ދިރާގާއި ދެކޮޅަށް، އެ ކުންފުނީގެ ހެޑް އޮފީސް ކުރިމަތީގައި މިއަދު 12 ވަރަކަށް މީހުން މުޒާހަރާއެއް ކޮށްފިއެވެ.

ދިރާގާއި ދެކޮޅު ލިޔުންތަކާއި އެ ކުންފުންޏާއި ދެކޮޅު ހެދުމުގެ ޝުޢޫރުތައް ލިޔެފައިވާ ލިޔުންތައް ހިމެނޭ ބޯޑުތަކެއް ހިފައިގެން މިއަދު 12 ވަރަކަށް މީހުން ދިރާގު ހެޑް އޮފީސް ކުރިމަތީގައި މުޒާހަރާކޮށްފައި ވަނީ އިންޓަނެޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަގުހެޔޮކުރުމަށް ގޮވާލައެވެ.

ދިރާގު އާއި ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

 

މީގެ މަހެއްހާ ދުވަސްކުރީން ފެށިގެން މީސްމީޑިއާގައި ކުރި ކެމްޕޭނަކަށް ފަހު މިއަދު ޒުވާނުންތަކެއް ދިރާގު ހެޑް އޮފީސް ކުރިމަތީގައި މުޒާހަރާކޮށްފައިވާއިރު، އެފަރާތްތަކުން މީގެ ކުރިން ބުނަމުން ދިޔައީ މުޒާހަރާގައި 1200 އެއްހައި މީހުން ބައިވެރިވާނެ ކަމަށެވެ. މި މުޒާހަރާ އިންތިޒާމް ކުރާ ފަރާތްތަކުން ވަނީ، މީގެ ދުވަސްތަކެއް ކުރިން ކުރަން ފެށި މީސްމީޑިއާ ކެމްޕޭނުގެ ތެރެއިން، ގިނަ ބަޔަކަށް މި މުޒާހަރާގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ. ނަމަވެސް މިއަދު މުޒާހަރާ ކުރިޔަށްގެންދިޔަ މީހުންގެ ތެރޭގައި މަދު ބަޔަކު ތިބުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ދިރާގު އާއި ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މިއަދުގެ މުޒާހަރާ އާއި ގުޅިގެން މުޒާހަރާގެ ބައެއް ބައިވެރިން ބުނެފައިވަނީ މި މުޒާހަރާއަކީ "ސައިލެންޓް ޕްރޮޓެސްޓް" އެއް ކަމުގައި އާއި، މިއީ ފެށުމެއް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް ސިލްސިލާ ގޮތެއްގައި މުޒާހަރާތައް ކުރިޔަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މިއަދު ހަވީރު 4:00 އިން ފަށައިގެން މަދު ބަޔަކު ކުރިޔަށްގެންދިޔަ މި މުޒާހަރާއަށް މާބޮޑު ތަރުޚީބެއް ނުލިބި ނިންމާލާފައި ވަނީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ދަނީއޭ

    އިސްތިއުފާ ދޭން ޖެހޭ ވަރަށް މި ސާރުކާރު ފެއިލްވެއްޖެ ކަމަށް ރައީސް ޔާމީން އެވިދާޅުވަނީ އެއީ ބުއްދީގެ ހަމަ ތަކުން ވިސްނާ ފުރަމާލޭ މީހުން އެކަން ގަބޫލުކުރެއޭ

    70
    10
    • ލިންލިން

      އެކަން ފެނެއޭ ފުރަމާލޭ މީހުން އިންތިހާބުތަކުގަ މި ސަރުކާރަށް ދޭ ބޮޑު މެޖޯރިޓީން.. ފުރަނާލެއޭ ކުޔާ އިތުރަށް އަނގަ ނުހުޅުވާށޭ ދެން ތިބީ ތިޔަކަހަލަ ދެވަން ބުރާންތިންނެއް ނޫނޭ

      13
      27
  2. ބުރުގާ

    ކެނެރީގޭ ނަޝީދުވެސް ފުރަތަމަ މުޒާހަރާކުރަން ނުކުތީ އެކަނި. މިހާރު ބަލާބަލަ އޭނަ އަރާއޮތް ތަން. އެހެންވީމަ ނޫސްތަކުގަ ކޮންމެވެސް ލިޔެވިދާނެ.

    74
    12
    • އަލީ12

      ގަންޖާބެ ފަހަތުގަތިބީ ހަމައެކަނި ހަމައިގަ ތިބެންބޭނުންނުވާ ބޭނުންދީނަކަށް އުޅެންބޭނުންވާ ކުއްވެރިން..

      47
      18
      • އަލީ19

        އެއީ ދިވެހިރާއްޖޭގެ އާބާދީގެ ތިންބައިކޮށްފަ ދެބާ. ޕަކާސްސްސް

        17
        4
        • ޢަޖައިބު

          ގުބޯ ހައްދާފަ ތިބިމީހުން. ރަށަކަށް އަރާ މިސްކިތު އިސްކޫރު ހުއްޓަސް ދާނިން ވުލޫ ކޮއްލުމުން ރައްޔިތުން ތިބެނީ ގުބޯހެދިފަ. ކެމްޕެއިން ޕޯސްޓަރެއް ހިއްޕަން ހަރުގަނޑު ނުލިބިގެން އޮތީ ކޮނޑައް އަރާ . ފޮޓޯ އިން މިމަންޒަރު ފެނި ރައްޔިތުން ގުބޯ ހެދެއްޖެ. މުޅިން ރައްޔިތުން ހައްދަނީ .. ހެދެންޔާ ހައްދަންވީތާ ދޯ

  3. އަލީ-12

    ލަދުންބޯހަލާކު..

    21
    12
  4. މާމިގިލީ މިހާ

    ކަލޭމެން ތީ ބޮޓުންތަކެއް. ބޯގޮވި ބޮޓުންތަކެއް. އުރިދޫއިން ލަދުގަތީ 5ޖީ ތާރަފުކުރީމާ...

    15
    28
    • އަމްމަޑޭ މާމިގިލީ

      އުރީދޫއިން ހަޖަމު ކުރާން ދަސްކޮއްބަލަ. އުރީދޫގެ ބަނޑު ހަރީތަ، ފަޅޮލު ޖޫސް ބޮއިބަލަ.

      9
      8
  5. ޛޫހތ

    ވަޓަ އަ ޖޯކް.
    ދިރާގުން އެކަނިތަ އިންޓަރނެޓް ދޫކުރަނީ.
    ކީއްވެ އެހެން ކުފުނިތަކުގެ ކުރިމަތީގައި ނެތީ. ނޫނީ ކީއްވެ އެކުންފުނިތަކުން ހިދުމަތް ނުހޯދަނީ ؟

    25
    8
    • ޕަކާސް

      އުރީދޫ އަދި ދިރާގަށް ވުރެ ނުބައި. ދެން ކިހިނެއް އެމީހުންގެ ހިދުމަތް ހޯދާނީ

  6. ޢަދުރޭ

    މައްނަ ޔާ ސަލްވާ ބާވައިލެއްވިޔަސް މި ދިވެހިން ހިތެއް ނުފުރޭނެ

    25
    14
  7. އުރީދޫ މީހާ

    ހަހަހަ. އުރީދޫއިން ދެރަވީ ދޯ؟ މި ހީވަނީ އުރީދޫގެ ރޭވުމެއްހެން. ދިރާގާއި އުރީދޫގެ އަގުތަކުގެ ފަރަގެއް ނޯވޭ

    17
    12
  8. ސދފސދ

    ކޮން މުޒާހަރާއެއް ؟
    އޫރިދޫ އެއޮތީ ގޮސް އެތަނުން އިންޓަރނެޓް ގަނެގެން ބޭނުން ކުރީމާ ހައްލުވީ.
    ތިއުޅޭނީ މަޝްހޫރުވާން ކުރާނެކަމެއް ނޭގިނގެން.
    ދަނޑިން ތެޅީމާ ފަޔަށް ބުރާނެ. އެވެސް ރަނގަޅުކަމެއް ކުރަން.

    5
    2
  9. Anonymous

    ކޮބާ މަލީހު

  10. ާެައަލީ

    މީ މަލީހުގެ ރޭވުމެއް