ޑެންގީ ހުން ޖެހިގެން 11 އަހަރުގެ އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ.
އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ މާލެ އަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ.
އޭނާ ނިޔާވިއިރު ހުން އައިސްގެން އުުޅޭތާ ދެ ތިން ދުވަސްވެއްޖެ އެވެ.
މިދިޔަ މަހު ޑެންގީ ހުން ޖެހިގެން ނުވަ އަހަރުގެ ތެލެސީމިއާ ފިރިހެން ކުއްޖަކު ނިޔާވިއެވެ.
ފާއިތުވި ހަތަރު ވަރަކަށް މަހު ޑެންގީ އާއި ޗިކުންގްންޔާ ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް ހުން ކޮންޓްރޯލް ކުރަން ސަރުކާރުން މާބޮޑު މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ.
މިކަން ކޮންޓްރޯލް ކުރުމަށް މިސަރުކާރަކުން އެއްވެސް ކަމެއް ނުކުރާނެ އެހެންނަމަވެސް ކޮންމެ ބޭފުޅަކުވެސް ފަރުދީޒިންމާ އަދާކުރަންޏާ އިރާދަކުރެއްވިއްޔާ ކޮންމެވެސް ޙައްލެއް އަންނާނެ
ރަށް ރަށް ފޮގުކުރުން ފަަދަ ކަންކަންވެސް އެންމެ ކުޑަމިނުން ކޮށް ނުލާ.
މީ ފެއިލްވެފައޮތް ސަރުކާރެއް
ބޮޑުތަނުން ފެއިލްވެފަ....ވޯޓުދިންމީހުން ދެންއަތްޖަހާފަ ލަވަކިޔާފަ ނަށާބަލަ...ތާރިހުދޯވަރަށް
މިސަރުކާރުން ރައްޔިތުންގެ ފައިދާއަށް ހަމައެއްކަމެއްވެސް ކޮށެއްނުދޭނެ އެމީހުންވރިކަމަށް އައީބޭރުގައުމުތަކަށް ދަތުރުކޮއްލަން ގައުމުތައްބަލާލަން.
.ބަލިމަޑުކަމެއް ފެތުރުނަސް އެކަންއެނގޭކަމަށްވެސް ހަދާނުލާ..ކޮއްމެރަށެއްގެ ވެސް ކައުންސިލް އަޅާނުލިއްޔާ ރައްޔަތުންނުކުމެ ރަށުފެންވަރުގަ ކުރެވެންއޮތް ހުރިހާކަމެއް ކުރަންވީ ފައިދާވެސް އިންޝާﷲ ވާނީ އަހަރެމެނަށް ވެރިންދާނެ ބިލުގެ އިސްތައްޓެއްގަ ރިއްސާލިޔަސް ބޭެރުގައުމަކަށް ރައްޔިތުންގެ ލާރީގަ އެކަމު ނިކަމެތި މީހާޔަށް އާސަންދައިން ބޭސްކޮޅެއްނުލިބޭގޮތް ހަދައިގެން އެތިބެނީ މިހާނުބައިބައެއް ވެރިކަމުގަ މިތިބީ ބަޔަކުހޭބަލިވެގެން ހޮވާފަ...ދެރަކަމުގެ ކޮޅެއްވެސްނެތް