އެމްޑީޕީއިން އެނބުރި ވެރިކަމަށް އައިސް ތިބީ ފަރުދުންގެ އާމްދަނީން އިންކަމް ޓެކްސް ނެގުމަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

މީރާއަށް ނުވަ އަހަރު ފުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ސަރުކާރު ވައްޓާލާފައި ވަނީ އަމިއްލަ ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސް ނެގުމުގެ ކުރިން ކަމަށެވެ. އެކަމަކު، އެ ޕާޓީން އެނބުރި އައީ އަމިއްލަ ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދަރުބާރުގޭގައި ކުރިއަށްދިޔަ ޖަލްސާގައި ނަޝީދު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އަދިވެސް ބޮޑެތި ބިލްތަކެއް ތިބި ކަމަށާއި އޭގެ ތެރެއިން އިންކަމް ޓެކްސް ނެގުމުގެ ބިލް މި އަހަރު ފާސް ކުރަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ބޮޑަށް އަމާޒުކޮށްފައި ވަނީ އަމިއްލަ ފަރުދުންގެ އާމްދަނީން ލިބޭ ޓެކްސްގެ މައްޗަށް ވަރަށް ބޮޑަށް ބިނާކޮށްފައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ހެދި އެންމެ ފުރަތަމަ ބަޖެޓު ހަތް ބިލިއަން ރުފިޔާ އަށް ނާރާނެ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ބޭސް ސިޓީއަށާއި ފޮތް ލިސްޓަށް އާދޭސް ކުރުމާއި ފޯނު ބިލާއި ކުލި ނުދެއްކިގެން ރައްޔިތުން އޭރު ތިބީ ހާސް ކަމެއްގައި ކަމަށެވެ.

ޓެކްސް ނެގުމާ ބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް މިދިޔަ އަހަރުގެ ތެރޭގައި ގަވާއިދުން ޓެކްސް ދެއްކި 17 ކުންފުންޏަކަށް ރޭ ވަނީ އެވޯޑު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޢަލީ

    އެނބުރިތިޔައައީ ފޮޅުއަޅަން...ހުވާ ކިޔޭނުކިޔޭ އެއްޗެއްވެސް އިނގޭމީހެއްނޫން މީކީ..އެކަމުވެސް މިވަރު މަރުމޯލަކަށް ސަޕޯޓުކުރާމީހުން އަދިމީނަޔަށްވުރެ މޮޔައީތާ..ތިޔައައީ ނުކެވުނުލާރިގަނޑު ކާލާ ގައުމުގެ ރައްޔަތުން މަގުފުރަށްދާ މިތަނުގަ ގައިރުދީން ފަތުރާން އިސްލާމްދީން އޮތީމަ ހަމަނިދިނުނިދިގެން...ކަލޭތީ ފަރަންޖީން އުޅޭގޮތަށް އެމީހުން ކިޔާގޮތަށް ދަރިންނަށް ނަންކިޔާ އެމީހުންގެ ގޮތާއި ފޮތްގަބޫލު ކުރާމީހެއް..ތިޔައައީ ގައުމުހަލާކުކޮއްލަން މިފަހަރު ވެއްޓުނީމަ މަޖިލީސް ގޭގަކަންނޭގެ ހުޅުޖަހާނީ...ތީނުލަފާމީހެއް...މުސްލިމުންނަށް ހެޔޮއެދޭމީހެއްނޫން...

    66
    2
    • އިންސާފު

      އިންކަމް ޓެކްސް އޭ ކިޔަންފަށާއިރަށް މި ފިޔާތޮށި ބައިގަނޑަށް މިވަނީ ކީއް؟ ކަލޭމެން ހިތްއެދޭ ސަރުކާރުގައި އިސްލާމްދީނަށްޓަކައި ކޮށްދެވުނު ކަމެއް ބުނެބަލަ. ރައްޔިތުން އަނގަޔާއި އަތާދިމާވާނީ ތިކަހަލަ މުއްސަދިން އަތުން އިންކަމް ޓެކްސް ނެގިގެން. އަބަދު އަމިއްލަ ފަރުދުން އަtuން ނަގާ ޓެކްސް ނެގީމަ އެވަނީ ކޯންޗަކަށް. މިފަހަރު އިންޝާﷲ އިންކަމް ޓެކްސް ނަގާނެ. ދެން ބާރަށް ލަވަކިޔާފައަތްޖަހާ. ☺️

      5
      25
      • ޢަލީ

        އިސްލާމްދީން ގައިމު މިވަރަކަށް ނިކަމެތިކޮށެއް ނުލާ.

        16
        • .....

          އިސްލާމް ދީނުގައި ރައްޔިތުން ނުފެލާނެ...
          ނަގާނީ ޒަކާތް...އެވެސް ފުދި އިތުރުވެ އެހުންނަތާ އަހަރު ދުވަސްވެފާވާ އެއްޗަކުން 40ބައި ކޮށްފަ އެއްބައި....
          މިތަނުގަ އަހަރެން ކާތީ ނިދާތީ އާމްދަނީ ލިބޭތީ ހިނގާތީ ދިރިހުރީތީ އެބަ ދައްކަންޖެހޭ ފުދުނަސް ނުފުދުނަސް....
          ޓެކްސް ނުދައްކާފިއްޔާ އޮބި އަޅުވައިގެންވެސް އެހޯދާ...ޒަކާތް ނުދެއްކިޔަސް ދެއްކިޔަސް ހެޔޮ...އެކަމަކު މުސްލިމު ގައުމެކޯ...

      • ގުންޑާ

        އޭ ބަލަ ކަލޭމެން އަތުންވެސް އިންކަމް ޓެކްސް ބެގޭނެ. ހުސް އެކަނި މުއްސަނދިބް އަތުން ނަގާއެއްޗެއް ނޫން. އިންކަމް މާނައަކީ އާމްދަނީ ލިބޭ ކޮންމެ މީހަކު އަތުން ނެގޭނެ އެއްޗެއް. އަދަދު ކަނޑައެޅިދާނެ ކޮންމެވަރެއްލުބޭވެސް. މީ ރައްޔިތުން އަޅުވެތިކުރާ ނިޒާމެއް. މުޅި ހުޅސނގު ބަނދެލާފަ އެއިތީ މިސިސްޓަމުން

      • .....

        މި ވެރިކަމެއްވެސް އެވެރިކަމެއްވެސް ބަލައެއް ނުގަންނަން...
        ޓެކްސް.ނިޒާމަކީ އިންޝާﷲ ކިޔާފަ ކިޔަސް އިސްލާމަދީނާ ފުށުއަރާ އެއްޗެއް....
        އެއްވެސް ޓެކްސް އެއް ނަގާގެނެއްނޫން ދުނިޔެ ދުއް އެންމެ ވަރުގަދަ ހަޟާރާތް ކުރިއަރާ ދިޔައީކީ....ތި ޓެކްސް ނަގާ އެއްވެސް ގައުމެއް ކުރިއަރާފަ އަދިނެތް...އެހެނެއްނޫން އެގައުމުތަކަށް ބޮޑެތި އުމްރާނީ ތަރައްގީ އައިސްފަ އެބަހުރި...އެކަމަކު ގައުމުގެ ބިޑުބައި ތިބީ ދެއިރުހަމަޔަށް ނުކާ....
        އަދި އެއްވެސް ޕާޓީ އަކުން ތަހުޒީބު ހަޟާރަތެއްގެ ޕްލޭނެއް ނުގެންގުޅޭ....އެމީހުން އެވިސްނުން ގެންގުޅެނީ އެމީހުން ބައިތުލްމާލް ދަވާލާނެ ގޮތަކާމެދު....
        ރައްޔިތުން ނިކުމެ މި މީހުނާ މި ނިޒާމް މުޅިން ފޮހެލައިގެން މެނުވީ ތި އެދޭ ކުރިއެރުމެއް ނާންނާނެ....
        ކުރިއަރާފަ އޮތް ގައުމެއް ދަރާފައެއް ނޯންނާނެ...
        ރައްޔިތުން ސަރުކާރަށަވުރެ ނިކަމެއްޗެއް ނުވާނެ...

      • މަޑިސީލައޭ ނުކިޔާ

        އިސްލާމްދީނުގައި ނޯވޭ މުސްލިމުން އަތުން އިންކަމް ޓެކުސް ނަގާކަށް، އިސްލާމްދީނުގައި އޮންނަނީ މުދަލު ޒަކާތް ދައްކަން. ޒަކާތް ނުދައްކާނަމަ ޒަކާތް ވާޖިބުވާ ފަރާތްތަކާ ދެކޮޅަށް ހަނގުރާމަކޮށްގެންވެސް ޒަކާތް ހޯދުން އޮތީ.

  2. އިބްރާހީމް

    ނަގާ ކޮންމެ ޓެކްސް އަކީ އާންމު ރައްޔިތުމީހާ ދައްކާ އެއްޗެއް މުއްސަންދި ވިޔަފާރިވެރިޔާ ކުރާކަަމަކީ މީރާއަށް އެ ހަވާލުކުރުން، ކަން މިހެން އޮތުމާއިއެކު އާމްދަނީއިން ނަގާ ޓެކްސްވެސް ދައްކާނީ ޢާންމު ރައްޔިތުމީހާ، އެކަމަކުވެސް ޓެކްސް ދައްކަންޖެހޭކަމަށްބުނެ ޚިދުމަތުގެ އަގު ބޮޑުކުރާނެ، ހުރިހާ ބުރައެއް ޢާންމުންނަށް!

    59
    1
  3. ފަޑިޔާރު

    ޢައްނި ބަހައްޓާފާހުރި އެއްޗެ ބާ ނަގަން މާހިފާފާ މިއުޅެނީ. ތިޔައީ ހަމަ ތިހެން ބުނެލާފާ ބިލެއް ފާސްކޮށްގެން ކޮއްލައިގެން ފަށަން އެހާ ސިންޕަލް ކަމެއްބާ.

    43
    2
  4. .....

    ނުދޭނަން....މިއުޅެނީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިގެންް...
    އަދިވެސް ތިބަލަނީ އަހަރެމެން ފެލޭތޯތަ...ބޭރުގެ އެހީ ތަކާ ރާއްޖޭގެ ކަންކަމުން ލިބޭ ފައިސާ އިން ވާވަރެއްކުރޭ...ނުވަންޏާ ގެއަށްދޭ...

    56
    1
  5. ސައިނީ

    ރާއްޖޭގައި ހިގާ ދެސަރުކާރު ދޯ ހެހެެހހެހެެ

    18
  6. ސައިނީ

    މިހާރު ރާއްޖޭގައި ހިގާ ދެސަރުކާރުގެ ބާނީ

    19
  7. އިއްބެ ހއ

    އެނޫން ގޮތަކަށް ހިންގާކަށް ނޭނގޭނެވިއްޔަ. ފުރަތަމަ އައިސް ނުނިދާ ހުރެ ނެގީ ޖީ. އެސް. ޓީ. ދެން ތިއުޅެނީ ނަގަން އަމާ ފައްޓަރުބައި. ހުންނަ ނުބައިކަން ދެކެބަލަ. އެއްވެސް ކަމެއް ކުރާކަށް ނޭނގޭ. ކޮން ވެރިިކަމެއް ކުރެވޭނީ.

    25
    1
  8. ޕައްލަންބެ

    ރައްޔިތުން ބާރައް އަތްޖަހާ މިފަހަރު އޮންނަ ލޯކަލް ކައުންސިލްގެ ހުރިހާ ގޮނޑި ތައްވެސް މިޔަހޫދީން ނައް އަވަހައްދީ.

    24
  9. ޑޮން

    ނަގަންވާނީ ހަމަ. ޓެކްސް ނުނަގާ ތަރައްގީ ބޭނުންނުވާތީ އަހަރެމެން ވޯޓުދިނީ ޓެކްސް ނަގައިގެން ޚިޔާލީ ތަރައްގީ. ދެން އަތްޖަހާ...

    21
  10. ހެހެހެ

    މޮޔަ ނުގޮވަ ހުރޭ.

    16
  11. ޚިޔާ

    އަދިވެސް މިބައި މީހުންނަށް ރައްޔިތުން ފެލޭވަރު ކުޑައީތަ. ރައްޔިތުން ފެލާފަ ސިޔާސީ މަގާމުތަށް އިތުރުކުރޭ.

    18
    1
  12. ޢަދުރޭ

    މަލައްވާ ޙަޔާތް ގޮއްވަން ނޫޅޭ އިނގޭ.
    ތި އަނގައިން ކޮންމެ އެއްޗެއް ބޭރުވިއަސް .އާދެ ! ޢާދެ ! ކިޔަކިޔަ ތިބޭނެ ކަމަށް ތޯ ތި ހީކުރައްވަނީ ؟ މާދަމާ އަރާފަ. ޢެނބުރި މިއައީ ރައްޔިތުން ހޯޖާ ކުރަންށޭ. ރަޖަމް ކުރަންށޭ ވިދާޅުވިޔަސް. ހަމަ ރައްޔިތުން އާދެ އާދެ ކިޔަ ކިޔަ ؟ މީ މަންމަ ހަނދާންވެފަ ތިބި ދޮޅުރޯނާ ބައެއްތޯ ދިވެހިން މީ ؟ ނިކަމެތި ރައްޔިތުން ގުދު ބިނދެންދެން މަސައްކަތް ކޮއްގެން ހޯދާ ފައިސާ ރައްޔިތުންގެ މަޖުލިސް މެންބަރުންނަށް އިނާޔަތް ތަކާ މުސާރަ ދޭން އަދި 5 އަހަރުގެ ދައުރެއް ހަމަ ކޮށްފިއްޔާ މުޅި ޢުމުރަށް ޕެންޝަންދޭން މި ދޭންޖެހެނީ ! ރައްޔިތުންނަށް ފައިސާ ވަންނާނެ މަގެއް ނުދައްކާ އޮޅުވާލުމާ މަކަރުން މިހާރު އަތުގަ ހުރި އެއްޗަކުންވެސް ދިޔަ ފެލަން ނޫންތޯ ތިޔަ އުޅުއްވަނީ އިބިލީސް

  13. .....

    ގައުމު ހިންގާނީ ގައުމުގެ ހަރުމުދަލުން ހޯދާ އެއްޗަކުން...
    ނުލިބެއްޏާ ނުފޯރާފޮތިން ފޫގަޅަން ނޫޅޭނީ...މިގައުމުގެ ބައިތުލްމާލަށް ވަދޭ މިގައުމުގެ އެންމެނަށް އަސާސީ ހިދުމަތްތަށް ހިލޭ ފޯރުކޮށްދީ ގައުމު ހިންގޭ ވަރަށް ފައިސާ...ނުވެގެން އުޅެނީ ޖީބަށް ލާން ނުލިބިދާނެތީ....
    މީހަގީގަތަކީ މައުމޫނުވެސް ޔާމީންވެސް އެމް ޑީ ޕީ އިންވެސް....
    ދިވެހި ރައްޔިތުންގެ މެޖޯރިޓީ ބޭނުންވަނީ އިސްލާމީ ވެރިކަމަކާ އިސްލާމީ ޝަރީއަތް....މީ ދޮގެއްތޯ ބަލަން ވޯޓެއްނަގާބަލަ....ނުކެރޭނެ ނަގާކަށްވެސް....

  14. ސަންތިމަރިޔަބު

    އެއްއުރައެއްގާއި ދެ ކަނޑި އަކަށް ނޯވެވޭނެ މިހާރު މިވާގޮތުން އެއްއުރަ އަކަށް ދެކަނޑި ލާންއުޅުމުން އުރަފަޅާއި ގެންދާން ތިއުޅެނީ ފިސާރި އަވަހަށް ކުޅިމަޖާފެންނާނެ.

  15. މޮޔަ ސޮރު

    ޢެބުރިއަންނާނަން މީ ވަރުގަދަ ސްލޮގަންއަކށް ވެގެން އުޅެނީ އެބުރިއައިސް ކުރާކަށް އިތުރުކަމެއް ނެތް. ޜާއްޖޭގެ ޓުއަރިޒަމް ނައްތާލުން ނުންކަމެއް ނުވާނެ. ކޮންމެ ޓެކްސް އެއް ނެގިއަސް ނެގޭނީ ޓުއަރިޒަމް އިންޑަސްޓްރީއިން. ޓުއަރިޒަމް މިހާރުވެސް ނަގާ ޓެކްސްތަކުން އެއިނޑަސްޓްރީގެ ސަބަބުން ކުރިއަރާނެ އެހެން ވިޔަފާރި ހީނަރުވެ އިކޮނޮމީ ވެެއްޓި ތެޅޭހިސާބުގާ މިހާރުވެސް އޮތީ

  16. ބުރޯ

    ބަލަގަ ފިޔާތޮށި ބައިގަނޑަކަށް ނޫން ގޮތްވާނީކީ އިންކަމް ޓެކްސް ނަގަން ފެށީމަ ގައުމުގެ ފަރުދުން ފަގީރުވެގެން ދާނެ. ލިޮބޭ އާމްދަނީން ބޮޑު އެއްޗެއް ދަވްލަތަށް ދައްކަންޖެހޭނެ އެގޮތުން ދަވްލަތަށް ދައްކާ އެއްޗެއް މިމީހުން ކައިހުސްކޮށް ގައުމުގެތަރައްގީ އަށް އެއްޗެއް ނެތުނީމަ ރައްޔިތުން ބަނޑަށް ނުޖެހިދާނެތަ ؟ މިހާރުވެސް މިއުޅެނީ 32 ބިލިއަން ބަޖެޓެއް ފާސްކުރީމަ އެ ހުސްވި އިރު ތަރައްގީއަށް ކުރިކަމެއް ފެންނަން ނެތިގެންދޯ ،32 ބިލިއަން ގައުމުގެ ސާކިއުލޭސަންގާ ނޭބުރޭތީ ވިޔަފާރި ދަށްވެ ފިހާރަތަކުގެ ސޭލްސް ދަށްވެ ފިހާރަތައް އުލެނީ ނުހިފެހެއްޓިގެން. މިމީހުން އިންޑިޔާ އިން 1.4 ބިލިއަން ލޯނުނެގިވާހަކަ ވެސް ކިޔާ އެއްށް ވީގޮތެއްވެސް ނޭގޭ .ލަފާކުރެވެނީ ދަވްލަތުގެ ބަޖެޓޫން މިމީހުންގެ ލޯންއަދާކުރުމަށް ހެދި އެގްރީމެންޓެއްކަމަށް އެ އެގްރީމެންޓާއެކު މިމީހުން ނެގި ދަރަނި ހަލާސްވީ ވީމާ އެލޯނުން ރާއްޖޭގެ ރައްޔިތުންނަށް ކުރާނެ މަންފާއެއް ނޯންނާނެ ދޯ. ރައްޔިތުންނަށް ހިތި ފެނިގެން ނުގޮސް ދާނެހެން ހީނުވޭ.

  17. ލަބީ

    ރަށްޔިތުންނަށް ތަނަވަސް ކަމެއް ގެނެސް އޭގެ އެންމެ ފުރިހަމަ ރަހަ ބަލާލަންވީ ވަގުތު ރަށްޔިތުން މިންވަރަށް އީމާންވުމުގެ ބަދަލުގައި މޮޅުގޮތް ހޯދަން ލިބިފައިވާ ނިއުމަތްތަކުގައި އަމިއްލައަށް ކޮޅުފައިން ޖެހުމުގެ ސަބަބުން އެޅުނު ވެލި، ކާން މި ފަސްއަހަރުގައި ނުޖެހި ނުދާނެ.