ލ. ހިތަދޫގައި ކުޑަ ކުދިނަށް ހާއްސަ ކޮށް ގެން ފޯރިގަދަ އީދެއް ފާހަގަ ކުރަން ނިންމައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މި ހަރަކާތުގައި އިސްކޮށް އުޅުއްވާ އަހުމަދު ފަހީމް ވިދާޅުވީ މިއީ 1440 ވަނަ އަހަރުގެ އަޟްޙާ ޢީދާއި ގުޅިގެން މާލޭގައި ދިރިއުޅޭ ޒުވާނުންތަކެއް އިސްނަގައިގެން 'ކޮއްކޮމެންގެ ޢީދު'ގެ ނަމުގައި ބާއްވާ ކުޑަކުދިންގެ ހަވީރެއް ކަމަށެވެ.

" މި ހަރަކާތަކީ ކުޑަކުދިންނަށް އިސްކަންދީގެން ތަފާތު އެކި އެކި ކުޅިވަރުތަކާއި ކާރޓޫން ކެރެކްޓާރސް ހިމެނޭގޮތައް ބާއްވާ ދެގަޑިއިރުގެ ހަރަކާތެއް, މި ހަރަކާތް ބާއްވަން ހަމަޖެހިފައިވަނީ މި ހިނގާ 1440 ވަނަ އަހަރުގެ ޢަޟްޙާ ޢީދު ގެ ފުރަތަމަދުވަސް ކަމުގައިވާ 11 އޯގަސްޓް 2019 ވާ އާދީއްތަ ދުވަހު ހަވީރު 16:00 އިން 18:00 އަށް ލ.ހިތަދޫ ބޮޑުހަރުގެ ހުސްބިމުގައި" އޭނާ ވިދާޅުވިއެވެ.

މިހަރަކާތުގެ މައިގަނޑު މަގުސަދަކީ ޢީދުގެ އުފަލުގައި ކުޑަކުދިންވެސް ބައިވެރިކޮށް އެކުދިންގެ ހިތްތައް އުފާކޮއްދިނުމެވެ. އަދި މުޖުތަމަޢުގެ އެންމެންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ.

މިހަރަކާތް ރޭވިފައިވަނީ މައިގަނޑު 8 ބަޔަކައް ބަހާލެވިގެންނެވެ. އެއީ؛
1. ފޮޓޯގުރަފީ ސ ްޓޯލ
2. ފުޑްސް ުސޓޯލް
3. ފޭސް ޕެއިންޓިން އެންޑް ހީނާ އާރޓްސް ުސޓޯލް
4. ަވޯޓރ ބެލޫން ުސޓޯލް
5. ބޯލް ބޮކްސް ުސޓޯލް
6. މިއުޒިކަލް ޗެއާރ ުސޓޯލް
7. ރޯޕް ޗެލެންޖް ުސޓޯލް
8. ރޮބޯ މޭން

މި ހަރަކާތް ހިނގަމުންދާނީ ކޮއްކޮމެންގެ ޢީދު ބާއްވާ ތަނުގެ މެދުގައި ހުންނަ ސްޓޭޖް މަތީގައެވެ. މި ހަރަކާތުގައި ކުޑަކުދިންނާއެކު ރޮބޯމޭން ގެ ތަފާތު ހުނަރުތައް ދައްކާލާނެއެވެ. އަދި ކުދިންނައް ތަފާތު އެކި ހުނަރު ދައްކަން ކިޔައިދޭނެއެވެ.

ކޮއްކޮމެންގެ ޢީދު ގައި ހިމަނާ ކާރޓޫން ކެރެކްޓާރސް ތަކަކީ ކުޑަކުދިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ މޮއާނާ ކާރޓުންގެ ކެރެކްޓާރސްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އ. ޖ. އ

    މޮޔައިން ކުރާ ކަހަލަ ކަންތައް

    4
    4
  2. ހުމްހުމް

    ލާމަށް ނުދާތި. އެއީ ކުރައިމްނސިޓީ.

    1
    4
  3. ހހހ

    ލާމަށް ނުދާތި. ފޭރޭނެ

  4. ޖޭބޮނޑި

    މީހެއްކަމެއް ކުރަންޔާ ވިއްދައިގެން އުޅެގެން ވާނެ ފައިދާއެއް ނޯންނާނެ.

    1
    1
  5. ވިސްނުންތެރިޔާ

    ލ އެއީ ރާއްޖޭގަ އޮތް އެންމެ ފުރިހަމަ އަތޮޅު
    ??

    2
    2
  6. ޝާދު

    ލ އެެއީ ހަމަ އެންމެ ރީތި އަތޮޅޯ