ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ފިއްލާނެ ކަމުގެ ބިރު އޮތުމުން އޭނާ ބަންދު ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައި އޮންނާނެ ކަމަށް ވިދާޅުވެ ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިސާމް ޒިންމާތަކުން ރެކިވަޑައިގެންފިއެވެ.

އަދީބުގެ މައްޗަށް އެތައް ކުށެއްގެ ތުހުމަތު ކުރެވުނު އިރުވެސް ހައްޔަރުނުކޮށް ހުއްޓާ ފިލައިގެން ދިއުމުން ޕްރޮސެކިއުޓަރ ޖެނެރަލްއަށާއި ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ބިސާމް ވިދާޅުވީ މާބިންހުރާ މައްސަލާގައި ހައިކޯޓުން އަދީބު މިނިވަން ކުރި މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރިއިރު އަދީބުގެ ބަންދު އަމުރަކަށް އެދިފައިވާނެ ކަމަށެވެ. ބަންދު އަމުރާއި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަށް އެދުނީ އެއްކޮށް ކަމަށް ބިސާމް ވިދާޅުވިއެވެ.

ދެ އަމުރަށް ވެސް ދައުލަތުގެ ފަރާތުން އެދުނު ސަބަބަކީ އަދީބު ފިލާފާނެ ކަމުގެ އަދި ކޯޓަށް ހާޒިރުނުވެދާނެ ކަމުގެ އިހުތިމާލު އޮތީމަ ކަމަށް ބިސާމް ވިދާޅުވި އެވެ.

އެމައްސަލައިގައި ސުޕްރީމް ކޯޓުން އަދީބު ހައްޔަރު ކުރުމުގެ އަމުރެއް ނެރެދީފައި ނުވާތީ އެހެން މައްސަލައެއްގައި އަދީބު ހައްޔަރު ކުރަން އަމުރަކަށް ކޯޓުގައި އެދިވަޑައިނުގެންނެވީ ކީއްވެ ކަމެއް ބިސާމް ވިދާޅެއް ނުވެއެވެ.

އަދީބު މިހާރު ވަނީ ރާއްޖެ އަކީ އޭނާ އަށް ރައްކާތެރިތަނެއް ނޫންކަމަށް ވިދާޅުވެ އިންޑިއާގެ ސިޔާސީ ހިމާޔަތައް އެދިވަޑައިގެންފައެވެ.

ނަމަވެސް ދިވެހި ފުލުހުން ރޭ ވިދާޅުވީ "އެކުވެރި ދައުލަތްތަކާއި ގުޅިގެން" އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ފުލުހުން އެހެން ވިދާޅުވި ފަހުން އަދީބު ރާއްޖެ ގެނައުމާއި ގުޅޭ ގޮތުން ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް އެއްވެސް އެއްޗެކޭ ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޢަލީ

    ތީއެމްޑީޕީގެ ފާޑޭ ކޮއްމެވެސް މީހެއްގެ ބޮލަށްޖަހާނީ..ގައުމު ހުޅުޖަހާފަވެސް ހަވާލުނުވި އެއްމެންގެ ކުރިމަތީގަ އެވަރު ދޮގުންފުރިފަތިބި ބައެއް ކަނޑުގަލެއްވިނަމަ އޮޑިދޯނިފަހަރަށް ދަތުރުކޮށް ނޫޅެވުނީސް އެހާވެސް ނުބައިބައެއް މޑޕ އެއްވެސްކަމެއްގަ ޒިނަމާނުނަގާނެ...ތިތިބީ ފެއިލްވެފަ އެންއަވަހަށް ފޮށިތަންމަތި ހިފައިގެން ބަޗާ....

    83
    1
  2. ޝާހް، ރ.ވާދޫ

    ކޮންމެ މީހަކު ބޮލަށް ކަނޑާލިޔަސް، މީ މިސަރުކާރު ފެއިލްވެފައޮތްކަން ފިސާރި ރަނގަޅަށް ހާމަވާކަމެއް. ވެރިމީހާވެސް ރެކިގަންނާނެ މާދަމާ ކޮންމެސް ތަނެއްގެ މައިކެއް އަތުޖެހޭއިރަށް ހަމަތިހެން ކޮންމެސް ބައެއްގެ ބޮލަށް ކަނޑާލާފަ.

    17
    1
  3. ޝާހް، ރ.ވާދޫ

    ތިދައްކަނީ ކަމަކާ ކުރިމަތިލާން ޖެހޭއިރަށް ކޮންމެސް ބައެއްގެ ފައިބުޑަށްވެއްޓި ހިމާޔަތުގަ ބިރުން ފިލާތިބޭ ބައިގަނޑުގެ ވާހަކައެއްނު. ތިތާ ނުހުންނާނެ ކަމަކާ ކުރިމަތިލާން ކެރޭއެކަކުވެސް. އެމްޑީޕީގެ ބޮޑުންނާ އެމީހުންނާ ބައިއަތު ހިފައިގެންތިބި މީހިންގެ ހިސްޓްރީ ބަލާލާ. ގަޓުކަމަށް ހެދިގެން ތިބޭ ފިނޑިބައެއް ތި އެމްޑީޕީއަކީ.

    17
  4. ކޮއިފުޅު

    ކޮބާ ސޭކުއިމްރާން ދެން ކަލޭބުނާނީ ކީކޭ؟ އަދީބު ގެންނަން ނޫޅެ ކަލޭ ދުވާލަކު ފަސްފަހަރު ފަހަރި ކައިރިޔަށް ވަދޭ އެކަން ކަލެޔަށް ކުރެވިދާނެ. . ގައުމުގަ ހުރިއްޔާ ހުރި މުއައްސަސާއަކުން އަދީބަކީ ނުރައްކާތެރި ބޮޑު ކުށްވެރިޔެއްކަމަށް ކަނޑައަޅައި ނިންމާފައި ހުރި މީހެއްގެ ހުރިހާހުކުމެއް ބާތިލް ކުރި އިރު ދިވެހީން ތިބީ ނިދިކޮފާފަތަ؟ ގައުމަށް އިންތިހާޔަށް ނުރައްކާ ވެގެން ދާއިރު އަދިވެސް ދިވެހިން މިތިބަ އައްސިކަން ފިލައި ސަރުކާރާ ދެކޮޅަށް ނިކުންނަން ނުވޭތަ.؟ މިހާރު ފުލުހުން ބޭނުންވަނީ ޅަ ފިރިހެން ކުދިން. ދެންތިބީ ސިފައިން އެމީހުން ތިބީ ރާޑަރު ބަޔަކަށް ދީގެން ފާޑެއްގެ އޮރިޔާމުން ހުންނަ ނިތްކުރިކޮށާފައި ލޯބޮޑު އައިނެއް އަޅައިގެންހުންނަ އަންހެނަކަށް ސެލިއުޓްކުރަން.

    18
    1
  5. ޖިންނި

    ބޮޑުވަރު ލާދީނީ އެމް ޑީ ޕީ އަބަދު އެހެން މީހުންގެ ބޮލުގަ ތުހުމަތު އަޅުވާން ކެރޭނީ ކީއްވެބާ ނުބުނީ އޭނައަށް ފިލުނީ އޭނަ ދުނިޔެއަށް އުފަންވީތީއޭ ، ސާބަސް !

    17
  6. ކެނާ

    އަބަދުވެސް މީހުންގެ ބޮލުގައި ކަންތަށްތަށް އެޅުވުމުގައި ނަންމަޝްހޫރު ބަޔަކީ އެމްޑީޕީ މިސާލަކަށް އަންނިގެ ދޮގާ މަކަރު ވެރިކަމުން އަމިއްލަޔަށް އިސްތިއުފާދީފަަ ބަގާވާތް ކުރިކަމަށް ބުނުން ހުޅުޖަހާފަ އެހެން ބައެއްގެ ބޮލަށްކަނޑާލުން އަދީބު ފިއްލަވާލާފަ އިސްޕިރިން ކޯޓަށްކަނޑާލުން މިހިރަ މިހިރަ ކަންތަށްތަކަކީ ރާއްޖޭގެ އެހެން ޕާޓީއެއްގެ ކިބައިން ފެންނާނެ ސިފައެއްނޫން.

    15
  7. ބުރޯ

    ހުޅު ރޯކުރަން އެންގީ ހަމަ ނަސީދު ފޯނު ކޮށްފަ. އެކަން ބެލީކާކު ؟

    16
  8. ފެންނަގޮތް

    ތިޔައީ އެންމެންގެ ރޭވުން

    12
  9. ނަސްރީނާ

    މިސަރުކާރުން އަދީބު ބޭނުންކުރީ ސިޔާސީ ބޭނުމެއްގަ. ޢޭގެ ބަދަލެއްގެ ގޮތުން އަދީބުއާ ސަރުކާރާ ވީއެއްބަސްވުން މިހާރު އެދަނީ ތަންފީޒުވަމުން. ސަރުކާރުން ބޭނުންވާ ބަޔަކާ ދެކޮޅައް ކުއްސާބިތު ކުރަން ސިޔާސީ ބަޔާންނަގާ އެވިއްކައިގެން ސަރުކާރު ދެމިއޮވެވޭނެ ކަމައް ހީކުރުމަކީ ކުއްހީއެއް. ﷲގެ ރަހްމަތުން ހުރިހާ ކަމެއް ބޭޒާރުވެ ބުޅާ ގޯނިންބޭރައް ފުންމާލަން ގާތްވަނީ އެވެ. ސްޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރާ، އިންތިހާބު ތަކުގެ ނަތީޖާތަކާ، ފެނާ އަލިފާނާ އެއްވެ އެއްއުރަޔަކައް ވަދެތިބި ގޮތާ، ސޭހުންގެ ނަގޫފިތިފަ ތިބިވަރު ލަސްނުވެ މިޔޮއްގެން ބޭޒާރުވާން ކުޑަތަންވަނީ އެވެ. ދުނިޔޭގަ ލަހައްޓަވައިފިނަމަ އެދުވަހުން މަގޭގާތައް ހާދަ ހިންޔެއް އަންނާނެތާ އެވެ.

    13
  10. ކުޑަ މޯދީ

    މީހަކު ހީހީ ހަލާކެއް އަޅެފަހެ ނުވާނެ ތަ؟ ބަލަނގަ ބުރާންޗާ ކުށެއް ނެތް މީހަކު ، ކަލޭ ބޭނުން އިރަކު ހައްޔަރު ކުރެވޭތަ؟ ބައެއްގެ ބޮލުގައި ކޮން އިލްޒާމެއް ތިޔަ އަޅުއްވަނީ ، ސަރުކާރު ގައި އުރެތްޕެއް ނެތީއޭ ބުނެބަލަ ، ކޮބާތޯ ތިޔަވިދާޅުވާ ، އިންޓެލް ، ކޮބާތޯ ހޯމް މިނިސްޓަރު އިމްރާން ޚާން ، ކޮބާތޯ ޑިފެންސް ދެރިޔާ ހީހީ ހަލާކު ، މިގައުމް މިއޮތްގެން ހަލާކުވަނީ ، ބަލަން ތިބޭ

    13
  11. ނާދިރާ

    އަދީބަށްވެސް އަދި އެއްވެސް ދިވެއްސަކަށް މިގައުގަ ރައްކާތެރިކަމެއް ނެތް

    12
  12. މިއަދު

    ތިއޮތީ އަތަށްގޮވާފައި ދެން ފޮހެނުލެވޭނެ ގައިގައުގުޅާހުސްކުރަންޖެހޭނީ މުޅިއޮޑީގައިހަސަނުދެފަޔޭބުނާގޮތަށް މުޅިގައުމުގައި އަދީބު ކުރިންބްރޯ އަދިވެސް ނުރައްކާތެރި ކުއްވެރިއެއްހުރިއްޔަ ދޫކޮށް މެޑެލްޖަހާލަ

    12
  13. މޫސާ މަނިކު

    އަޅުގަނޑު ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓުގެ ފަނޑިޔާރުންގެއަރިހުގަ ސުވާލުކޮށްލަންބޭނުން ބަޔަކުމީހުން ފެންވަރާ ސާފުތާހިރުވުމަށްޓަކާ ބޭނުންކުރަމުންދިޔަ ފެންވަޅަކައް ބުޅަލެއް ވެއްޓި މަރުވީމަ އެބުޅާ ވަޅުގަ ބާއްވާގެން އެވަޅު ސާފުކުރެވިދާނެތޯ. އެބުޅާ ވަޅުގަ ބާއްވާގެން އެވަޅުން ފެންވަރަން ހިތް އެދޭ ދިވެހިރައްޔިތަކު މިރާއްޖޭގަ އެބަހުރިތޯ. އެވަޅުން ފެންވަރަން ހިތްއެދޭ މީހަކު ނެތްކަމުގަވާނަމަ އަޅުގަނޑު ދަންނަވާލަންއޮތީ ދިވެހިރައްޔިތުން މިތިބީ ނުހައްގުން އެތައްބައްގެ މައްޗަށް ހުކުންކުރި ފަނޑިޔާރުންތަކެއް މިރާއްޖޭގެ ކޯޓުތަކުގަ ބާތިއްބާގެން ފަނޑިޔާރުގެ އިސްލާހުކުރެވިދާނެކަމަށް ނިންމާގެނެއްނޫނޭ.

    8
    2
    • ޣަމަރު

      ކަލޯ މިއީވެސް ތިވަޅު ކިލަބުކަން ރައްޔިތުނަށް ދައްކަން ޖއްސި ގޭމް އެއް.

  14. ޑެއިލް

    ޑީލް ހަދައިގެން އެންމެންދޫކުރީ.އެއިރު ސްޕްރީމްކޯޓު ބަރާބަރު. އަދީބް ދޫކުރީ ޔާމީނުއާ ދެކޮޅަށް ހެކިބާސް ދޭނެކަމަށް ޔާމީނުއަށް ބޮނޑިއެއް ދޭންވެގެން. މިހާރު ތިއޮތީ އަތަށް ގޮވާފަ. އަދީބުއަތުން އިންތިޚާބަށް ފައިސާހޯދައިގެން އޭނަ ހުދު ކާފޫރަށް ހަދައިގެން އުޅުނުއިރު ކޯޓު ބަރާބަރު.

    13
  15. ރައްޔިތުން

    އަދީބު ވާނުވާގާ ފޮނުވާލީ ސަރުކާރުން ކަމަށް ބެލެވިދާނެ

    14
  16. އަފިރިންގެ ޚިޔާލް

    އަދީބު ރާއްޖެ ނުގެނެވޭނެ، އިންޑިއާއަކީ ބައްޕަކަމަށް ސީޕީ ހަމީދު ، އަދި ސޯލިހު ނަޝދު ހީކުރިއަސް އެގޮތަކަށް ނުވާނެ، އިންޑިއާގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ޝަރުއީ ނިޒާމަކަށްނޭރޭނެ. އަދީބުއަކީ ސްޓޯވް އަވޭ، އޭނަޔާބެހޭގޮތުން އަމަލްކުރާނީ ކަނޑުގެ ޤާނޫގެ ދަށުން، އަދީބު ނުގެނެވޭނެ،.. އޭނާއަކީ ހައިޕޮރޮފައިލް ސިޔާސީ މީހެއް، ގަދަރާއި އިހުތިރާމްގެ ތެރެއިން ސިޔާސީ ހިމާޔަތްދޭނެ.
    މާދަމާ އެބައޮތެއްނުން، ސިޔާސީ ދައުވާ އެއްގަ ރ.ޔާމިން ހާޒިރުކުރުން، ދިވެހިރާއްޖެ ދެކެ ވ ބޮޑަށް މީހުން ބިރުގަންނަން ފަށާއިފި، އަދި ފުލުހުންގެ މުއައްސަސާގެ ސިޔާސީކޮށްފަ ރައްޔިތުންނަށް އަނިޔާޖުރަން ސީޕީ އެންގިއަސް ފުލުހުންގެ ތެރޭގަތިބި މޮޅު ހުޝިޔާރު ވަތަނީ ކުދިން އެކަމެއްނުކުރާނެ. ރައްޔިތުން ފަދައިން ޤައުމު ފުނޑަން އެމީހުން ނުރުހޭނެ، އަދި އަމަލުން އެކަން ދައްކާނެ ދުވަސް ކައިރިވެއްޖެ. އިސްލާމްދީންފޮހެލަން ލާދީނީ ބައިގަޑު ޤާނޫނަށް ގެންނަންއުޅޭ އިސްލާހަކީ މިހަރާމް ވެރިކަމުގައި ސިއްކަޖެހުން.

    11