ކުޑަ ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާ ކުރުމުން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ އާއި ގުޅިގެން ފަރުވާދެމުން ދަނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށެވެ.

އެމައްސަލަ ފުލުހުންނަށް ހުށަހެޅުނުތާ ހަފްތާއެއް ފަހުން މިރޭ މީޑިއާގައި ޚަބަރު އާއްމުވުމުން ފުލުހުން ވިދާޅުވީ އެ މައްސަލަ ފުލުހުން ބެލި ބެލުމުން، އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހަކީ ނަފްސާނީ ބަލި މީހެއްކަން އެނގިފައިވާ ކަމަށެވެ.

"އޭނާ އަކީ މުޖުތަމައު ތެރޭގައި އާންމުކޮށް ދޫވެފައި ހުރެއްޖެނަމަ، މުޖުތަމައުގެ ސަލާމަތާއި އޭނާގެ އަމިއްލަ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފުލުހުންގެ ތަހުގީގަށް ފެނޭ. އެހެންކަމުން ޖެންޑާ މިނިސްޓްރީއާ ގުޅިގެން އޭނާ ފަރުވާދިނުމަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ފުލުހުން މި ގެންދަނީ ކުރަމުން،" ފުލުހުން ވިދާޅުވިއެވެ.

މިފަދަ މައްސަލައެއް ޖެންޑަރ މިނިސްޓްރީން ބަލަމުންދާކަން އެ މިނިސްޓްރީން ކަށަވަރުކޮށްދެއްވާފައިވެއެވެ. މި ހާދިސާ ހިނގާފައި ވަނީ މެދުރާއްޖެ ތެރޭގެ ރަށެއްގައި ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ބޭބެގެ ފަރާތުން ޖިންސީ ގޯނާ ލިބިގެން އެ އަންހެން ކުއްޖާއަށް މާލޭގެ ހޮސްޕިޓަލަކުން އަންނަނީ ފަރުވާ ދެމުންނެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ހާއްސަކޮށް އާއިލާ މެންބަރުންގެ ފަރާތުން ކުދިންނަށް ޖިންސީ ގޯނާ ލިބޭ މައްސަލަތައް ގިނަ ކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    މިހާރު ރާއްޖޭގައިވެސް މިކަހަލަ ކަންކަން އާންމު ވާން ފަށައިފި. މައިންބަފައިން ތަންކޮޅެއް ބޮޑަން ފަރުވާތެރިކަމާ އެކު ދަރިން ބަލާން ވެއްޖެ. ވަރަށް ދެރަކަމެއް މީ.

    15
  2. ކޮމެންޓްކުރާމީހާ

    ހޯރަ އިއްބެ ދޫކޮށްލިފަހުން ކުޑަދިންނާބެހުން އިތުރުވެފައިވާ ކަމަށް ބެލެވެއެވެ.
    -ޝުކުރިއްޔާ-

    17
    3
  3. އައިޝަތު އިބްރާހިމް

    ނަފްސާނީ ބަލި މީހުން ނަކައް ޖިންސީ ގޯނާ އެއް ނުކުރެވޭނެ.... ޖިންސީގޯނާ ކުރާނީ ހަމަޔައް ހުންނަ މީހުން ކުރާ ކަމެއް.... އޭނަ އޯޕަން ކޮއް ހުރިހާ ކަމެއް ކުރަން ވެގެން ނަފްސާނީ ބައްޔޭ...ކިޔާގެން އުޅެނީ.....