ރާއްޖެ ދޫކޮށް ދިޔައީ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންތައްތައް ދިއުމުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެއެވެ.

ހަސަން ލުތުފީ މިހެން ވިދާޅުވީ އޭނާ ރަހުމަތްތެރިޔަކާއި ފޯނުން ދެއްކެވި ވާހަކަފުޅެއްގައެވެ. އެ ފޯން ކޯލްގެ ރެކޯޑިން މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އޯޑިއޯގައި ލުތުފީ ވިދާޅުވީ "ހޯމް މިނިސްޓަރު އަހަރެންގެ އޮފީހަށް ގޮސް އިންޒާރުދިން." ކަމަށެވެ. ލުތުފީ ވިދާޅުވީ އޭނާ ހައްޔަރު ކުރާނެ ކަމުގެ ބިރު ވެސް ދެއްކި ކަމަށެވެ.

"އޭގެ ފަހުން ރޭގަނޑު ނިދެނީކީ ނޫން. އެކި މީސް މީހުން ލައްވާ ފޯން ކުރުވާ ބިރުދައްކާ (ހެދި)" ލުތުފީ ވިދާޅުވިއެވެ.

"އަހަރެންގެ ފުރާނަ ސަލާމަތް ނުކުރެވިގެން އަހަރެން ރާއްޖެ ދޫކޮށް އައީ." ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވީ އޭނާގެ އަތުން "ފާޑުފާޑުގެ ބަޔާންތައް ވެސް ނެގި" ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފޯން ކޯލްގައި ލުތުފީ ދެއްވާފައެއް ނުވެއެވެ.

އެވާހަކަ އެއްވެސް ތަނެއްގައި ނުދެއްކީ ކީއްވެތޯ ލުތުފީގެ ރަހުމަތްތެރިޔާ ސުވާލު ކުރުމުން ލުތުފީ ވަނީ ވާހަކައެއް ދައްކައިގެން ވާނެ ކަމެއް އޮންނާނެތޯ ސުވާލު ކުރައްވާފައެވެ. ލުތުފީ ވިދާޅުވީ "އެއްވެސް ވާހަކައެއް ދެއްކުމުގެ ބޭނުމެއް މިހާރަކު ނެތް" ކަމަށެވެ.

ލުތުފީގެ އަތުން "ފާޑުފާޑުގެ ބަޔާންތައް" ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ މައްސަލައިގައި ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި ލުތުފީގެ ނަން ވަނީ ހުށަހަޅާފައެވެ. އެހެންކަމުން މަޖުބޫރުން ލުތުފީ އަތުން ނެގި ކަމަށް އިޝާރާތް ކުރާ ބަޔާނަކީ އެމައްސަލައިގައި އޭނާ ދީފައިވާ ބަޔާން ކަމަށް ބެލެވެއެވެ.

ލުތުފީ އޭސީސީގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ މިދިޔަ މަސް ތެރޭގައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އޮފީހަށް ނުނިކުންނަވާ ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޚކ

    ޢަމައްޔާތް

    17
    26
  2. ހުސެންފުޅު

    ދެން ހޭރޭނެކަމެއްނެތް ކޮންމެތާކު ހުއްޓަސް ގެނެސް ޖަލަށްލާނަން މުޅި ގައުމު ހަރާބު ކޮއްފަ ކޮން ވާހަކައެއް

    32
    70
    • ދދދދދދ

      ތިވާހަކަތާ އެދައްކަނީވެެސް. ބިރު ދައްކާ ބޮލުގަ ބަޑި ޖައްސައިގެެން ބަޔާންތައް ލިޔެގެން ނުކުރާ ކުށުގަ ބައްދައި މީހުން ޖަލަށް ލާން ތެޅިއަރުވާ ވާހަކައެެއްނު މުޅި ގައުމު ގޮވަމުން އެެދަނީ.

      22
      3
  3. ލަކީ

    ޙެހެ ލުތުފީ އިތުރު ފުޅު ހައްދަވަނީ ކީއްވެގެން އެންގޭ ރައީސް ޔާމީނާ ވަރަށް ގާތްބޭފުޅެއް ކިހިނެއް ރެހެންދި ފުލެޓް ލިބުނީ ހަދިޔާ އެއްގެ ގޮތުގާ ކިހިނެއް އަރަބިއްޔާ ފުލެޓް ލިބުނީ ކިހިނެއް މެލޭޝިޔާ އިން އެޕާޓްމެންޓް ގަތީ ވިދާޅުވެ ދެއްވާ

    16
    23
  4. ޝާހް، ރ.ވާދޫ

    މިމީހުންގެ އިހުލާސްތެރިކަން ބަލާ. އަދިވެސް ކުއްކުރިމީހާގެ ހިމާޔަތުގަ މިގުންޑާއިން މިތިބެނީ. ބަލަ އެމްއެމްޕީއާރުސީގެ ލާރިގަނޑު ދިރުވާލި ބޮޑުވަގު އެކުރި ކަމުގެ ވާހަކަ ފުރަތަމަ ކަލޭ ދައްކަބަލަ. އަމާ ބަފާ ގޯތި އެނދުގަ ނިދަން އޮށްވާތަ ތިބުނާ ނުތައްކަލެއް އައީ؟ މިހާރު ކަލޭމެން ރެކިގަންނަން ދައްކާފަ ނުދައްކާނެ ވާހަކައެއް ނޯންނާނެ. މާދަމާ ކޮންމެސް އެހެންމީހަކު ތިކަހަލަ އެހެން މޮޅުވާހަކައެއް ދަައްކާނެ.

    18
    14
  5. ރަންނަ

    އިބޫސޯލިހު އަންނަގޮތަށް ޖަލަށްް.

    18
    11
  6. މަދަރ ކޮފިން އަޕް

    ތިދެން ކޮން ވާހަކައެއް ކުރިންވެސް އާއިލާ މެލޭސިއާގަ ބަހައްޓައިގެން އުޅުނީ އެތަނުން އެޕާޓްމަންޓް ގަންނަން އުޅެ.

    10
    3
  7. އަފިރިންގެ ޚިޔާލް

    ލުތުފީ އަކީ ކުރީގެ އޭސީސީގެ ރައީސް.
    އޭނާ ވިދާޅުވީ ދާޚިލީ ވަޒީރު ބިރު ދެއްކިވާހަކަ.
    އެހެންވީމަ ރ.ސޯލިހުގެ ސަރުކާރުގެ ނުރައްކާތެރިކަމާއި ޚޮދު މުޚުތާރުކަން އިގިގެންދޭ.
    ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވީ ހަމަ ހަމަ އުސޫލު، ކަންނެލި ވަދެއްނޫން، އަދި ކަންނެލިވަދުގަ އެޅި އެން ގަންނަން ޚަރަދުކުރި މައުމޫނު ބެއާއި، ޤާސިމްބެ ފަދަ ލީޑަރ އެއްނޫން.
    މިޤައުމު ތަރައްގީ ކުރެވޭނީ ހަރުދަނާ ކެރޭ ލީޑަރ އަކަށް، އެއީރ. އަބުދުﷲ ޔާމިން. ތަފާތް
    އިބޫ، ތައުލީމީ ފެންވަރ. ޖީސީ އޯލެވެލް.
    އަދި އެއްވެސް ޕަބްލިކް އެޑްމިން ތަޖުރިބާ އެއްނެތް. ޅ.އަތޮޅު ގޮޑިހޫނުކުރަން. އެމްޕީ އަކަށް 25 އަހަރު.
    ޔާމިން. މާސްޓަރ، ޔޫއެސް.އޭ. .. 30 އަހަރުގެ ތަޖުރިބާ، މިނިސްޓަރ، މަޖްލިސްގެ މެންބަރކަން.
    .............
    ތަފާތު މޮޑެލްއަކަށް، 60 މަސްތެރޭ ރާއްޖެ ތަރައްގީކުރުމަށް، 87 ބިލިއަން، ޚަރަދުކޮށް، 5200 ހުރި ޖީޑީޕީ، 12000 ޑޮލަރ އަށް ބަދަލްކުރި. ރައްޔިތުން އަތްމަތި ތަނަވަސްވެ، މީހުން އުޅުނީ އުފަލުގަ.

    27
    6
  8. ޕިޔޯނު

    ދެން ނުގެނެ ވޭނެ ނިކަން ގެނެސްބަލަ ތިހައި މޮޅިއްޔަ.
    ތިއުޅެނީ ގައުމު ގަނޑު ހިންގަންވެސް ނޭންގިގެން އމޑޕ ދެން ލަލަލަ

    17
    7
  9. އިއްބެ

    ކޮބާ ލިބުނު ކޮރަޕްޝަންފުރީ ފުލެޓް!

    10
    14
  10. ސަން

    އެކްޓިންގ އެހާ ރަގަޅެއް ނޫން. ފޯނު ކުރި މީހާ ވެސް އަދި ލުތުފީ ވެސް. ތަން ކޮޅެއް ޕްރެކްޓިސް ކޮށްފައި ތިކަން ކޮށްލިނަމަ ހަޤީޤީ ކޯލެއްކަމަށް ހީވީސްތޯއްޗެއް.

    8
    7
  11. މިއަދު

    މިއޮތީވާ ހެޔޮވެރިކަމެއް ރުހުމުގައިނުދެވޭމީހާ ނުރުހުމުގައި ކަނޑުފަޅުފީނައިގެންވެސް ގައުމު ދޫކޮށް ދެވޭތޮމިބަލަނީ މިނިސްޓަރުންގެވެސް އިންޒާރުތަކަށް ކެއްނުވެގެން މުއައްސަސާތަކުގެ އަނިޔާވެރިކަމުން ހެޔޮވެރިކަމަކީ މިއީބާ

    16
    3
  12. ޙަބަރުގެޔާ

    ވަގުން ވައްކަންކުރްން މަގުފަހިކޮށްދީ އެހީތެރިވެދީފަ އެކަމުގެ ތަހުގީގަށް ފިލަން ދިޔައީ

    8
    12
  13. އެޖެންޑާ19

    އިރާދަކުރެއްވިއްޔާ މިއޮތްދެއް ނިމެނީ

    17
    4
  14. އަފްޒަލް

    ޚިޔާލު

  15. ކަބީލާ

    ގަދަކަމުން މަޖުބޫރުކުރުވައިގެން ތިބޭފުޅާ ރައީސް ޔާމީނާދެކޮޅަށް ދިން ބަޔާން ނެގުމަށް ގޮވައިލަމެވެ.

  16. މިހާރު

    މާ އަވަސް އަރުވާލައިގެން ބަޔަކަށް އަނިޔާއެއް ދިނުމަށް ތިވައްތަރު ފޭކް ބަޔާންތައް ނަގައިގެން ތިކަން ކުރުމުގެ ވަޤުތުހ ހިގައްޖެ. މިހާރު މީހުން ބަލައެއް ނުގަނޭ ތިކުރާ ކަންތައްތައް. ކޮބާ ބާޤީ ލުޠުފީ، ކޮބާ އަދީބު. މިހިރީ ޤައުމަށް ކިތައް ނުރައްކާ ހުރި މައްސަލަތަައް ނުވިތާކަށް ޤައުމުގެ މުޅި އިކޮނޮމީ މިދިޔައީ މުޅިންހަލާކުވެގެން. ވާގޮތް އެގޭތަ. ކާކަށް އެގެނީ. އަދިވެސް ޖުޑިޝަރީއާއި، އެގްޒެކެޓިވް ބާރާއި މަޖުލިހާއި ދީގެން ތިބޭ. ދިވެހިންނަކީ އަމިއްލައަށް ބޯގަމާރުވެގެން ތިބޭ ބޮޑު ގަމާރުންތަކެއް. ބަންގާޅު މީހުންގެ އެއް ނޫން ބޯނެތީ. ދިވެހިންގެ ބޯނެތީ

  17. މާވަޑި ފަލާހް

    "ރާއްޖެ ދޫކޮށް ދިޔައީ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންތައްތައް ދިއުމުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެއެވެ"
    ރާއްޖޭގައި ހުރެގެން މަނިކުފާނުހިންގި ވައްކަމާ ކޮރަޕްޝަންގެ އަމަލްތަކުން ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންތައްތައް ދިޔަކަން އެނގިނުލެއްވީމަ ހަމަ އަންތަރީސްވެއްޖެ. ރައްޔިތުންގެ ހަޒާނާ ދިރުވާލައި ރެހެންދި ފުލެޓްގައި އަރާމްގައި އުލެފައި އަދިއެވަރުންނުވެގެން މަސައްކަތް ނުކޮށް 9މަސްދުވަހުގެ މުސާރަވެސް ނެންގެވީމެއްނޫންތޯ؟މީހައްތަހާވެސް ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ކަންތައްތައްނޫންތޯ؟؟؟؟