ދިވެހި ސަރުކާރާއި ސީޝެލްްސް އާ ދެމެދު ހަތް އެއްބަސްވުމެއްގައިި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުންތަކުގައި ސޮއިކޯށްފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ދެކަނބަލުންނާއި، ސަރުކާރުގެ ބައެއް ވެރިން ސީޝެލްސްއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

އެއްބަސްވުންތަކުގައި ރާއްޖޭގެ ފަަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ކުޅިވަރާއި ފަތުރުވެރިކަމާއި ހާރިޖީ ދާއިރާއާއި އިގްތިސާދީ ދާއިރާގެ އިތުރުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެކެވެ.

ރައީސްގެ ސާލިހުގެ މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައިވިލް

    ރައީސް އިބޫގެ ވެރިކަމަށް ހަގީގަތުގައި އަހަރު ދުވަސް ވެއްޖެއޭ އަދި ވެސް ޕްލޭން ކުރަން ޖެހޭ ކަންކަން ނުކުރެވިއޭ އޮތީ ...

    3
    1
  2. ތިބޭނެއޭ

    އިސްތިއުފާ ދޭން ޖެހޭ ވަރަށް މި ސާރުކާރު ފެއިލްވެއްޖެ ކަމަށް ރައީސް ޔާމީން އެވިދާޅުވަނީ

    5
    1
  3. އައިވިލްގޯގޯގޯ

    ބޭރަށް ދާ މީހުން ވެސް ސަރުކާރަކަށް ނުބެލުނު، ރަނގަޅު ވާނީ އިސްތިއުފާ ދިނުން ...

    3
    1