މިހާރު މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ޖަލުގައި އޮންނެވީ މުސަޅަކާއި އެކު ކަމަށް އޭނާގެ އަނބިކަނބަލުން ނަޒުރާ ނަސީމް ވިދާޅުވެއްޖެއެވެ.

މަހުލޫފުގެ އަނބިކަނބަލުން ނަޒުރާ ނަސީމް ކުރި ޓުވީޓެއްގައި ބުނެފައިވަނީ މަހުލޫފު މާފުށީ ޖަލުގެ ޔުނިޓް 13 ގައި އޮންނެއްވީ މުސަޅަކާއި އެކު ކަމަށެވެ.

މާފުށީ ޖަލަށް މަހުލޫފް ބަދަލުކުރިއިރު ކްރިމިނަލް ކޯޓުން ދާދިފަހުން އޭނާ އިތުރު ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަހުލޫފު ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިވަޑައިގެން އެތަނުގައި ތިބި މީހުންނަށް މާސްކް ބެއްސެވުމަށްފަހު ހަރުގެ ތެރޭގައި ހުންނަވަނިކޮށެވެ.

އެ މައްސަލާގައި ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި މަހުލޫފްގެ މައްޗަށް ދައުވާ ވެސް އުފުލާފައެވެ.

މީގެއިތުރުން މަހުލޫފު މައްޗަށް މިހާރު ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ. މަހުލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހު އާންމުންގެ ބަޔަކާއިއެކު މާފުށީ ޖަލު ކުރިމަތީ މުޒާހަރާ ކުރި މައްސަލާގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޚަމަނަ

    މިނިކާ ވަގަކާއެކު ބާއްވަން ވީ.

  2. Anonymous

    މަހުލޫފު އޯކޭ މުސަޅު އޯކޭ. ދެން ނަޒުރާއައް ކޮން.ކަމެއް

  3. ސަދުން

    ދެން ތި މުސަޅު ފިހެލައިގެން ކާލާ. ވަރަށް މީރުވާނެ.

  4. ކަޑަ

    ޏަޒުރާ ޖޭވީދޯ؟!

  5. ހުސޭނުބޭ

    ނަޒުރާ ސަކަރާތް! މުސަޅު އޯކޭ!