މަހުރަމުންނާއި ނުލާ އަންހެނުންނަށް ދަތުރު ކުރެވޭ ގޮތް ސައުދީ އަރަބިއްޔާ އިން ހެދީ އަންހެނުން ބާރުވެރި ކުރަން ކަމަށް ވިދާޅުވެ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ސައުދީ އަރަބިއްޔާގެ ސަރުކާރަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާ އިން ގެނައި ބަދަލާއި ގުޅިގެން ޝިދާތާ ވިދާޅުވީ އެއީ އަންހެނުން ބައިވެރި ކުރުމާއި ބާރުވެރި ކުރުމާއި ކުރި އެރުމާއި ގުޅޭ ގޮތުން ސައުދީ އަރަބިއްޔާ އިން ނިންމި ތާރީޚީ ނިންމުމެއް ކަމަށެވެ.

ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވަނީ މަހުރަމުންނާއި ނުލާ އަންހެނުން ދަތުރު ކުރުމުގެ ހުއްދަ ސައުދީ އަރަބިއްޔާ އިން ދިނުމުން އެގައުމުގެ މިނިސްޓަރ އޮފް ލޭބާ އެންޑް ސޯސިއަލް ޑިވެލޮޕްމެންޓް އަހްމަދު ބިން ސަލްމާން އަލްރަޖްހީ އަށް މަރުޙަބާ ވިދާޅުވެފައެވެ.

 

 

ސައުދީ އަރަބިއްޔާގައި ޒަމާނުއްސުރެ އޮންނަ ޤަވައިދަކީ އަންހެނަކު އެއްވެސް ތަނަކަށް ދަތުރުކުރާނަމަ އެއަންހެނަކާއި ހަވާލުވެގެން މަހުރަމަކު ދަތުރު ކުރަން ޖެހޭނެއެވެ. ނަމަވެސް މިއުސޫލު ރޭ ވަނީ އުވާލާފައެވެ.

އެހެންކަމުން ރެއިން ފެށިގެން ސައުދީ އަރަބިއްޔާގެ އަންހެނުންނަށް އެކަނި ތަނަކަށް ދަތުރު ކުރަން ވެސް އެއްވެސް ހުރަހެއް ނޯންނާނެއެވެ.

މިއީ ފަހަކަށް އައިސް ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވައިގެން އަޅުއްވާ "އިސްލާހީ ފިޔަވަޅުތަކުގެ" ދަށުން ގެނައި ބަދަލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. މާމިގިލީ މީހާ

    މިހާރު ސައުދީ އަރަބިއްޔާގެ ވެސް ޖެންޑާ މިނިސްޓަރު ކަން ސިދާތާއަށް ލިބުނީ ތޯ..

    42
    1
  2. ކަލޯ

    އެކޮޅަށް ގޮސް އެހެން ހަދާފަދޯ ތިއައީ

    34
  3. ކޮރަކަލި

    އަދި ތިޔަ ސައުދީން އެތާންގަ ބިކިނީގަ އުޅެން ވެސް ހުއްދަ ދޭނެ

    37
    2
  4. ސީސޫ

    ކަމަނާ ހަތް އުޑުން މަތިން ބާވަލެއްވި އިލާހި ގާނުނުގަ އެބައޮތް ވަރަށް ސާފް ކޮށް އަންހެނުންގެ އިއްޖަތަ ގަދަރު..އަދި ތިބުނަ ބާރެއް..އޮރީޔަމުން ދުވުން ވެސް އެއީ ހައްގެ.މާގަމުގެ ދީފައުގަ ވެސް ދައްކަބަލަ ދައްކަކަހަލަ ވާހަކަ.ދުނިޔެ ޔަ ޓާކަ ދީން ވިއްކަލި ޕާޓި ތީ.

    53
    4
  5. 1111

    އަޅެފަހެ ކޮންތަނެއް ބާރުވެރި ނުވެގެން އުޅެނީ! ﷲ ޞޥ އަށް ކުރުމަށް ކުޅަދާނަ ވެވޮޑިގެންނުވާ ބާރުވެރިކަމެއް ހެންހީވަނީ ކަލޭމެންނަށް ކުރެވިގެން ތިއުޅެނީ. ބޮޑާ ކަމާއެކު ތިހެން ބުނާއިރު ހާދަ މޮޅުކަމެކޭ ދޯ! އަމިއްލަ އަމިއްލައަށް މާ މޮޅުކަންތައް ކުރަން ހަދައިގެން ވާކަންކަން ނުފެންނަނީ ދޯ މުޖުތަމަޢު އިން..! އެހެންތާ ވާނީ ލޮލެއް އޮތަކަސް ނުފެނޭ ވިއްޔާ، ހިތެއް އޮތަކަސް ނުވިސްނޭ ވިއްޔާ!
    ءلاءك كالانعام.بل هم اضل.ءلاءك هم الغافلون.

    39
    3
  6. Anonymous

    މިނިސްޓަރ އޮފް ހެޑްލައިން

    23
    • މޮޔައެނޮނިމަސް

      ހާދަ ރުޅި އެކޭ.އަންހެނުން ނަށް އަނީޔާ ނުކުރެވޭތީ މި އަންނަނީ

      3
      16
  7. ކައްޕިތާން

    ކޮބާ ކިހާވަރަކައްބާ އަދާލަތުން އިސްލާމް ދީނަށް ލޯބިކުރަނީ މިމީހުން މިއުޅެނީ މައްޗައް ގޮންޖަހަންތޯ ނުވާނެ ތިކަމެއް ވެދުން

    38
  8. ިިއިންޑޯ

    ކިނބުލެއް ހެން ހިނި އައިސް ހުރެބަލަ، ލާދީނީ އޭ ބުނީމަ ބުނާ މީހާ ގޯސް ވާނީ. ޥ ސަލާމް

    36
    1
  9. އާމިން

    ސިދާތާ ކަމަނާ ވެސް އެހެން މުސްލިމުންވެސް ބާރުވެރިވާން ހުންނަވަށްވާނީ އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގަކަން ހަނދުމަފުޅު ނެތުނީތޯ
    ދީނުގައި ލައްވާފައިވާ އިންތަކާއި މިންތަކުން ބޭރުވެވިގެންނުވާނެ ނޫންތޯ

    35
    2
  10. ދޮންބެ

    ބުރުގާއެއް ބޮލަށް ކޮއްޕާލާފަ މުސްލިމް ނަމެއް ކިޔަސް މިމީހުންގެ އިސްލާމް ކަމާދޭތެރޭ ސުވާލު އުފެދޭ. ދީނުގެ ޙުކުމެއް މުގުރާލުމުން އެކަމަށް މަރުޙަބާ ކީމަ ބޭރުފުށް ކޮންމެ ގޮތަކަށް ހުއްޓަސް އެތެރެ އޮތްގޮްތް އެބައެނގޭ.

    38
  11. ާަާަަައަސްލު

    ތިފެންނަނީ ކަލޭގެހަގީގަތް..އަދި ފިރިމީހާގެވެސް ހަގީގަތް...ދީނޭކިޔައިގެން ހުސްޑްރާމާ...

    32
  12. މަގުމަތި

    ސިންދާތާ ތިއޮތް އަނގައެއް ކަލެއަށްނޫނީ އަނގައެއް ނެތީތޯ އަންހެނަކަށްދެއްވާފައި

    23
  13. ޙެހެ

    ކޮބާ އިޔާޒުމެންގެ ހިޔާލަކީ

    28
  14. ާއަޙުމަދު

    ﷲ ގެ އަމުރު ފުޅަކާ އިދިކޮޅަށް ކަމެއް ހުއްދަކުރުމުގެ ޙައްޤު ކިތަންމެމަތީ މަގާމެއްގައި ހުރިމީހަކަށްވެސް ލިބިގެނެއްނުވޭ. އެފަދަކަމެއް ކުރުމުން އެއީމާމޮޅުކަމެއް ކަމަށްދެކި ތައުރީފު ކުރާމީހެއްގެ އިސްލާމްކަމާމެދު ސޫވާލު އުފެދޭ.

    31
  15. އިއްބެ ހއ

    ފިނދާތާ މީ އަނެއްކާ އިސްލާމީ އުޞޫލުތައް ޤަބޫލުކުރާ މީހެއްބާ! މަޙްރަމަކާ ނުލައި އަންހެނުން ދަތުރު ކުރުމުގައި ދީނުގެ ޙުކުމް އޮތްގޮތް މީނަޔަށް ކިޔައިދިނީ އަނެއްކާ މައިބަދަ ބެއްޔާބާ!

    31
    1
    • މޮޔައެނޮނިމަސް

      ހާދަ ރުޅި އެކޭ ދޯ.ކޮން ހުކުމެކޭ ކިޔާ ކަށް

      1
      15
  16. މުހައްމަދު ސަލީމް

    ދީނީކަމެއްގައި ބަސް ބުނުމުގެކުރިން ކަން އޮޔް ގޮތް ދެން ފަހަރަކުންވެސް ބައްލަވާލެއްވުމަށް ނަސޭހަތްތެރިވަން. ނޫނީ ހަމަ މިދަތުރު ޖެހޭނީ.

    19
  17. ހުދުހުދު

    ދީނަށް ވުރެ ދުނިޔޭގެ އަރާމާއި މަގާމް މަތިވެރިކޮށްފި. ތި މަގާމްކީ ވެސް ﷲ ދެއްވި އެއްޗެއް ކަން ނޭގޭތަ؟ މަހުރަމަކާއި ނުލާ އަންހެނުން ދަތުރު ކުރުމުގެ ހުކުމް ސީދައިތަ އަށް ކިޔާދޭނީ ކާކުބާ؟ ސީދައިތަ މިހާރު ހިލޭ ފިރިހެނުންނާ ސަލާން ކުރުން ވެސް ހުއްދަ ކޮށްގެން ވިއްޔާ ހުރީ. ބުރުގާ ވެސް ހައްތަހާ ކުރު ވަނީ. ނަމުން މުސްލިމު ކަމުން މުނާފިގު

    22
  18. ހިތާމަ

    ދީނީ ޕާޓީއަކުން އައިސްހުރި މިނިސްޓަރަކޯލަ... ހުރިހާ އެއްޗެއް އެނގިހުރެމެ..ﷲ ގެ އަމުރު ފުޅާއި އިދިކޮޅަށް އިސްލާމީ ޤައުމެއްގައި ކަމެއް ހުއްދަކުރުމުން އެކަމުގެ އުފާފާޅުކޮށް ސަނާކިޔަމުން ތިދުވަނީ...އެންމެ ފަހަރަކުވެސް މާތްﷲ އަށް ބިރުވެތިވެބަލަ... ތިޔައީވާ މިނިސްޓަރެއް...ރީނދޫ ޕާޓީ ކުދިންނާއި ގުޅިގެން އެއަތަށްގޮސް ހުސްވެފައި މިހާރު އެހުންނަނީ...

  19. ެައަލިބިޔާއްކަލޯ

    ދައިތަ މީއަނެއްކާ ރަސޫލު ސައްލަ ﷲ އަލައިހި ވަސައްލަމް ވެސްގަބޫލުނުރާ މުނާފިގެއްތަ؟
    އަދާލަތޭ މިކިޔާ ޖަމާއަތުގަ އުޅެނީ މުނާފިގުންތޯ؟
    މިކަންތަކުގެ މައުލޫމާތު އެނގޭ ބޭފުޅަކުހުރިނަމަ މައުލޫމާތު ކިޅެއްދެއްވަފާނަންތޯ؟؟؟؟؟

    10
  20. ނަން

    ޢަޒާބު އަންނާނީ ބުނެފައެއް ނޫން.
    ފާހިޝް ޢަމަލުތަކަށް މަގުފަހި ކުރާ އަދި ހިތްވަރުދޭ މީހުންނަށް ދެދުނިޔޭގައިވެސް ވަނީ ޢަޒާބުކަމަށް ނޫރުސޫރަތުގައި އޮވޭ ---- މުސްލިމުންގެ ގޮތުގައި ތިބެ މިފަދަ ކަންކަން ކުރަން ހެޔޮ ނުވާނެ ދައްތައެއް ކަމަކު.

    އަވަހަށް އިސްލާހުކޮށްލާ، މިއީ ހުރުމަތްތެރިވެގެންވާ ދުވަސްތަކެއް.
    މާތް ﷲ ތެދުމަގުދައްކަވާށި. އާމީން

    12
  21. ސަންގުމަރުމަރު

    ސިދާތާމެން ސަޕޯރޓް ކުރާނެ އިސްލާމްދީނާ ޚިލާފު ހުރިހާ ކަމަކަށް. ހިސާބަށްވުރެ ޔަހޫދީކަން އަށަގަތީމަ ވާނީ ތިހެން.

  22. ބިއްލާ

    އަމިއްލަޔަށް ނަގާފަ ލާފައިން ސެލްފީއެއްްބާ..ހިތުން ވަރަށް ތިއްތިވެގެން އުޅޭ މީހެއްމީ

  23. ޢާމިނަތު

    ކަމަނާ ހަތް އުޑުން މަތިން ބާވަލެއްވި އިލާހި ގާނުނުގަ އެބައޮތް ވަރަށް ސާފް ކޮށް އަންހެނުންގެ އިއްޖަތަ ގަދަރު..އަދި ތިބުނަ ބާރެއް..އޮރީޔަމުން ދުވުން ވެސް އެއީ ހައްގެ.މާގަމުގެ ދީފައުގަ ވެސް ދައްކަބަލަ ދައްކާކަހަލަ ވާހަކަ.

  24. ބަކުރުބެ

    ދީނޭ ދީނޭ ކިޔާ މާވަރަކަށް މިތާކޮމެންޓް ކުރާމީހުނޭ ކަލޭމެންގެ އަނބިންދާ ދަރިން ތަންތަނަށް ދަތުރުކުރާއިރު އެދަނީ މަހުރަމުން ފައްޗަކަށް އަމުނާގެންދޮތަ؟ ސަޢުދީ ޝޭޚުންނަށްވުރެ ކަލޭމެންގެ ދަންނަކަން ހަމަ ބޮޑީހެން މަށަށްހީވަނީ ! އެއްޗެއްގަ އަޅައިގެންފަވެސް ހުލަގުކޮޅަށް ތީން މީހަކު މީންދުވަހަކު ވެއްޓުނުކަމެއް ނޭގެއެވެ

    2
    4
  25. މުހައްމަދު

    ބަޔަކުރާބޯއިރަށް މިހާރުގެ ސަރުކާރުން އުފާފާޅުކުރުމީ 19 ގައި އޮތް ޕްރޮޖެކްޓެއްތާ މިހާރުވެސް މިގައުމުގަ މިތިބައުޅޭ 14 އަހަރުންމަތީގެ ސްކޫލްކުދިންނަކީ އިންޓަނެޓްއިން ފިލާ ވަޅު ތައް ނަގައިގެން އެތިބީ ޣައިރުދީންތަކަށް ވަދެހުސްވެފަ ނަމާދާ ރޯދަޔާ މިހެންގޮސް ދީނީކަންކަމުގެ ކަންފުޅެއްވެސް ނެތްކަން ދައިތަގަނޑަށް އިގޭތަ މޮޔަވާއިރު އެކުދިން ބޭނުން ވަނީ އުފަލާމަޖާ ޕާޓީކުރުމާ ރެސްޓޯރެންޓް ތަކުންކައިގެން ޝޮޕިންކޮށްގެން ސްމާޓްފޯންތަކުން މުޅިދުވަސް ނިންމާލަނީ އަދުގެ ސަރުކާރުންވެސް އެކުދިންނަށް މަގުފަހި ކޮށްދިނުމަށް ޓަކައި ނަމާދުވަގުތު ތަކަށްބެލުމެއްނެތި ކުޅިވަރުތަކާ ޕާޓީތައް ހަމަޖައްސާދޭ ވީމާ ދައިތަގަނޑު ކޮންވާހަކައެއް ދައްކާކަށް ތިހުރީ ފެއިލްވެފަ ދެން އިސްތިއުފާދީފަ މުޒާހިރާތަކަށްނިކުމޭ އެކަންކުރެވިދާނެ ތިޔަ އަންހެނާޔަށް ހެހެހޭ

  26. ޢަބުދުއްސައްތާރު.

    އަންހެނުން އޮރިޔާމުން ބޭރަށް ނުކުތުން ހުއްދަކުރިޔަސް މަރުޙަބާކިޔާނެ ބަޔަކު ތިބޭނެ. އެއީ ސުންނަތަށް ފުރައްސާރަކުރާ މީހުންގެކަމެއް.