ނަފްސާނީ ބައްޔެއް ހުންނަ ބޭބެގެ ފަރާތުން ޖިންސީ ގޯނާ ލިބުނު 13 އަހަރުގެ އަންހެން ކުއްޖާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ލިބުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އަނިޔާ ލިބުމުން ރަށުގައި ހުރި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒަށް ދެއްކުމުން ވަގުތުން މާލެ ދިއުމަށް ޑޮކްޓަރު ލަފާ ދެއްވެވި ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިފައިވެއެވެ.

ކުއްޖާ އަށް މިހާރު މާލޭގައި ފަރުވާދެމުންދާއިރު، އެކުއްޖާ އަށް ވަރަށް ބޮޑަށް ޖިންސީ ގޯނާ ކޮށްފައި ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މީހަކީ މީގެ ކުރިން ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ ގުރައިދޫ މަރުކަޒުގައި ހުރި މީހެކެވެ. އޭނާ ރަނގަޅު ވެއްޖެކަމަށް ބުނެ ރަށަށް ފޮނުވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެރަށުން ވާހަކަދެއްކި މީހަކު ވެސް ބުނީ "އޭނާ މިހާރު ނޯމަލް" ކަމަށެވެ.

އެމައްސަލަ ފުލުހުންނަށް ހުށަހެޅުނުތާ ހަފްތާއެއް ފަހުން މިރޭ މީޑިއާގައި ޚަބަރު އާއްމުވުމުން ފުލުހުން ވިދާޅުވީ އެ މައްސަލަ ފުލުހުން ބެލި ބެލުމުން، އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހަކީ ނަފްސާނީ ބަލި މީހެއްކަން އެނގިފައިވާ ކަމަށެވެ.

"އޭނާ އަކީ މުޖުތަމައު ތެރޭގައި އާންމުކޮށް ދޫވެފައި ހުރެއްޖެނަމަ، މުޖުތަމައުގެ ސަލާމަތާއި އޭނާގެ އަމިއްލަ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފުލުހުންގެ ތަހުގީގަށް ފެނޭ. އެހެންކަމުން ޖެންޑާ މިނިސްޓްރީއާ ގުޅިގެން އޭނާ ފަރުވާދިނުމަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ފުލުހުން މި ގެންދަނީ ކުރަމުން،" ފުލުހުން ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީން ވެސް މިއަދު ވަނީ އެފަދަ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށާއި އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ހާއްސަކޮށް އާއިލާ މެންބަރުންގެ ފަރާތުން ކުދިންނަށް ޖިންސީ ގޯނާ ލިބޭ މައްސަލަތައް ގިނަ ކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. އިންޑިޔާ

  އިންޑިޔާ ގުޅުން ބަދަހި ކުރިފަހުން މުޅި ގައުމުގެ ރޭޕް.. މީ ތަންފުކެއް ބޮޑުވަރު

  44
  10
 2. Anonymous

  ފިރިހެނުން ބާރުވެރި ކުރުވަން ތިކަހަލަ ކަންކަން އެޖެންޑާ 19 ގައި ހިމެނޭ

  35
  7
 3. މަމިޔޮކާކަ

  އެމީހުންގެ އަވަށެއް ވީމަ އެމީހުން އުޅޭގޮތައް ނޫންތޯ އުޅެވޭނީ ދެން ވާނީ ހައްތާ އިތުރު...

  34
  5
 4. ވާގޯ2

  ނަފްސާނީބަލި ކަމެއްގެ ސަބަބުން މީހަކު މިސަކިތަކަށް ވަދެ ނުކިކުމެ އިންވާހަކައެއް އަޑު އެހިންތަ؟ ނީވޭނެ. ހަމަ ކޮންމެސް ނުބައިކަމެއް ކުރާނީ އިތުރަށް.. މީގަ ވިސްނާލަންޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުރި. އަދި ބަލަން ޖެހޭ ކަންކަން ވެސް އެބަހުރި. އެމެރިކާގަ ވެސް ބޮޑެތި ޖަރީމާ ހިންގާފަ އައިމަ ވެސް ބުނާނީ މިހާރު މިދައްކާކަހަލަ ވާހަކަ. ޖެންޑާ ފެއިލް..

  38
  5
 5. ބޮއިކަޓް ޢަލީ

  އެހެންދޯ! ދެން ތިކަން ތި ނުމުނީ ދޯ

  21
  1
 6. ނަގޫރޯޅި

  މުޖްތަމަޔައް އަދި އަމިއްލަ ނަފްސައް ގެންލުންދީފާނެ މީހަކު ފުލުހުންނައް ފާހަގަވާއިރުމެ، 7 ދުވަސް ފާއިތު ވީއިރުވެސް ޖެންޑާ މިނިސްޓްރީއާއި ގުޅިގެން ހަމަ ހަދާނެގޮތަކާމެދު މަސްވަރާކުރަނީ. ސާބަހޭ، ބާރައްއަތްޖަހާ ސެލްފީ ސޯލިހު. ކުރީގަ މާފަންނު ކޮޅުގަ ހުންނަ ބޮޑު ވަޅަކަށް ގެރިއެއް ވެއްޓުނޯ. އެގެރި ނަގާ ސަލާމަތް ކުރާނެ ގޮތެއްހޯދަން އޭރު މާފަންނު ބޮޑެތިން ބައްދަލުކޮއް މަސްވަރާކުރި. މަސްވަރާ އިން ފާސްވިގޮތައް ކަންކުރަން މީހުން ވަޅުދޮށައް އެއްވިއިރު ގެރި މަރުވެއްޖެ.

  20
  2
 7. މޯދީ

  ރާއްޖޭގެ މިސްރާބު މިހާރު މިހުރީ ހުރިހާ ދިމާލަކުންވެސް އިންޑިޔާ އެކޭ އެއްގޮތައް،

  32
  1
 8. ކައްޕިތާން

  މިހެނވީ މިދޔިޔޭގެ ސަފުގާ ހުރީތީ ޝަރަފުގާ އުފަންވީ ވަގްތް މަރުނުވީތީ މިހެން މިވަނީ ދީނުގައި އަންގަވާފައިވާ ފަދައިން ނޫޅެވުމާ އިންސާފެއްނެތީމާ ބޯހިޔާވަހިކަން މިކުރަނީ ރައްޔަތުން އަޅުވެތިކުރަން ބިންތައް ހިސޯރުކޮއް މަޖުބޫރް ކުރުވައިގެން ކަހަލަ ގޮތަކަށް ފުލެޓްގެ ނަމުގައި ބޮޑުއަގުގައި ގެސްޓް ހައުސް ސީދާ ސަރުކާރުން އެއްދާން ކުރާނެ ތަނެއް ނެތިގެން ދަރިން ބއަތިއްބާފަ އަނެއްގެސްޓް ހައުސްއައް ދާ ދެމެފިރިން މަދެއްނޫން މީގަސްތުގައި ރއައްޔަތުން އަޅުވެތިކޮއް ފަސޭހަ ކަމާއެކު ވޯޓް ހޯދަން ފެއްޓި ކަމެއް 1978 އަހަރުން ފެށިގެން ދެން ތިޔަކުއްޖާގެ ހައްގު ހޯދަން ދާނެ ތަނެއް ނެތް

  11
  1
 9. ހުދުހުދު

  އަބަދު ވެސް ކުއްކުރާ މީހާ ވަނީ ނަފްސާނީ ބަލި މީހަކަށް ނޫނީ ސިކުޑި ހަމަ ނުޖެހޭ މީހަކަށް. އަނިޔާ ލިބުނު ކުއްޖާ އަށް އިންސާފު ނުލިބުނީތި. މިގައުމުގެ ހާލަތު

  32
 10. މަމެން

  ކޮބާތަ ސީދައިތަ މިފަދަ މީހުން ސީދައިތަމެންގެ ބެއްލެވުމުގެ ދަށުގައި ހުއްޓާ ރަނގަޅުވެއްޖޭ ކިޔާފަ މުޖުތަމަޢުއަށް ނެރެގެންވެސް ނުވާނެނު ދެން ކާކުބާ ޒިންމާވާނީ

  18
  1
 11. އަޖައިބެއް

  ތިކަހަލަ ކުށެއް ކުރީމަ އަބަދުވެސް ކަންވެ ނިމޭ އިރު އެމީހަކު ވާނީ މޮޔައެއް ނޫނީ ބަލި މީހަކަށް!!

  24
  • ޙެހެ

   ޅޮބުވެތި ވެލި ޒަނީވެސް ދޯ

   • އަޖައިބެއް

    ތިޔަ ބުނީ ހެޔޮކޮށް

 12. ޙެހެ

  “ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ހާއްސަކޮށް އާއިލާ މެންބަރުންގެ ފަރާތުން ކުދިންނަށް ޖިންސީ ގޯނާ ލިބޭ މައްސަލަތައް ގިނަ ކަން ފާހަގަ ކުރެވެއެވެ.“ އިންޑިޔާގެ ކަލްޗަރު އޮންނަންވާނެއެއްނު ރާއްޖޭގަ އޭރުން ތަރިކަ ހިމާޔަތް ކުރެވޭނީ

  16
 13. ނޫސްކިޔާމީހާ

  ކުޑަކުއްޖެއް ރޭޕު ކުރެވުނީމަ އެވީ ނަފްސާނީ ބަލިމީހަކަށް .

  14
 14. ޔޯޔޯ

  ވަރަށް ދެރަވޭ. އެންމެ 13 އިޔަރސް

 15. Anonymous

  ޖިންސީ ގޯނާ ކުރުން ހުއްޓުވޭނީ ކޮން އިރަކު¿¿¿¿¿¿