32 ބިލިއަން ރުފިޔާއިން ކުރި ކަމެއް ރައްޔިތުންނަށް ސާފު ކޮށްދިނުމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބުރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

މިރޭ އިދިކޮޅު ކޯލިޝަނަނުން ރައީސް ޔާމީން އާއި އެކު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ސުޖާއު ވިދާޅުވީ މި ސަރުކާރު އައިފަހުން އެންމެ ބާރަށް ދެކެވުނު އެއްވާހަކަ އަކީ މިސްކިއްތަށް އެއާކޯން ކުރުމުގެ ވާހަކަ ކަމަށެވެ. ކިތައް މިސްކިތް އެއާކޯން ކުރެއްވިޖެތޯ ސުޖާއު ވަނީ ސުވާލު ކުރައްވާފައެވެ.

"ފެބްރުއަރީގެ ބިލަށް ވުރެން މާޗް މަހުގެ ބިލު ބޮޑު މާޗް މަހުގެ ބިލަށް ވުރެން ޖޫން މަހުގެ ބިލް ބޮޑު އެހެން ކަމުން މިކަން ވެސް ނުވި, ކަރަންޓް ބިލެއް ކުޑައެއް ނުވިއޭ" ސުޖާއު ވިދާޅުވިއެވެ.

ސުޖާއު އިތުރަށް ވިދާޅުވީ މި ސަރުކާރަށް މި ކަން ނުވީމާ އިދިކޮޅު ފަރާތްތަކާއި ހަވާލު ކުރަން ޖެހޭ ކަމަށެވެ. އޭރު ކަރަންޓް ބިލް ވެސް ކުޑަ ކޮށްލާ ގޮތް ދައްކާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ގައުމަށް އެތެރޭ ކުރެވޭ މުދަލުގެ އަދަދު ކުޑަވެ , ކޮންޓެއިނާތަށް އެތެރެކުރާ އަދަދު ދަށްވެ ވިޔަފާރިތަށް ވެސް އެތަނީ ފުޑެމުން ,ކޮންބާތޯ ރިޔާސީ އިންތިހާބުގައި މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ވި އެންމެ ބޮޑު ވައުދު , ކުލީގެ މައްސަލަ ކޮބާތޯ ކުލި ކުޑަވެއްޖެތޯ" ސުޖާއު ސުވާލު ކުރެއްވިއެވެ.

ސުޖާއު ވަނީ ސަރުކާރު ހިންގަން ނޭގޭނަމަ އިދިކޮޅު ފަރާތްތަކާއި ސަރުކާރު ހަވާލު ކުރުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. ސުޖާއު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ތަފާތު ފެންނާނެ ކަމަށެވެ.