ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިއާއަށް އެތެރެވާން އުޅުނީ ޕާސްޕޯޓު ހިފައިގެންކަން ކަމަށް ބުނެ "ރާއްޖެ ޓީވީ" އިން ފެތުރި ޚަބަރު ދިވެހިރާއްޖޭގެ އިމިގްރޭޝަނުން ދޮގުކޮށްފިއެވެ.

އަދީބު ރާއްޖެ އިން ބޭރަށް ދަތުރުކުރީ ބައިނަލްއަޤުވާމީ ދަތުރުތަކުގައި ބޭނުން ކުރެވޭނެ ސައްހަ ލިޔުމެއް ހިފައިގެން ކަމަށް ބުނެ މީޑިއާތަކުން ފަތުރާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ. އަދީބަކީ ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ރާއްޖެ އިން ބޭރަށް ދަތުރުކުރުން މަނާކޮށްފައި ހުރި ފަރާތެއް ކަން އިމިގްރޭޝަނުން ފާހަގަ ކޮށްފައިވެއެވެ.

"ދަތުރު ކުރަން ބޭނުން ވާނެ ފަދަ ލިޔުމެއް އަދީބަށް ދޫކޮށްފައެއް ނުވާނެ." އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިންޑިއާގެ އޮފިޝަލުންނާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އަދީބު އެ ގައުމަށް އެތެރެވާން އުޅުނީ ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތި އެވެ. އިއްޔެ މެންދުރު ފަހުން ފެށިގެން އަދީބު އަދިވެސް ހުރީ އިންޑިއާގެ ޓްޓިކޮރަން ބަނދަރުގައި އޮތް ޓަގް ބޯޓްގައެވެ.

އަދީބުގެ ޕާސްޕޯޓް ރާއްޖެއިން ވަނީ ހިފަހައްޓާފައެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ދައުލަތުން އެދިގެން މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.

އަދީބު މިހާރު ވަނީ ރާއްޖެ އަކީ އޭނާ އަށް ރައްކާތެރިތަނެއް ނޫންކަމަށް ވިދާޅުވެ އިންޑިއާގެ ސިޔާސީ ހިމާޔަތައް އެދިވަޑައިގެންފައެވެ.

ނަމަވެސް ދިވެހި ފުލުހުން ރޭ ވިދާޅުވީ "އެކުވެރި ދައުލަތްތަކާއި ގުޅިގެން" އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ފުލުހުން އެހެން ވިދާޅުވި ފަހުން އަދީބު ރާއްޖެ ގެނައުމާއި ގުޅޭ ގޮތުން ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް އެއްވެސް އެއްޗެކޭ ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ވަގުން

  ކަސްޓަމްސްގައި ތިބި ވަގު ވެރިން މިހާރުން މިހާރަށް އިސްތިއުފާދީ.ތަނެއް ދޮރެއް ނޭގޭ ސިޠާސީ އެކްޓިވިސްޓުންނަށް ކަސްޓަމްސް ކަހަލަ ރާއްޖޭގެ ދޮރާށި ހަވާލު ކުރީމަ ވާނެ ހައެތި މިދަނީ ވަމުން.ކައިރި ކައިރީގައި ކަންތައް ފެނިގެން މިދަނީ.

  68
  2
 2. ލިންލިން

  ޕާސްޕޯޓު ހިފަހައްޓައިފަ އިތަސް އެ ހިފައިގެން ދަތުރުވކުރެވިދާނެ.. ރަސްމީ ދަތުރުތަކަށް ބޭނުން ނުކުރެވޭނީ..ހިފެހެއްޓުމުގެ މާނައަކީ ފިޒިކަލީ އެ އަތުލުމެއް ނޫން ސިސްޓަމުން އެ ލޮކްކޮށްލުން.

  28
 3. ނަގޫރޯޅި

  ކަސްޓަމުގަ ވެރިންގޮތުގަ މިހާރު ތިބީ މޑޕ އައްމަރުދޭ މީހުން އޭގެތެރޭގަ ތިބީ ހުސްމިސަރުކާރުން އައްޔަނުކުރިމީހުން. އަދީބު ފިލީކީ ނޫން، ދުރާލާރޭވިގެން ސަރުކާރުން ފިލުވީ. އެއީ ސީދާ ސަރުކާރުގެ އެންމެ އެތެރެގެއިން ވަރައްރޭވިގެން ކުރިކަމެއް. ހަގީީގީ ވަގުން ފަޅާއަރާނެތި ސަރުކާރުން އަދީބާއެކު ވީއެގްރިމެންޓް ތަންފީޒު ކުރަންފެށީ.

  38
  2
 4. ޢަލީ

  އިމިގުރޭޝަނުން ދޮގުކުރިއްޔޭ އަސްލުތަ ނުވާނެ އެހެނެއް ރޓީވީ އަކުނު ނުކިޔާނެ ދޮގުހަބަރެއް ތީހަމަ ހީވިގޮތް އަދިއެއްފަހަރު އަޑުއަހާލަބަލަ ތެދުކިޔާނީ މުޅިންވެސް....ކަލޯ ސަރުކާރުންރާވައިގެން ގަސްދުގަ އަދީބުފޮނުވީ އެވަރުގަބޫލުނުކުރަނީ ހަމައެކަނި ރީނދޫވެފަތިބި ބައިގަނޑު..ތީވާބައެއް އަދީބު ލާރިދިންމީހުން ކިޔާލަފާނެތީ ޑީލްހަދާފަ ފޮނުވީ މިހާރު އެކަންއަނބުރާލަން އެއުޅެނީ...މާސޯލިހުމީހަކު އެބަހުރި އަނގަ އައްޕަތެއްހެން ހަދައިގެން ކީކޭކިޠަނީވެސް ރައްޔިތުންނަށް ހުސްދޮގުހަދައިގެން ވެރިކަމަށްއައީ..ވޯޓިދިން މީހުން ދެންއަތްޖަޙަ ދެންއަތްޖަޙާ

  7
  2
 5. ޏ

  ނަސީދުގެ ސީދާ އަތެއް ތިޔަމުގައި ބައިވެރިވާނެ
  ކަމަށް ވަރަޑް ބޮޑަށް ބެލެވެއެވެ މމޕރސ ގެ ފައިސާގެ ބޮޑުބައި ޚަރަދުކޮށްފައިވަނީ އޭނާ ވެރި
  ކަމަށް އައުމުގެ ޚަރަދު ބަރަދު ހިންގުމަށެވެ.

  6
  1
 6. އެމްޑީޕީ ލޮޖިކް

  އަދީބު ފިލި ނަމަ ތިކަންވެސް ކަނޑާލާނީ ޔާމީނު ބޮލަށް. ބުނާނެ ހެކިބަސް ދީފާނެތީ ގެއްލުވާލީއޭ.

 7. ބޯ ޕާޓީ ޑީޕީ

  ރާއްޖެ ޓީވީގެ ހަގީގަތަކީ މަގައުމުގައި ފިތުނަ ފަސާދަ އުފެއްދުންކަން ގަންޖާބޯ ވެސް ފަޅާއަރުވާލި.