިބޭ ތިފަނި ހުރިހާއެއްޗެ ކައިހުސްކުރާނެ.. ޕޕމއާ ޑރޕ ހަދާފައޮތް ކޯލިޝަން ނިމަން ފަނިއެޅުވީ އަލުން ގުޅުނަ ނުދޭން ފަނިއެޅުވީ..

    24
  2. ސަންނަ

    މިހާރު ޑީއާރ ޕީއަށް ކިތައް މެން ބަރުންތަ ހަމަވީ.

    17
  3. މާހިރު

    ތީ ފަންޏެއްކަން ޖާބިރަށްވެސް އެނގޭ. އެންމެ ފުނުން މައުލޫމާތު ނުލިބޭ ހިސާބުގައި ބަހައްޓައިގެން ސޯޝަލް މީޑިޔާ ވަރުގަދަކުރެވިދާނެ. ކޮންގްރެސްގައި، ހިންގާ ކޮމިޓީއަށް ހޮވިއްޖެނަމަ، ދެން ތިޕާޓީ ހަނދާން ނައްތާލާ. ހުރިހާ ވާހަކަތަކެއް ނަޝީދަށް ލައިވްވާނެ.

    11
    1
  4. ބަދިގެ

    ޕާޓީއަށް ސޮއިކުރަނީ ބަދިގެ ތެރޭގައިތަ؟