ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ރާއްޖު ދޫކުރައްވާ އިންޑިއާއަށް ވަޑައިގަންނަން އުޅުއްވަނިކޮށް، ޓަމިލް ނާޑޫގެ ތޫތުކުޑީ ޕޯޓުން އޭނާ ހިފެހައްޓާ، އަނބުރާ ރާއްޖެ ފޮނުވާލާފައިވާއިރު، އެކަމުގައި އެތައް ބައެއްގެ އިހުމާލުވާނަކަށް ފުލުހުންވެސް ވަނީ ބުނެފައެވެ. ޕާސްޕޯޓްވެސް ހިފަހައްޓާފައި ވަނިކޮށް، އަދީބު ރާއްޖެއިން ބޭރުވެގެންދިޔައިރު، އޭނާ ދިޔައީ ވާގޯ 9 ޓަގް ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައެވެ.

އަދީބު ފިލައިގެން ދިޔައީ ފުލުހުން މައްސަލަތަކެއްގައި ސުވާލު ކުރަމުން ދަނިކޮށެވެެ. އެހެން ނަމަވެސް ފުލުހުންނަށް އަދީބު ދިޔަކަން އެނގުނީ އިންޑިއާއިން ހިފެހެއްޓުމުންނެވެ. އެ ކަންތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގެ އިތުރުން، އެއްވެސް މައުލޫމާތެއް އިއްޔެވެސް ނޫސްވެރިންނަށް ދީފައެއް ނުވެއެވެ. ނޫސްވެރިން ހަބަރު ފަތުރަމުންދިޔައީ އިންޑިއާގެ ފުލުހުންނާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް އަދި އަދީބުގެ ލޯޔަރުންގެ ޓީމުގެ ބަހަށް ބިނާކޮށެެވެ.

މީޑިއާއަށް މައުލޫމާތި ދިނުމަށް ފުލުހުން ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި “ސަންގު ޓީވީ”ގެ ނޫސްވެރިޔަކު އަދީބުގެ މައްސަލައާ ގުޅިގެން ސުވާލު ކުރުމުން ފުލުހުން ވަނީ މައުލޫމާތު ދޭން އިންކާރު ކޮށްފައެވެ.

“އަދީބު ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ރިޕޯޓްތައް ލިބޭތީވެ އެއީ ތެދެއްތޯ” ސަންގު ޓީވީގެ ނޫސްވެރިޔަކު ސުވާލުކުރުމުން ފުލުހުން ވިދާޅުވީ، އެ މައްސަލައިގައި ފުލުހުން ހާމަކުރަން ބޭނުންވާ މަޢުލޫމާތު ނޫސްބަޔާނަކުން ހާމަކޮށްފައިވާ ކަމަށެވެ.

“ހ.ސާމަރާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ފިލައިގެން ގޮސްފައިވާ މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިވަގުތައް ހާމަކުރާ މަޢުލޫމާތު ޕްރެސް ރިލީސް ނަންބަރު PMC/2019/11 މެދުވެރިކޮށް ވަނީ ހާމަކޮށްފައި.” ފުލުހުން ވިދާޅުވިއެވެ.

ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ފުލުހުން ވިދާޅުވީ، އިތުރު މަޢުލޫމާތު ހާމަކުރަން ފެނިއްޖެ ހިނދެއްގައި އިސްވެ މަޢުލޫމާތު ހާމަކުރާނީ ފުލުހުން ކަމަށެވެ.

“އިތުރު މަޢުލޫމާތު ހާމަކުރަން ފުލުހުންނަށް ފެނިއްޖެނަމަ، ފުލުހުން އިސްވެ އެ މަޢުލޫމާތު ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަން.” ފުލުހުން ވިދާޅުވިއެވެ.

މިފަދަ މޭރުމަކުން ފުލުހުން މީޑިއާއާ މުހާތަބު ކޮށްފައިވާއިރު، މީގެ ކުރިންވެސް ބައެއް ފަހަރު އެފަދަ މަންޒަރުތައް ވަނީ ފެނިފައެވެ. އެހެން ނަމަވެސް ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަން ކަމަށް ރިއާޔަތްކޮށް، އެއްވެސް މީޑިއާއަކުން ހޯދަމުން ބޭނުންވާ މައުލޫމާތެއް ނުދީ، ފުލުހުން ހަރުކަށިކޮށް ޖަވާބުދާރީވުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޢަލީ

  ހުރިހާކަމެއް ހާމަވާއިރު ޅިޔަންހަމީދުގެ އަތެއްވާނެ އެނގިގެން ނޫނީ އަންގާފަ އަދީބުދިޔަކަމަށްވާނީ ތެދުހަދާ އެކަކު ނޫޅޭނެތިޔާ މިވެރިކަމުގަ

  162
  7
 2. މޯދީީ

  އަތަށްގޮވާފަ މިތިބީ ދިވެހިންގެ ތެރެއިން ވޯޓްދިންބައެއް! އަދި އެލެކްޝަން ޝަރީފް!

  165
  10
 3. ޢަދުރޭ

  މި ކޯއްޗެއް މި ހަދަނީ . ޙަމަ އުންބެ ސަލީމް މެން ޒަމާނަށެއްނު އެނބުރި މިދިއައީ . ގަޑީގެ ބަރުންނާ ގަލަމުގެ ތުނޑުން ހެކިދޭތީ. އެހެންނަމަވެސް އޭ ކިޔާފަ އެ މީހުން ބޭނުންވާ ގޮތަށް އޭރުވެސް މިހާރުވެސް ކަން މި ހިނގަނީ

  46
  1
 4. ދޮންބެ

  ގައުމީ ސަލާމަތާ ގުޅޭ ބޮޑެތި މައްސަލަތަކާ ބެހޭ މައުލޫމާތު އާންމުންނާ ހަމަޔަށް މި އަންނަނީ ކަމާނުބެހޭ ކޮންމެވެސް މީހެއްގެ ފަރާތުން. ބާޣީލުތުފީ ލަންކާ އެމްބަސީގައި ގެންގުޅޭ މައުލޫމާތާއި، ފިހާރަ ފިހާރައިގައި ބަނގުއާވި ހުރި ބުއިމެއް ވިއްކާ މައުލޫމާތު ލިބުނީ އުމަރު ނަސީރުގެ ފަރާތުން، އަދީބު ފިލައިގެން އިންޑިޔާއަށް އެތެރެވާން އުޅުން މައުލޫމާތުވެސް މިލިބުނީ އުމަރު ނަސީރާހަމައަށް ދިއުމުގެ ކުރިން ޓަގު ބޯޓުގައި ހުރި އިންޑިޔާ ފަޅުވެރިއެއްގެ ފަރާތުން. ސަރުކާރު ފެއިލްވެފަ އެހެންނޫންތޯ؟

  62
  3
 5. ބުރުގާ

  ދެން ސީޕީ ހަމީދު މޮޅެތި ފިލުމު ކުޅެފަ، ފިލުމު ފްލޮޕްވެ އަތައް ގޮވީމަ ނޫސްވެރިންދެކެ ނައްޓާނެކަމެއް ނެތް.

  66
 6. ތަހުތު

  ހީވާގޮތުގާސަރުކާރުންއިސްބަޔަކުރާވައިގެންއެސޮރައްދިންލަޑެއްތީ ވަރައްވާހަކަމީ

  60
  1
 7. ރަނޭ

  އެމް.ސީ ހަމީދު ބޭރުކުރޭ... ތަނުގެ އަގުނުހިފެހެއްޓޭނެ އާއިލީ މީހުން ވީމަ... ފުލުހުން، ސްޕުރީމް ކޯޓު، މައި ސަރުކާރު ހަމަ ބޮޑުތަނުން ފޭލްވާތަން މި ފެންނަނީ... ލުތުފީ އާއިލާ މީހަކަށްވީމަ.... ބުރޯ ވެރިކަމަށް އައުމަށް ފަންޑުކުރީމަ... އާއިލީ މީހުނާއި ރައްޓެހިން އަދި ފައިސާވެރިންނަށް ފޭވަރ ކޮށދީފައި ހަންނަގާފަ... މިވަރުގެ ވެރިކަމެއް ދުނިޔޭގެ ތާރީހުގަވެސް ބަޔަކު މިރާއްޖޭން ފެނީ ނަސީދު ބޮއެގެން ކުރި 3 އަހަރުގެ ކުރު ނަސްރާނީ ވެރިކަން... މިހާރުވެސް މިދަނީ އޭނާބޫނާގޮތަށް

  24
  1
 8. ސުދޭ

  މިސޮރު ނިކަންރަނގަޅަށް ބަލާތި ޖަލުގައިނދެގެން ބިންގަރާސް ކޮނެގެން ނޫނީ ފާޚާނާ ހޮޅިންވެސް ނިކުމެ ސަބްމެރީނެއްގައި ނައްޓާލަފާނެ، އެސޮރު މައިތިރި ނުކުރެވިގެން މިއުޅެނީ އެސޮރު ކޯންޗެއް ކާންދީގެންތަ

  38
 9. ޅިޔަނު

  ކޮންމެ ގޮތެއްވިޔަސް ޙަމީދެއްކަމު އަދީބު ފޮރުވައިގެންނުވާނެ! ގެއެއްގެތެރޭ މަސްތުވާތަކެތި ބޭނުންކޮށްގެން އުޅުނު ބަޔަކު ހިފަހައްޓަންދިޔަ ފުލުހުންތަކަކަށް ހުކުންއިއްވީ މިކަލޭގެ މަގުމަތީހުރެވައި ނަމަވެސް އަދީބުގެ ކަންކަމަށް ބަހެއްނުބުނެވެންވީ ސަބަބެއް ރައްޔިތުންނަކަށް ނޭގުން، ރައްޔިތުންނަށް ތެދުޚަބަރެއްދޭ ބަޔަކީ ނޫސްވެރިން ޅިޔަންބެ ވެރިކަމ ބައްދަބައްދާ އޮވޭ

  19
 10. ރަނޭ

  ފުލުހުން، ސްޕުރީމް ކޯޓު، މައި ސަރުކާރު ހަމަ ބޮޑުތަނުން ފޭލްވާތަން މި ފެންނަނީ... ލުތުފީ އާއިލާ މީހަކަށްވީމަ.... ބުރޯ ވެރިކަމަށް އައުމަށް ފަންޑުކުރީމަ... އާއިލީ މީހުނާއި ރައްޓެހިން އަދި ފައިސާވެރިންނަށް ފޭވަރ ކޮށދީފައި އާންމު ރައްޔިތުމީހާ ގޮޅީގައި ގުދަށް ބުރިން ހަންނަގާފަ... މިވަރުގެ ވެރިކަމެއް ދުނިޔޭގެ ތާރީހުގަވެސް ބަޔަކު މިރާއްޖޭން ފެނީ ނަސީދު ބޮއެގެން ކުރި 3 އަހަރުގެ ކުރު ނަސްރާނީ ވެރިކަން... މިހާރުވެސް މިދަނީ އޭނާބޫނާގޮތަށް

  12
 11. ީނis}ބުން

  ފުލުހުންގެ ރުޅިގަނޑެއް މިހަބަރަކުން ނުފެނުނު

  5
  9
 12. ދިވެހި ފޭރާން

  ނުޖެހޭނެ ބޭނުންހާ ސުވާލެއް ކުރީމަ ޖަވާބުދޭކައް!! އޮޅިގެން ތިޔައުޅުއްވަވަނީ

  4
  13
 13. ބެއްޔާ

  ޙަމަ ހަގީގަތގަވެސް ފުލުހުން މިގައުމުގަ ސިޔާސީ ޑުރާމާ ކުޅޭހާހިނދަކު މިގައުމު ރަނގަޅެތް ނުވާނީ ސީޕީ އަކަށް ބަހަށްޓަންވީ ރައީތުން ވޯޓަކުން ހޮވާމީހެތް ސީޕީއަކަށް ހުންނަމީހާ ޕާޓީ ހިންގަންވޭއްޖާ ދެންވާނެގޮތް މިފެންނަނީ

  19
 14. ީލޮލޮލޮ

  ގައުމީ ސަލާމަތާ ގުޅޭ ބޮޑެތި މައްސަލަތަކާ ބެހޭ މައުލޫމާތު އާންމުންނާ ހަމަޔަށް މި އަންނަނީ ކަމާނުބެހޭ ކޮންމެވެސް މީހެއްގެ ފަރާތުން. ބާޣީލުތުފީ ލަންކާ އެމްބަސީގައި ގެންގުޅޭ މައުލޫމާތާއި، ފިހާރަ ފިހާރައިގައި ބަނގުއާވި ހުރި ބުއިމެއް ވިއްކާ މައުލޫމާތު ލިބުނީ އުމަރު ނަސީރުގެ ފަރާތުން، އަދީބު ފިލައިގެން އިންޑިޔާއަށް އެތެރެވާން އުޅުން މައުލޫމާތުވެސް މިލިބުނީ އުމަރު ނަސީރާހަމައަށް ދިއުމުގެ ކުރިން ޓަގު ބޯޓުގައި ހުރި އިންޑިޔާ ފަޅުވެރިއެއްގެ ފަރާތުން. ސަރުކާރު ފެއިލްވެފަ އެހެންނޫންތޯ؟

  10
 15. ހީރޯ

  މިވެސް ޚަބަރެއް ؟

  4
  7
 16. ރާއްޖެ

  ދެން ނޫސްވެރިންވްސް ހީވާނީ މޮޔަވެގެންއުލޭހެން