ގްލޯބަލް އޭވިއޭޝަން ކޯޕަރޭޝަން ސިމްޕޯޒިއަމްގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ބައިވެރިވެވަޑައި ގެންފިއެވެ.

ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ހިންގުމުގައި މަސައްކަތް ކުރަން ޖެހޭ އޮނިގަނޑު އަދި އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ ޝިއާރުގައި ކުރިއަށް ގެންދިޔަ ސިމްޕޯޒިއަމް ކުރިއަށް ގެންގޮސްފައިވަނީ މިިދިޔަ މަހު 21 އިން 25 އަށް ތައިލޭންޑްގެ ޕުކެޓްގައެވެ.

މި ސިމްޕޯޒިއަމްގައިވަނީ ސިވިލް އޭވިއޭޝަނާ ގުޅުން ހުރި ގިނަ މަޝްވަރާތަކެއް ކޮށްފައެވެ. މި މަޝްވަރާ ކުރެއްވުމުގައި މިނިސްޓަރ ނަހުލާ ވަނީ ރާއްޖޭގެ ސިވިލް އޭވިއޭޝަން ދާއިރާ މިވަގުތު އޮތް ހާލަތާއި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

މިނިސްޓަރ ނަހުލާ ވަނީ މިހަފްލާގައި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން ރައީސްއާއި އެކި ގައުމުތަކުގެ އޭވިއޭޝަން ދާއިރާގެ އިސް ފަރާތްތަކާ ވެސް ބައްދަލުކުރައްވާފައެވެ.