އައްޑޫގެ ތަރައްގީގެ މައްޝްރޫތައް ފެށުން އަނެއްކާވެސް ފަސް ކޮށްފިއެވެ.

އައްޑޫގެ ވިޔަފާރުވެރިންނާއި އެކު ރޭ ކައުންސިލް އިދާރާގެ ހޯލުގައި ބޭއްވި ބައްދަލުވުމުގައި އިކޮނޮނިޗ މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ކުރިން މިދިޔަ ނޮވެންބަރު މަހު ފަށަން އޮތް އައްޑޫގެ ތަރައްޤީއަށް މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ އަމަލީ މަސައްކަތް އަންނަ މާޗު މަހުގެ ތެރޭގައި ފެށޭވަރުވާނެކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ވިޔަފާރިވެރިންވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ގުޅުން ހުރި ކަންބޮޑުވުންތައް މިނިސްޓަރާއި ހިއްސާކޮށްފައެވެ.

"ސަރުކާރުން އައްްޑޫއަށް ވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ސަރުކާރުން މިދަނީ ކުރަމުން, އައްޑޫ ތަރައްޤީ ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ނަގާ ލޯނު މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދޭ" އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މަޖްލިސް އިންތިހާބާއި ދިމާކޮށް އައްޑޫއަށް 300 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓު ހިންގާނެކަމަށް ބުނި ޕްރޮޖެކްޓު އޮތީ ހަމަޖެހިފައި ކަމަށާއި ފައްޔާޒު ވިދާޅުވީ އައްޑޫގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދަނީ އައްޑޫގެ ސިޔާސީ އިސް ފަރާތްތަކުގެ ޕްރިއޮރިޓީ ލިސްޓަށް ބަލައިގެން ކަމަށެވެ.

"ވަރަށް އަވަހަށް މަސައްކަތުގެ ކޮންސަލްޓެންޓަކު ނެގުމަށް އެގްޒިމް ބޭންކުން އިއުލާން ކުރާނެއަދި ކޮންސަލްޓެންޓަކު ލިބުމާއި އެކު މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އެ 300 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓު އޮތީ ހަމަޖެހިފައި، ސާފުކޮށް މި ދަންނަވަނީ މިކަން އަޅުގަނޑަށް ނުވެއްޖިއްޔާ އަޅުގަނޑު އަޅުގަނޑު މަރުވަންދެންވެސް ނުފެންނާނެ އެޔަގީންކަން ދެން" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެލިސްޓުން ދެން ކުރިއަށްދާނީ މަގު ހެދުން ކަމަށާއި މަގު ހެދުމާއި އެކު އައްޑޫގެ ބިން ހިއްކަން ހަމަޖެހިފައިވާ ތަންތަން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.

"ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 25 މެގަ ވޯޓު ކަރަންޓު ދިނުމަށް އައްޑޫގެ މިހާރު އޮތް ގްރިޑު ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސްތެރޭ ފެށިގެންދާނެ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެސްއެމްއީ ބޭންކު މެދުވެރިކޮށް މަގު ހަދައި ބިން ހިއްކުމުން ފަތުރުވެރިކަމަށް ހާއްސަކޮށްގެން 80 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސާދޭނެކަމަށެެވެ.

"ރައްޔިތުންގެ ކަންބޮޑުވުން ހުރިކަން އެނގޭ ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ސްޕީޑާއި މެދު ހިތްހަމަޖެހޭ އަޅުގަނޑުމެން ވައުދުވެފައިވާނީ އަޅުގަނޑުމެންގެ ވެރިކަމުގެ ފަސް އަހަރު ތަރޭގައި މިކަންކަން ކުރަން 5 މަަހުން ކަންކަން ކުރާގޮތަކަށް ނޫން ކަންކަން ރޭވިގެން މިދަނީ" ފައްޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނު

    ރަނގަޅު އައްޑޫގަ އުޅޭނީ ރީނދޫ ހުން ޖެހިފަ ތިބި ބީތާ މަރުމޯލު ގުނބޯ ތަކެއް އަންނިއޭ އެކިޔާ ލާދީނީ ކަލޭގެއަށް ސަނާ ކިޔާ ބައެއް ގުނބޯ ހައްދާފަ ބަހައްޓާ

    18
  2. ހެއްޔާ

    އައްޑޫ ގޫބައްޑާއިންނަށް ރަނގަޅަށް ރާކަނިމަސް ކެވޭނެ އަދި އެހެން އަތޮޅުތަކުތަކަށްވެސް. ބަލަ ނެތް އެއްޗެއް ދޭނީ ކިހިނެއް. 32 ބިލޔަން ރުފިޔާގެ ބަޖެޓް 2 ދުވަސްތެރޭ މަޅާލީ، ހިލޭ އެހީތަށް ވެސް މަޅާލީ ، ރަސްމީ ރިޒާވް ވެސް މަޅާލީ، އެނެމެ 100 ދުވަސް ތެރޭ ކުރިކަންތަށް . އެހެންވެޔޭ މިބުނަނީ ދިވެހިންގެ ކުލަޔެލޯ އަކީ ހޮކިމޯލުންނޭ..