މާލެގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހ.ޓެންސްޓާގައި ކަމަށާއި އެތަނުގައި ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި މި އަލިފާނުގެ ހާދިސާ ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 11:11 ގައި ކަމަށްވެސް އެމްއެންޑިއެފުން މައުލޫމާތު ދެއްވައެވެ.

އަލިފާން ރޯވި ގެ ހުރި ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ
އަލިފާން ރޯވި ގެ ހުރި ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ

ހެންވޭރު ސޯސަންމަގުގައި ހުންނަ މި ގޭގައި ރޯވި އަލިފާނުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ހެންވޭރު ޓެން ސްޓަރ ގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ރޯވެފައިވަނީ އެގޭގެ ޓެރެސްގައި ހަދާފައި ހުރި ކުޑަ ގެއެއްގައި ކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާރ ވިދާޅުވިއެވެ.

އަލިފާން ރޯވި ގެ ހުރި ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ
އަލިފާން ރޯވި ގެ ހުރި ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ

އޭނާ ވިދާޅުވީ 11:35 ހާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފތނ

    ޢަލިފާން ރަޯވީ ޖެހިގެން ހުރި އިމާރާތުގަ ސަލާމަތި އެއްވެސް ކަމެއް ނުކޮށް ވެލްޑިން ކޮށްގެން އެގޭ މައްޗަށް އަލިފަން ފައިބައިގެން

    6
    2
    • އެގޭމީހާ

      ވެލްޑިން ކުރީ އެހާ ކަންތައް ފަލަ ކުރާ މީހެއް