ލަވަޔާއި މިއުޒިކާއެކު ޅ.ހިންނަވަރުގައި މިއަހަރުގެ ބޮޑު އީދު ފާހަގަ ކުރަން ހޯމް މިނިސްޓްރީން ނިންމަވައިފިއެވެ.

ޅ. ހިންނަވަރުގައި ލަވަޔާއި މިއުޒިކާއެކު މިއަހަރުގެ ބޮޑު އީދު ފާހަގަ ކުރަން ހޯމް މިނިސްޓްރީން ނިންމެވިއިރު އެރަށަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.

ހިންނަވަރު ކައުންސިލާ ގުޅިގެން އެރަށުގައި އީދުގެ ހަރަކާތްތައް މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާނީ މި އޮގަސްޓްމަހުގެ 11 އަދި 12 ވަނަ ދުވަހުއެވެ.

ހިންނަވަރުގައި އީދުގެ ހަރަކާތްތައް ކުރިއަށްގެންދާނީ ސަގާފީ ކުޅިވަރުތަކާއި، ސްޓޭޖް ހަރަކާތްތައްވެސް ހިމެނޭގޮތަށެވެ. ހިންނަވަރުގައި އީދު ފާހަގަކުރުމަށް އެރަށުގެ ރައްޔިތުން މިހާރުވެސް ގެންދަނީ ތައްޔާރުވަމުންނެވެ. އޭގެތެރޭގައި ދަނޑިޖެހުމާއި، ބަނޑިޔާޖެހުންފަދަ ކުޅިވަރުތައް ހިމެނެއެވެ.

އީދު ފާހަގަކުރާ ރަށަކަށް ހިންނަވަރު ހަމަޖެއްސީ ހޯމް މިނިސްޓްރީއާއި ގުޅިގެން އީދުފާހަގަކުރަން ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް އެދި ކައުންސިލްތަކަށް ފޮނުވި ސަރކިއުލައާ ގުޅިގެން ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށައެޅި ރަށަކީ ހިންނަވަރު ކަމަށްވާތީކަށް އެ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ހޯމް މިނިސްޓްރީއާ ގުޅިގެން އީދު ފާހަގަކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ހަ ރަށަކުން ވަނީ ޕްރޮޕޯސަލް ހުށައަޅާފައެވެ.

ހިންނަވަރުގައި އީދު ފާހަގަކުރަން ނިންމުމުގެ ކުރިން މިނިސްޓްރީގެ ޓީމެއް ވަނީ އެރަށަށް ޒިޔާރަތްކޮށް މުއައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކޮށް މައުލޫމާތު އޮޅުންފިިލުވާފައެވެ.

ހިންނަވަރުގައި ކުރިއަށްގެންދާ އީދު ކުޅިވަރުތައް ވަގުތުން ދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހުދުހުދު

  ހޯމްމިނިސްޓަރަކީ މުނާފިގެއް. ދުނިޔޭގެ އަރާމާއި ލައްޒަތާއި މަގާމަށްޓަކައި އާޙިރަތް ވިއްކާލާފައި ހުރި މުނާފިގެއް

  28
  2
 2. Anonymous

  މުސްލިމުންގެ ނަމުގަ މުނާފިޤުން

  28
  2
  • މޮޔައެނޮނިމަސް

   ކަލޭ ދެނަ ލވަ ނެތް ސައުދީ އަށް ހިޖުރަ ކުރަންވީ އެއްނު

   1
   7
   • Anonymous

    ޙިޖުރަ ނުކުރިއއަސް ލަވަ އަޑުނާއަޙާ މުން ނާއަހައޭ އުޅެނީ

 3. ޢަދުރޭ

  ހޯމް މިނިސްޓަރ ކުރަށްވަން ވީ ކަންތައް ތައް

  1) ރިސޯޓް ތަކަށް ރަލާ އޫރުމަސް އެތެރެކުރުން ހުއްޓުވުން އަދި އަންނަ ހުރިހާ ގެސްޓުން ނަށް ޝަހާދަތުގެ ދެކަލިމަ އެނގެން ޖެހޭނެ ކަމަށާއި އެއްވެސް އިރެއްގައި ރެސްޓައުރެންޓުން ކާން ލިބޭނީ އެ އިރެއްގެ ނަމާދު ކޮށްގެން އައިމާ ކަމުގައި ސާކިއުލާއެއް ނެރެ ރިސޯޓްތަކަށް ފޮނުވުން

  2) މާލޭގެ މީހުން އެއްވެ އުޅޭ ހުރިހާ ސަރަޙައްދެއްގައި ބިގްޓީވީ ބަހައްޓާފަ އޭގެން އަބަދުވެސް ގެފުޅު ކައިރީ މީހުން ތަވާފް ކުރާ މަންޒަރު ލައިވްކޮށް ފެންނަ ގޮތަށް އަޅުވާފަ ބަހައްޓަން އަންގާ ސާކިއުލާއެއް ނެރުން

  3) ސިނަމާ ތަކުގައި މުޙައްމަދު ރަސޫލުﷲ ޑްރާމާ ފިއަވައި އެއްވެސް އެއްވެސް އެހެން އެއްޗެށް ދެއްކުން މަނާ ކުރުން

  4) ފިހާރަތަކާ ރެސްޓޯރެންޓް ތަކާއި އެއްގަމުގައި ދުއްވާ އުޅަނދު ތަކާއި ކަނޑުގައި ދުއްވާ އުޅަނދު ތަކުގައި މިއުޒިކް ނުލާ ހުންނަ މަދަޙަ ނޫން އެހެން އެއްވެސް އެއްޗެއް ޖެހުން މަނާ ކުރުން . އަދި ފެންވަރަން ވަދެފައި ވެސް ނުވަތަ މަގުމަތީގައިވެސް މަދަޙަ ނޫން އެއްޗެއް ކިޔައިފިނަމަ 500 ރުފިޔާއަށް ވުރެ މަތީގެ ޢަދަދަކުން ޖޫރިމަނާ ކުރުން

  5) މުޙައްމަދު ރަސޫލުﷲ ޑްރާމަ ނުވަތަ ގެފުޅު ނޫން އެހެން އެއްވެސް އެއްޗެއް ކޭބްލް ޓީވީ އިން އަދި ސެޓެލައިޓް ޓީވެސް ދެއްކުން މަނާކުރުން

  8
  5
  • ބޮކަރ

   މުޙައްމަދު ރަސޫލުﷲ ޑުރާމާ އަޅުވާފައި ބަހައްޓަން މިޖެހެނީ ކީއްވެޔޯ؟ ކީރިތި ރަސޫލާގެ ސިޔަރަތު އަޑުހަރުކޮށް ޖަހާފައި ބަހައްޓައިގެން އަޑުއެހުން ކިހިނެއްވާނެތޯ؟ ނުވަތަ ދީނީ އެކިއެކި ދަރުސްތައް އަބަދުވެސް އަޅުވާފައި އަޑުއަހަން ބެހެއްޓިދާނެނޫންތޯ؟ ކޭބަލްޓީވީންވެސް ޤުރުއާނާއި ދަރުސް މަޖިލިސްތައް އެކަނި ފޮނުވޭގޮތަށް ބަހައްޓަންވީނޫންތޯ؟

   12
   2
 4. އަބޫ އައިސާ

  އުމަރު ނަސީރު ގެ ފައިފުއްސާއި ވެސް އެއްވަރެއް ނޫން މުނާފިގު ކަލޭގެ