މާލެ ސަރަހައްދުގައި ޓެކްސީ ހޯދުން ބޮޑު ތަކުލީފަކަށް ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްދޭން ސަރުކާރުން ނިންމާ، އެކަން އިއުލާނުކޮށް، މިހާރު އެކަމުގެ އަމަލީ މަސައްކަތް ފެށިއްޖެއެވެ. މޯބައިލް އެޕްލިކޭޝަންތަކެއް މެދުވެރިކޮށް ޓެކްސީ ހިދުމަތް ދޭން މި ދަނީ ތައްޔާރުވަމުންނެވެ. މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުގެ ހުރިހާ ޓެކްސީ ޑްރައިވަރުން ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދަ ދީފައިވާ މޯބައިލް އެޕްލިކޭޝަން ބޭނުން ކުރަން ޖެހޭނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދަ ދީފައިވަނީ ތިން އޮންލައިން އެޕްލިކޭޝަނަކަށެވެ. އޭގެތެރެއަން އެންމެ ފުރަތަމަ ފަރާތަކީ އަވަސް ރައިޑު އެޕްލިކޭޝަންއެވެ.

އަވަސް ރައިޑްއަކީ މިހާރުވެސް އެންމެ ފުޅާ ދާއިރާއެއްގައި ދިވެހިންނަށް ޓެކްސީ ހިދުމަތް ދެމުން އަންނަ އޮންލައިން އެޕްލިކޭޝަންއެވެ. އަދި އަވަސް ރައިޑަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ގިނަ ޓެކްސީ ފްލީޓް ގެންގުޅޭ ޓެކްސީ ސާވިސްއެވެ. އަވަސް ރައިޑް ޓެކްސީ ފްލީޓްގައި 650 އަށްވުރެ ގިނަ ޓެކްސީ ހިދުމަތް ދެމުން ގެންދެއެވެ. އަދި ސައިކަލް ޓެކްސީ ހިދުމަތާއި، ޕިކަޕް ލޮރީ ފަދަ ވެހިކަލްތަކާއި، ވޭނާއި އަދި ކުރީބައިގާ ބޭނުން ދުވަހަކު ބޭނުން ގަޑިޔަކަށް ބުކްކޮށްލައިގެން ހިދުމަތް އަވަސް ރައިޑް އެޕްލިކޭޝަނުން ލިބެއެވެ. އަވަސް ރައިޑް ހަމަ އަވަހެވެ. ދިވެހިންނަށް އަވަސްކަމާއި ފަސޭހަކަމާއެކު، އެ ހިދުމަތް އަވަސް ރައިޑުން ދެމުންގެންދާތާ އެތައް މަހެއް ވެއްޖެއެވެ އަދި އަވަސް ރައިޑު އެޕަކީ ދިވެހިންގެ މަަޤުބޫލުކަމާއި އިތުބާރު ހޯދާފައިވާ ހިދުމަތެކެވެ.

އަވަސް ރައިޑްގެ ޒުވާން ސީއީއޯ ޔާނިއު ރަމީޒް

ސަރުކާރުން މި ދިން ހުއްދައާއެކު އަވަސް ރައިޑްއަށް އިތުރު ޑްރައިވަރުން ލިބި، ހިދުމަތް އިތުރަށް ފުޅާވެގެންދާނެކަމާއި މެދު ޝައްކުވެސް ކުރާނެ ކަމެއް ނެތެވެ. އެއާއެކު ގިނަ ބަޔަކަށް ޓެކްސީ ހިދުމަތް ފުޅާ ދާއިރާއެއްގައި ފަސޭހަކަމާއެކު ލިބިގެންދާނެކަމަށް އަވަސް ރައިޑް އިން އުއްމީދު ކުރެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ހިދުމަތަށް މި ނެރުނު އެޕްލިކޭޝަންތަކާއެކު، މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށްވެސް މި ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން، މާލެ - ހުޅުލެ، ހުޅުލެ - މާލެ ދަތުރެއްގެ އަގު -/60 ރުފިޔާއަށް ކަނޑައަޅާފައިވާއިރު، ހުޅުމާލެ – ހުޅުލެ، ހުޅުލެ - ހުޅުމާލެޭ ދަތުރެއްގެ އަގަކީ -/60 ރުފިޔާއެވެ. އަދި މާލެ- ހުޅުމާލެ، ހުޅުމާލެ - މާލެ ދަތުރެއްގެ އަގަކަށް ކަނޑައަޅާފައި ވަނީ -/75 ރުފިޔާއެވެ. ކުރިން ބުރިޖު ހުރަސްކޮށް ކުރާ ކޮންމެ ދަތުރެއްގެ އަގަކީ 100 ރުފިޔާއެވެ.ބައެެއް ޑްރައިވަރުން އެއަށްވުރެ ބޮޑުކޮށްވެސް ނަގައެވެ.

މީގެ އިތުރުން މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގަކީ މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ އަށެވެ. އެހެންކަމުން މި އެޕްލިކޭޝަން މެދުވެރިކޮށް ކުރާ ދަތުރުތަކުގެ އަގުތައްވެސް ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވާގޮތަށް ބަދަލުވެގެން ދާނެއެވެ.

އަވަސް ރައިޑްއިން މިހާރު ދަނީ އިތުރު ހިދުމަތްތަކެއް ތައާރަފް ކުރުމަށް ތައްޔާރުވަމުންނެވެ.

https://www.facebook.com/293498351263734/posts/396704374276464?sfns=mo

ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ އަވަސްރައިޑްއަށް ތައުރީފްކޮށް ވާހަކަދައްކާފައެވެ. އެގޮތުން އެ މިނިސްޓްރީން ވަނީ އަވަސް ރައިޑްއަކީ ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް ޓެކްސީ އެޕްލިކޭޝަންްގެ ހިދުމަތް މިވަގުތު ދެމުން އަންނަ ފަރާތްތަކަން ފާހަގަކޮށްފައެވެ. އެހެންކަމާއެކު މިހިދުމތް ދިނމަށް ހުއްދަ ދިނުމަށް ފުރަތަމަ ޗޮައިސްގެ ގޮތުގައިވެސް އެ މިނިސްޓްރީން ކަންޑައަޅާފަައިވަނީވެސް އަވަސް ރައިޑެވެ. އަދި ރާއްޖޭގެ އެންމެ ގިނަ ޓެކްސީތައް ބައިވެރިވެފައިވާ އެޕްލިކޭޝަންއަކީ އަވަސް ރައިޑް އެޕްލިކޭޝަންކަންވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެެވެ.

އަވަސް ރައިޑް އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްކާތެރި، އަވަސް، އަދި އިތުބާރާއެކު ޓެކްސީ ހިދުމަތް ދިވެހި ރައްޔިތުންނަށް ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަސްލު

    ތިއެޕް ބޭނުންކޮށްގެން ޓެކްސީއެއް ހޯދަން އެކިދުވަސްމަތިން 10 ވަރަކަށްފަހަރު މަސައްކަތް ކުރެވިއްޖެ،،، އެއްކޮށްވެސް ކެންސަލްވަނީ... އެއިގެން 1 ދުވަހު އަދި ޓެކްސީއެށް ލިބުނީ...

    3
    9
  2. މޮޔަ ހަސަނު

    ތީތި ވޯކެއް ނުކުރާނެ! ހުޅުމާލެއަށް 75 ރުފިޔާ އަށް ދަތުރުކުރުމަށް ވުރެން އެވަގުތުކޮޅު މާލެތެރޭގައި ދަމާލީމަ މާގިނަ ރުފިޔާލިބޭނެ!

    7
    5
  3. އައްޑޫ ތަކުރު

    ތި ހިދުމަތް އައްޑޫ އަށް ލިބެނީ ކޮންދުވަހަކު

    8
    2
  4. ސާދާ

    މަރުހަބާ އަވަސް ރައިޑު އެންޑް ޔާނިއުގެ ޓީމައް.. އަވަސް ރައިޑް ވަރަށް ފައްކާ! މަ ކޮންމެދުވަހަކުހެން ބޭނުންކުރަން

    9
    6
  5. އ. ޖ. އ

    ބުރޯ ހާދަ ލާރިއެއް

    1
    1
  6. މޯދީ

    ދުވަހަކުވެސް ސައިކަލު ޓެކްސީޔެއް ނުދެކެން އަދި ނުވެސް ލިބޭ!

    3
    7
    • ސިމާނު

      ކަލޭ ހަމަހޭގަތަ؟؟ އަހަރުން އަބަދުވެސް ސައިކަލު ޓެކްސީގަ އުޅެނީ އެންމެ 10ރ އަށް ދަތުރުކޮށްދޭ، މިހާރު ކާރަކަށް ނުވެސް އަރަން! ހޭލަބަލަ

      11
      4
  7. މެކްސް

    ކީވެތަ ހުރިހާ ސަރުކާރަކުން މި ޓެކްސީ ތަކަށް ބަލާބޮޑް ކުރަނީ.މީހުން މެރުމާ ވައްކަން ކުރުމަށް ގާނޫނެއް ހަދާބަ ފުރަތަމަ.

    8
    6
  8. ވައި

    ކޮންމެ ޓެކްސީ އެއް ވިޔަސް މައްސަލައަކީ ދަތުރުކުރަމުން ދަމުން އިތުރު މީހުން އަރުވާތީ،،، އެކަން ހުއްޓުވަން ވެއްޖެ،،، ބައެއްފަހަރު ބަސްދަތުރަކޭ އެއްވަރު ވާނެ ތިން ހަތަރު މީހުން އަރުވަފާނެ....

    1
    3
  9. އަހުމަދު

    އަވަސްރައިޑް ވަރެއްނެތޭ ހިއްވަރާއެކުގަ މަސްއްކަތް ކުރާމީހުނަށް ކާމިޔާބް ޝުކުރިއްޔާ ޔާނިޢު & ހަސަން ރަމީޒް

    1
    1
  10. އިބްރާޙިމް

    ޢަވަސް ރައިޑް އަކީ ވަރަށް ފުރިިހަމަ ހިދުމަތެއްދެއްވަމުން ގެންދަވާ ބަރާބަރު ހިދުމަތެއް