ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި އެގައުމަށް ޒިޔާރަތްކުރާ ދިވެހިންނަށް ވިސާ ލިބުމުގައި ދިމާވާ ދަތިތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވިދާޅުވީ ދިވެހިންނަށް ވިސާ ހޯދުމުގައި ވީހާވެސް ފަސޭހަ ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ވިދާޅުވެފައިވާ ކަމަށެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ އެގައުމަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެ ގައުމުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ވިސާ ހޯދުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވަނިކޮށެވެ.

ކުރިން އޮތް ގޮތުންނަމަ ޓޫރިސްޓު ވިސާގައި އެ ގައުމަށް އެތެރެވުމަށްފަހު އެ ގައުމުގެ ރެސިޑެންސް ވިސާ ނެގޭނެއެވެ. ނަމަވެސް ފަހުން އުސޫލަށް ގެނައި ބަދަލާއެކު ލަންކާގެ ރެސިޑެންސް ވިސާ ލިބޭނީ ލަންކާއަށް އެތެރެވުމުގެ ކުރިން އެ ގައުމެއްގައި ހުންނަ ލަންކާ އެމްބަސީންނެވެ.

ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީއަށާއި ބޭސްފަރުވާއަށް ދާ ގައުމެކެވެ. ވިސާ ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ގިނަ ދިވެހިންވަނީ އެގައުމަށް ދިއުން މަދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހިޔާލު

    ނުކުރާނެ އެއްވެސް ފަސޭހައެއް. ލަންކާގެ އިމިގްރޭޝަންއިން ދިވެހިންނަށް އުދަގޫކުރާތާ 4 ވަރަކަށް އަހަރު ވެއްޖެ. މިހާރު ހައްދުން ނައްޓާފަ އޮތީ އުދަނގޫ ކުރުމުގައި. ލަންކާއަށް ދާމީހުންގެ އަތުން އެމީހުން ލަގެޖްގެ ތެރޭގައި ގެންދާ ބައެއްތަކެތިވެސް އަތުލާ. ބޮންގޮވީމަ ގޮސް ދިވެހިން ޖޫރިމަނާ ކުރީ. އެތާނގަ ހުންނަ ސިނގިރެޓް ނޫން އެހެން ސިނގިރެޓެއް އަތުގަ އޮތީމަ ކަމަށްބުނެ. ދިވެހިން ދެން ރަނގަޅުވާނީ ލަންކާ ދޫކޮށް އައުން. އަދި ރާއްޖޭގައި ތިބި ލަންކާގެ ނޮން ޕްރޮފެޝަނަލް މަސައްކަތު މީހުންތައް އަނބުރާ ފޮނުވާލުން. ސަބަބަކީ ވިސާ އާކުރުމަށް ދިވެހިން ލަންކާ އިމިގްރޭޝަނަށް ދިއުމުން ކޮންޓްރޯލަރ އެބަ އަންގާ ދިވެހިން ދިވެހިންގެ ގައުމުގައި ގޮސް އުޅޭށޭ. ސްކޫލްތަކާއި ހޮސްޕިޓަލްތައްވެސް ހުންނާނެޔޭ ރާއްޖޭގައި. އެތަން ތަނައް ދާށޭ. މީގެ އިތުރުންވެސް މެޑިކަލްވިސާގަ ތިބޭމީހުންނަށްވިސާ ނުދީ ލެޓަރ ދީފަ ފުރުވާލާފަ އެބަހުރި. އޭގެ ލެޓަރވެސް ހެއްކަކަށް އެބަހުރި. އެހެންވީމަ ލަންކާ މީހުންވެސް ލަންކާގަ ވަޒީފާ އަދާ ކުރަން ފޮނުވާލާ.

    • ތަންބީ

      ތެދު ވާހަކައެއް. ލަންގައި ދިރިއުޅުން ގިނަ ދިވެހިންނަށް ވޭނަކަށް މިހާރު ވެއްޖެ. ހީވަނީ ދިވެހިންނާ ޖައްސާލާފަ ތިބޭހެން. ވަކިތަނެއް ވަކި ބައެއް ނޫން. އެންމެން..!

  2. ސަޓޯ

    ބާގީ ލުތުފީއަށް ފަސޭހަވާނީ...

  3. ފެންނަގޮތް

    ބޮޑު ދުފާ އެތި ބޮނޑިއަކަށް ވާނީ

  4. މުބީނު މާރނީ

    އެމްބެސެޑަރ އުމަރު ގެ ބައްޕަ އަކީ ހަތަރު ކަށިމަތި ލަންކާ މީހެއް. މިފަދަ މީހަކު ދިވެއްސަކަށް ކަމެއް ކޮށްދޭނެ ކަމަކަށް 100 އަކުން 2 މީހުން ވެސް ގަބޫލެއް ނުކުރާނެ. މިއީ އިމިގްރޭޝަނުންނާއި ލަންކާމީހުން ވެސް ދިވެހިންނަށް އިހާނާތް ތެރިކޮށް ހަދާ ކަމަކީ. އެމީހުން ނަށް އިނގޭ އެއްފަޅި ލަންކާ މީހެއް ކަން ރާއްޖޭގެ އެމްބެސެޑަރ އަކީ.