މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލަކީ އެމީހަކަށް ދަސްވެފައި ހުރި އެއްޗެއް އެހެން މީހަކަށް އުގަންނައިދިނުންކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހދ. ނޮޅިވަރަންފަރު ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް އެ ސްކޫލުގައި ރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ނޮޅިވަރަންފަރު ރައްޔިތުން ތަޢުލީމަށް ދޭ ސަމާލުކަމާއި އަހައްމިއްޔަތުކަން ފެނިގެން ހިނގައްޖެކަމަށާއި، ނޮޅިވަރަމަކީ ތަޢުލީމު ކުރިއެރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ރަށެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވިދާޅުވިގޮތުގައި ނޮޅިވަރަންފަރު ސްކޫލް ފާހަގަކުރެވެނީ ވޭތުވެދިޔަ އަހަރުތަކުގައި ރަން ވަނަ ތަކެއް ޙާޞިލްކުރި ދަރިވަރުންތަކެއް އުފެދުނު ސްކޫލެއްގެގޮތުގައި ކަމަށާއި، މިކަމުން ދޭހަވަނީ ރަނގަޅު ނަތީޖާ ޙާޞިލްކުރެވެނީ ވަރަށް ގިނަ ބަޔަކު އެއް އަމާޒަކަށް އެކުގައި މަސައްކަތްކޮށްގެން ކަމުގައެވެ.

އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ތަޢުލީމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޚާއްޞަ ސަމާލުކަމެއް ދެއްވާ ދާއިރާއެއްކަމަށާއި، މިސަރުކާރުން ރާއްޖޭގެ ތަޢުލީމީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މިގޮތުން އެމަނިފާނު ވަނީ ސަރުކާރުން ތަޢުލީމު ކުރިއެރުވުމަށް ކުރަމުންދާ މުހިންމު ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ތަޢުލީމަކީ ހަމައެކަނި ކްލާސްރޫމް ތެރެއިން ދެވޭ އެއްޗެއް ނޫންކަން ފާހަގަކުރައްވަމުން، ތަޢުލީމު އުނގަންނައިދިނުމުގެ ހަޤީޤީ މަޤްޞަދު ޙާޞިލްވާނީ ދިރިއުޅުމުގެ މައިދާނަށް ނުކުތުމަށް ކުދިންނަށް އުނގަންނައިދީގެން ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ޚިދުމަތުގެ ރަން ފިލާ ލިބިވަޑައިގެންނެވި ފަރާތްތަކަށް ފިލާ ހަވާލުކޮށްދެއްވާފައެވެ. އަދި ނޮޅިވަރަންފަރު ސްކޫލުން އަލަށް ތަޢާރަފް ކުރި އެދުރުކަލޭފާނު ހަނދާނީ ފިލާ ސްކޫލްގެ ފަރާތުން ނައިބު ރައީސް އަށް އެރުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި 2020 ވަނަ އަހަރުން ފެށިގެން ނޮޅިވަރަންފަރު ސްކޫލްގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ސްކޫލްގެ ރަސްމީ ޔުނީފޯމް އިފްތިތާޙްކޮށް، ސްކޫލްގެ އަހަރީދުވަހާއި ގުޅުވައިގެން އާލަވައެއް ވެސް ވަނީ ތަޢާރަފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަދަބީއްޔާތު

    ދުރުގަ ހުރެ ހަޅެއްލެވުމަކުން އަދި އެއްޗެއް ދަހެއްނުވާނެ . ވީމާ ސަރުކާރެއް ހިންގަން ދަސްކުރަން އެދޭނަމަ އެކަމަށް އެދިހެން އައިސް ހުށަހެޅުމުން ގައުމެއް ހިންގާނެ ގޮތް ދަސްކޮށްދެވިދާނެ. މައްސަލައަކީ ނެތް ފެންވަރުން ގައުމެއްގެ ރައްޔިތުންގެ މަސްލަހަތާއި ގައްގު ހިމެނޭ ހަންކަމާއި ހަވާލުވާތީ.

    19
  2. ފޮނިކަނޑާ

    މިހާރު ދީނީ އިލްމުވެރިޔަކަށްވެސް ވީތަ؟

    24
    1
  3. ރިމެމްބަރ

    މަގުސަދު ހާސިލް ވާނީ ދިރިއުޅުމުގެ މައިދާނަށް ކުދިން ތައްޔާރު ކުރެވިގެން ކަމަށް ޖަސްޓް

    13
  4. ސަޓޯ

    އަހަރެމެން އިބުރޭއަށް ބުނެލަން އޮތީ ގަންޖާ ނަޝީދު އޭނާގެ ގައުމު އިންޑިއާއަށް ޑީޕޯރޓުކޮއްފައި ނައިބުރައީސް އަށް ވެރިކަން ހަވާލުކުރުމަށް ފަހު ކަލޭ ވަޒީފާއިން ރިޓަޔާރ ކުރުމަށް. އެއަށްވުރެ ބޮޑު ހެޔޮކަމެއް ކަލެއަކަށް ރައްޔިތުންނަކަށް ނުކޮއްދެވޭނެ

    15
    1
  5. ިިއިންޑޯ

    ހޫމްހޫމް! ލުތުފީ އުނގަންނާދެއްވި ގޮތަށް އަދީބު ފިލައިފި އެވެ.

    15
  6. މޫސަ

    ކަލެއަށް ދަސްވެފަހުރީ މީނުނަށް ބިރުދައްކައިގެންއުޅެން، އެގޮތުން ކަލޭގެ އާއިލާގެއެންމެން ތިޔައުޅުނީ ބުރުމާގާސިމްއަށް ބިރުދައްކައިގެން.

    18
  7. ގޮލާ

    ޢެހެންވީމަދޯތި މީހުންނައް ލާރިކާން ދަސްކޮއްދެނިތި

  8. ޓީޗަރެއް

    ކަލެޔައް ބުނެދޭންއެނގޭނެ ރިސޯޓުގައި އަންހެންކުދިއްނަށް ހަދާނެގޮތް އައްނަންވެގެން ނޮޅިވަރަންފަރު ރައްޔިތުން އެދޭކަންތައްތައް ސާފުކުރި ކޯއްޗެއްބާ އެރަށުރައްޔިތުންނައްދިނީ މިބުރާއްޗަކައްނޭގޭ އެރަށުރައްޔިތުން ރީތިބަހުން މަލާމާތްކުރިކަންވެސް އެހެންތާވާނީ ތަނެއްދޮރެއް ނޭނގޭ ގަމާރުންނައް

  9. މޮޅު މީހާ

    ނޮޅިވަރަމެއް ނޫން ނޮޅިވަރަންފަރަކީ ތައުލީމު ކުރިއެރުވުމަށްޓަކައި

  10. ޖޯބެ

    އެމްޑީޕީ އަކީ މީހުން ފިލިވާ ސަރުކާރެއް...

  11. ހަސަންތަކުރު

    ވަރަށް އުފާ ވެއްޖެ މިއަދާހަމަޔަށްއަޅުގަޑު
    މިތިބީ އެންމެހެޔޮޢަމަލަކީކޮބައިކަންނޭގިފަ