ރާއްޖެއިން ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާއަށް ދަތުރުކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިންޑިއާއިން އަނބުރާ ރާއްޖެ ފޮނުވާލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، އަދީބަށް ރާއްޖެ ރައްކާތެރި ނޫންކަމަށް އޭނާގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

އަދީބު ރާއްޖެއިން ފިލައިގެން ގޮސްފައި ވަނީ ޓަގް ބޯޓެއްގައެވެ. އެ ބޯޓުގެ ކްރޫއެއްގެ ގޮތުގައި އޭނާ އިންޑިއާއިން އެތެރެވާން އުޅެނިކޮށް އިންޑިއާއިން ވަނީ ހިފަހައްޓާފައެވެ. އަދި އަދީބުގެ ގާނޫނީ ޓީމުން މިހާރު ވަނީ އިންޑިއާ ހިމާޔަތަށް އެދިފައެވެ. އެހެން ނަމަވެސް އެކަމުގެ ޖަވާބެއް އިންޑިއާ ސަރުކާރުން ދީފައެއް ނުވެއެވެ.

އަދީބުގެ ގާނޫނީ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަދީބު އާއި އިންޑިއާ ސަރުކާރުން މިއަދު ސުވާލުކޮށްފައިވާކަމަށެވެ. އެ ބަޔާނުގައި ބުނެފައި ވަނީ، އަދީބު އަނބުރާ ރާއްޖެ ގެނެސް ޖަލަށް ލުމަށް ދިވެހިންގެ ފުލުހުންގެ ޓީމެއް މިހާރު އިންޑިއާއަށް ދަތުރު ކުރާނެ ކަމަށެވެ. އަދި އަދީބު ފުލުހުންނާއި ހަވާލުކޮށްފިނަމަ، ނުހައްގުން އަދަބު ދޭނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އަދީބު ލައްވައި ކުރީގެ ސަރުކާރުގެ ބައެއް ބޭފުޅުންނާ ދެކޮޅަށް ވާހަކަދެކުމަށް އެގްރިމެންޓެއްގައި ސޮއިކުރުވާފައިވާ ކަމަށެވެ. އެ އެގްރިމެންޓުގައި ސޮއިކުރުވަންދެން އަދީބަށް ދޭންޖެހޭ ސިއްހީ ފަރުވާ ނުދީ ސަރުކާރުން ހިފެހެއްޓިކަމަށް އެ ބަޔާނުގައި ވެއެވެ.

"އަޅުގަނޑުމަންނަށް އެ އެގްރިމެންޓު ލިބިފައިވޭ". އަދީބުގެ ވަކީލުންގެ ޓީމުގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އަދީބު އަނބުރާ ރާއްޖެ ފޮނުވާލައިފިނަމަ އޭނާއާއި މެދު ގޯސްކޮށް ކަންތައްކުރާނެ ކަމަށެވެ. އަދި އަދީބުއަށް ރާއްޖެ ރައްކާތެރި ނޫންކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އަދި ހިމާޔަތް ހޯދަން ހުށަހެޅި ހުށަހެޅުމާމެދު ވަކިގޮތެއް ކަނޑައެޅެންދެން އަނބުރާ ރާއްޖެއަށް ފޮނުވާނުލުމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދީބުގެ ލީގަލް ޓީމުން ބުނާގޮތުގައި ރާއްޖޭގައި އަދީބުއަށް އެކަށީގެން ނުވާ މާހައުލެއް އޮއްވާ އޭނާ ރާއްޖެ ގެނައުމަކީ ރަނގަޅުގޮތް ނޫން ކަމަށެވެ. އަދި އެ ހާލަތުގައި އަދީބު އަށް ހިމާޔަތް ދޭން ޖެހޭނެކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އިންޑިއާއަކީ އެފަދަ ފަރާތްތަކަށް ހިމާޔާތްދޭ ގައުމެއްކަން ފާހަގަކުރަމުން އެ ބަޔާނުގައި ބުނެފައި ވަނީ، އިންޑިއާއަކީ އެފަދަ ފަރާތްތަކަށް ހިމާޔަތަށް ލޯބިކުރާ ގައުމަށް ވާތީ އެ ގައުމުގެ ނަން އެފަދަ މައްސައެއްގައި ކިލަނބުކޮށް ނުލުމަށެވެ.

އަދީބު އަނބުރާ ރާއްޖެ ގެނައުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށާއި، އެފަދަ ކަމެއްގައި ރާއްޖެ އާއި އިންޑިއާއިން އަމަލު ނުކުރާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ވަގުތު

    މުޅި ރާއްޖެއަށް ނުރައްކާ ކޮށްފަ ބޮޑެތި އެތައް ޖަރީމާ އެއް ހިންގާފަ ހުރި މުޖުރިމަކަށް ކިހިނެއް ރާއްޖެ ރައްކާތެރި ވާންވީކީ

    47
    2
  2. ރީންދޫ

    ބުރޯ ލައްވާ ސަރުކާރުން ގޭމް ޖައްސަނީ

    46
    3
  3. ސުރުޚީ

    އަދީބަކީ ރާއްޖެއަށް ރައްކާތެރި މީހެއްނޫން

    44
  4. އަން

    ވަކީލުންގެ ޓީމުން ތިފަޅާއަރުވަލީގޭމް. ތިސޮރު ރާޖެއަށްވެސް ގެންނާނެ. އަދި ޖަލައްވެސް ލާނެ

    36
    1
  5. މޮޔަ ހަސަނު

    އެ ބަޔާނުގައި ބުނެފައި ވަނީ، އަދީބު ލައްވައި ކުރީގެ ސަރުކާރުގެ ބައެއް ބޭފުޅުންނާ ދެކޮޅަށް ވާހަކަދެކުމަށް އެގްރިމެންޓެއްގައި ސޮއިކުރުވާފައިވާ ކަމަށެވެ. އެ އެގްރިމެންޓުގައި ސޮއިކުރުވަންދެން އަދީބަށް ދޭންޖެހޭ ސިއްހީ ފަރުވާ ނުދީ ސަރުކާރުން ހިފެހެއްޓިކަމަށް އެ ބަޔާނުގައި ވެއެވެ! މީ ލައްކަ ވާހަކައެވެ.

    46
    2
  6. ކެނާ

    އަދީބުލައްވާ ރައީސް ޔާމީންގެ ސަރުކާރުގެ ވަޒީރުންނަށް އަނިޔާދޭން އެގުރިމަންޓެއް ހެދިކަންފަޅާއެރީ .....

    39
    3
  7. ޑަންގަރަސް

    "އަދީބަށް އެކަންޏެއް ނޫން. ރާއްޖެއަކީ ލުތުފީއަށްވެސް ރައްކާތެރިތަނެއް ނޫން. ޖަލުގައި ތިބި އެހެން ކުށްވެރިންތަކަށްވެސް ރައްކާތެރިތަނެއް ނޫން. އިިސްލާމްދީން ދޫކޮށް ދީނަށް އުޅޭ މީހުންނަށް ފުރައްސާރަކުރާ މީހުންނަށް ރައްކާތެރިތަނެއް ނޫން. ކުޑަކުދިންނާއި ޒުވާނުންނާއި މުސްކުޅިން ރޭޕުކުރާ މީހުންނަށްވެސް ރައްކާތެރިއެއް ނޫން. ވައްކަމެއްވެސް ނުކުރެވޭ މިނިވަންކަމާއެކީ. މަސްތުވާތަކެތި ބޭނުންކުރިޔަސް ޖަލަށްލާ އަނިޔާކުރުން އޮތީ. ޖަލައްލާފައިވާ ހުރިހާ ހައްޔަރީންނަށް ރާއްޖޭގައި ރައްކާތެރިކަން ކަށަވަރުވާ ހަމައެކަނި ގޮތަކީ ފޭރިގެންފައިވާ މުދާ ނޫނީ ރޭޕްކޮށްފައިވާ މީހުން ނޫނީ މަސްތުވާތަކެތި އަބުރާ ކުށްވެރިންނަށްދީ އެމީހުންނަށް ވަޒީރުކަމާއި މިނިސްޓަރުކަންދީގެން."
    ސަދޫމީ ވެރިކަމުގައި އަނިޔާލިބިފައިވާ މީހުންނަކީ (ރާއްޖޭގެ އަމާންކަމާ އެކީ ދިރިއުޅެން ބޭނުންވާ ރައްޔިތުންނަކީ) ކުށްވެރިން. ކުށްވެރިންނަކީ ހުދުކާފޫރުން. ކުށްވެރިންވީ ބޭރުގައުމުތަކަށް ދޫކޮށްލާ ރައީސުން އުޅޭ ފެންފަރުގެ އެޕާޓްމެންޓް ދީފައި އެމީހުން އުޅޭނެ ގޮތަކަށް އުޅުމަށް ދޫކޮށްލަން. އަނިޔާ ލިބިފައިވާ ފަރާތްތަކަށް އެއަށް ވުރެ ބޮޑު އަނިޔާއެއްދިނީމަ އެދިޔައީ ރަނގަޅަށް.
    އިބޫ ސޯލިހު އިސްތިއުފާ! އަންނި އިސްތިއުފާ! އެމްސީ ހާމިދު އިސްތިއުފާ! މާރިޔާ އިސްތިއުފާ! ފޭކް ޝޭޚް އިމްރާން އިސްތިއުފާ! އެމްޑީޕީ ސަދޫމީން އިސްތިއުފާ!!!

    22
    1
  8. ނާދިރާ

    އަދީބަށް އަނިޔާކޮށްގެން ބަޔާން ނަގަނީ މި ލާދީނީ މޑޕ ސަރުކާރުން

    27
    3
  9. ރައްޔިތުން

    އަދީބު މިހާރު ޓަގުގަ ނުހުންނާނެ. އޭނަ ވާނީ އިންޑިޔާ އިން ފުރައިގެން ގޮސްފައި ކަމަށް ވެދާނެ. އޭނަ ދިޔަ ގައުމެއް ނޭނގޭނެ.

    19
    1
  10. ދދދދދދ

    ފަހަރި ވަޒީރޫ ޫ ޫ ޫ ކަލޭ އަދިވެސް އަނގަ ގަޅާތި. ބޭސްފަރުވާއަށް އޭނަ ފޮނުވީ ހެޔޮފުޅުކަމުންނޯ. ކަލޭގެ ތުނބުޅިގަނޑުގަ ހިފަހައްޓާ ބަހައްޓާފަ ގޮހޮރު ދަމައިގަތަސް ކަމެއް ނުވާނެ.

    22
    2
  11. ހުސޭނުބޭ

    ހަމަ ގައިމުވެސް ސަންދޯކަށް ލާފައި ވަޅުލީމާ ރައްކާތެރިވާނެ! ދެން ތި އުދަގުލެއް އެއްވެސް މީހަކަށް ނުޖެހޭނެ! އަދި ނުވިތާކަށް ވަކީލުންނަށް ކަނޑައެޅި ފައިސާކޮޅުވެސް ލިބޭނެ!

    13
    1
  12. ޓިނު

    ތިކުޅިވަރު ވަރަށް ސާފު! ދެން އަދީބުގެ ވާހަކަ ނުދައްކާ! ދެއްކި ދެއްކިހެން ނުކިންނާނީ ބަސް! އިންޓެލް ކަށަވަރު!

  13. އަދީ

    އެމްޑީޕީ ސަރުކާރުގަ އެއްވެސް ބަޔަކަށް ރައްކާތެރި އެއް ނޫން. ރާއްޖެ ރައްކާތެރިއީ އެމްޑީޕީ ކުއްވެރިންނަށް އެކަނި

    13
    1
  14. ރީޝް

    ރައްކާތެރި ވާންޖެހޭ މީހެއްނޫން ތީކީ،. މިޅި ގަވްމް ދަވާލި އެތައްބައެއްގެ ފުރާނަ ދުއްވާލަން މަސައްކަތްކުރި، މިއަދު ފިލާއޮވެވިދާނެ މިނޫން ދުވަހެއް އޮތްކަން ހަދާންކުރޭ

  15. ކޮވެލި

    އަދީބަށްއެންމެރައްކާތެރިތަނަކީ ޖަލު .