އުމުރުން 13 އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ އެކުއްޖާގެ ބޭބެ އަކީ ނަފްސާނީ ބަލި މީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެމައްސަލަ ފުލުހުންނަށް ހުށަހެޅުނުތާ ހަފްތާއެއް ފަހުން މިރޭ މީޑިއާގައި ޚަބަރު އާއްމުވުމުން ފުލުހުން ވިދާޅުވީ އެ މައްސަލަ ފުލުހުން ބެލި ބެލުމުން، އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހަކީ ނަފްސާނީ ބަލި މީހެއްކަން އެނގިފައިވާ ކަމަށެވެ.

"އޭނާ އަކީ މުޖުތަމައު ތެރޭގައި އާންމުކޮށް ދޫވެފައި ހުރެއްޖެނަމަ، މުޖުތަމައުގެ ސަލާމަތާއި އޭނާގެ އަމިއްލަ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފުލުހުންގެ ތަހުގީގަށް ފެނޭ. އެހެންކަމުން ޖެންޑާ މިނިސްޓްރީއާ ގުޅިގެން އޭނާ ފަރުވާދިނުމަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ފުލުހުން މި ގެންދަނީ ކުރަމުން،" ފުލުހުން ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީން ވެސް މިއަދު ވަނީ އެފަދަ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށާއި އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާ ލިބުނު އަންހެން ކުއްޖާ އަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ހާއްސަކޮށް އާއިލާ މެންބަރުންގެ ފަރާތުން ކުދިންނަށް ޖިންސީ ގޯނާ ލިބޭ މައްސަލަތައް ގިނަ ކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހާޖަރާ

    ބަލަމުންދޭ ކިހާވަރަކުން ދާނެބާ ބަލާބަލާ ހަންވާއިރުވެސް ނިމޭތަނެއްނާދޭ އެއްވެސްމައްސަލައެއް ކިހާބޯޑު އަޖައިބެއްތަ ކިތައް މައްސަލަ ބަލާވާހަކަ ބޮޑު މުސީބާތަކައްވެއްޖޭ

  2. ޚިޔާލު

    ކޮބާތޯ ފުލުހުންގެ ލަދުހަޔާތް ތިމައްސަލަ ތިގޮތައް ނިމިގެންނުވާނެ. ތިކަން ތިގޮތައް އޮތިއްޔާ ޖެންޑާރ މިނިސްޓަރ ސިދާތާ ގެ މައްޗައް ދައުވާ ކުރަންވާނެ. އެފަދަ ނުރައްކާ މީހަކު މުޖުތަމައަށް ދޫކޮއްލީމަ. ސިދާތާ އަށްވެސް އެއްޗެއް ބުނެލަން ބޭނުން. ބުނެލަން އޮތީ ކަމަނާއަށް ތިމަޤާމު ލިބިފަ ތިހުރީީ ކަމަނާ ތިމަޤާމަން ކުފޫ ހަމަވެގެނެއް ނޫނޭ. މިޤަޢުމު ދުއް އެންމެ އޯގަތެރި، ޚިދުމަތްތެރި ރަޢީސް، ރަޢީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އެމަނިކުފާން ކުރި ދުއްތުރާ އާއި ގުޅިގެން ސޯލިހް ރަޢީސް ތަބަކަށްލާފަ ކަމަނާ އަށް އެމަޤާމް ދިނީމަ. ހަމަ މިހާރު އިސްތިއުފާ ދިނުމަށް ގޮވާލަން.

    6
    1
    • ސިޑޭ

      ނިކަން އަހަރުންނާ ހަވާލު ކޮއްބަލަ ނަފްސާނީތޯ ބަލަން

  3. ސިޑޭ

    މަރަންވީ ކުޑަކުދިންނާ ބެހޭ ޖއްބާރުން.ކޮން ނަފްސާނީ އެއް ކިޔާކަށް.ނަފްސާނީ ތޯ ބަލަން ނިކަން އަހަރުމެންނާ ހަވާލު ކޮއްބަލަ.