ދިވެހި ފުލުހުން، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްގެން ރާއްޖެ ގެންނަ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ހ. ސަމާރާ އަހުމަދު އަދީބު އަބްދުލްޣަފޫރު ހައްޔަރުކޮށް، ފުލުހުންގެ ކަސްޓިޑީގައި މާލެ ގެންނަ ކަމަށެވެ.

 

ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ރާއްޖެ ދޫކުރައްވާ އިންޑިއާއަށް ވަޑައިގަންނަން އުޅުއްވަނިކޮށް، އޭނާ ހިފަހައްޓާފައި ވަނީ ޓަމިލް ނާޑޫގެ ތޫތުކުޑީ ޕޯޓުންނެވެ. އަދީބު ހިފެހެއްޓުމުން އިންޑިއާގެ ހިމާޔަތަށް އޭނާ އެދިވަޑައިގަތް ނަމަވެސް، އިންޑިއާއިން ހިމާޔަތް ދީފައެއް ނުވެއެވެ. ޕާސްޕޯޓުގެ އިތުރުން އެއްވެސް ސައްހަ ލިޔުމެއް ނެތި އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރިއިރު، އޭނާ ރާއްޖެ ދޫކޮށް ގޮސްފައި ވަނީ ހިލަޔާ ހިލަވެލި އުފުލާ ޓަގް ބޯޓެއްގައެވެ. އެ ބޯޓުގެ ފަޅުވެރިއެއް ގޮތުގައެވެ.

އަދީބު ފިލައިގެން ދިޔައީ ފުލުހުން މައްސަލަތަކެއްގައި ސުވާލު ކުރަމުން ދަނިކޮށެވެެ. އެހެން ނަމަވެސް ފުލުހުންނަށް އަދީބު ދިޔަކަން އެނގުނީ އިންޑިއާއިން ހިފެހެއްޓުމުންނެވެ. އެ ކަންތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންޑިއާގެ އިދާރާތަކާ ގުޅިގެން އަދީބު ރާއްޖެ ގެނައުމަށް މަސައްކަތް ކުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ނުރަބޯ

  ދެން އަތްޖަހާ????

  54
  3
  • ކެކެކެ

   ހާދަ ރީތި ފިލްމެކޭ. ވާކަ ލިޔެދިނީ އީސީގެ ސައިންޓިސްޓުންގެެ ޓީމުގެ އިސް ގޮލާބާ!

   8
   1
 2. Anonymous

  ހައްޔަރު ކުރެވިއްޖެތަ ައެހެންބަޔަކު އޭނަހައްޔަރުކުރީ

  31
  1
  • މަރޭމިތުރާ

   ފުލުހުން އަދީބު ހައްޔަރު ކޮށްފިއޯ! ފުލުހުންތަ އޭނަ ހައްޔަރު ކުރީ؟ އޭނަ ފިލުވައިފީމޭ ބުނިއްޔާ މާ ތާހިރެއްނު

   13
   1
 3. ައަދީބު

  ޢަދިވެސް ފިލާނަށް.

  29
  3
 4. ޢަފްލާ

  ޢަދީބްގެ ބަދަލުގައި ގެެިއެއްކަންނޭނގޭ

  17
  1
  • ީއިބުރޭ1122

   އަދީބުހެން ހުރި ގެރިއެއް؟؟ ލޮލް....

   13
   3
 5. ނަބާ

  ނުފިލާނަމެޭ ބުނި މީހާ !! ޓަގު ފިލި ވާގޯ އަދީބް” އަވަހަށް ނަން ބަދަލު ކޮށްލާ!! ކޮބާ އޭނަގެ އަންހެނުން އޭނަވެސް ހައްޔަރު ކުރޭ! އޭނަ ފިލުމުގެ އެންމެ ބޮޑުމޭސްތިރި އަކަށްވާނީ އޭނަ ކަމީ ޝައްކެތް އޮތް ކަމެއްނޫން!! ??

  42
  2
 6. މުހައްމަދު

  ??????????

  20
 7. ބާރަށު އަޙުމަދު

  އަދީބު ދިޔަކަން ފަޅާއެރުން އެއީ ވަރަށްބޮޑު ނަސީބެއް! އެހެންނޫންނަމަ އެކަންވާނީ ވީނުވީއެއްނޭގި ގެއްލުނުކަމަށް! އެކަމުގެ ތުހުމަތު އަޅުވާނީ ރައީސް ޔާމީންގެ ބޮލުގައި. އެހެނީ އަދުގެ ސަރުކާރުން އެހުރީ އޭނަ މިނިވަންކޮށްފައި އަދި އެއީ ޔާމީނާއި ދެކޮޅަށް ހެކިބަސްދޭމީހެއްގެ ގޮތުގައި ހަމަޖެހިފައި، އެހެންކަމުން ހެކިބަސް ދީފާނެކަމަށް އަދީބުދުވަސްދުއްވާލީކަމަށް ބަލާ ރައީސް ޔާމީން ބޮލަށް އެކަންވެސް ކަނޑާލާ، ޔާމީން ޖަލަށް ލާނެ! މިއީސަރުކާރުން ރާވައިގެން ހިންގި ކަމެއްކަމަށް ޤަބޫލުކުރެވެނީ ! ވުމާއި އެކު މިކަން ފަޅާލި އިންޑިޔާގެ ފަޅުވެރިޔާއަށް ސެލިއުޓްކުރަން!

  55
  2
 8. ޖ

  އިމުރާނު އިސްތިއުފާވެސް ދޭންޖެހޭނެ އޭނަބުނީ ތިމަންނަ އިސްތިއުފާދޭނަމޭ

  41
  2
 9. ނޫރު

  އަދީބުގެ މެޑިކަލް ޗެކަޕެއް ހަދައިގެން ގެނޭ، ފަހަރުގަ ކަނޑު ހަންޑިއަޅާފަ ހުރެދާނެ... އަދީބަށް އެއްވެސް ގޯނާއެއްކުރެވިގެން ނުވާނެ، އަދީބުގެ ހެކިބަސް ލިބޭނެކަމަށް ހީކޮށް ގަދަބާރުން އެކަންކުރަން އުޅުނަސް އެފަދަ ހެކިބަހެއް،އަދީބުގެ ދުލުން ނުލިބޭނެ.... ރ.ޔާމިންގެ މަށްޗަށްކުރާ ހަރާމް ސިޔާސީ ދައުވާގެ ހެކިތަކުގެ ޗެއިނަށް ނަގާފައިވާ މީހުންނަކީ އެސް އޯ އެފް ކުންފުނީގެ ވެރިންތަ... ކަނޑުކޮސް ޕީޖީގެ ސިޔާސީ ދައުވާ..

  30
  4
 10. ޝާހް، ރ.ވާދޫ

  ރާކަނިމަސް ކެވިފަ މިހާރު ހުންނާނީ. ފިލައިގެން ދިޔަ މައްސަލައިގަ ދައުވާ ކުރަންޖެހޭ.

  36
  2
  • ދދދދދދ

   ފިލީއެއް ނޫން. ބާޣީ ލުޠުފީ ފިލުވި މީހުން މީނަވެެސް ފިލުވަން އުޅުނީ. ފަޅާއެރީމަ ދެން.ކުރާނީ ކީއް. ބާޣީ ލުޠުފީވެސް އިތުރު ގޮތެއް ނެތިގެން ގެންނާކަށްނު ޖެެހުނީ.

   12
   1
 11. ރަނޭ

  ފުލުހުން، ސްޕުރީމް ކޯޓު، މައި ސަރުކާރު ހަމަ ބޮޑުތަނުން ފޭލްވާތަން މި ފެންނަނީ... ލުތުފީ އާއިލާ މީހަކަށްވީމަ.... ބުރޯ ވެރިކަމަށް އައުމަށް ފަންޑުކުރީމަ... އާއިލީ މީހުނާއި ރައްޓެހިން އަދި ފައިސާވެރިންނަށް ފޭވަރ ކޮށދީފަ ހަންނަގާފަ... މިވަރުގެ ވެރިކަމެއް ދުނިޔޭގެ ތާރީހުގަވެސް ބަޔަކު މިރާއްޖޭން ފެނީ ނަސީދު ބޮއެގެން ކުރި 3 އަހަރުގެ ކުރު ނަސްރާނީ ވެރިކަން... މިހާރުވެސް މިދަނީ އޭނާބޫނާގޮތަށް

 12. ނަހޫ

  އަދީބު ދޮންބެ ބުނީ ނިދީގަގޮސް ޓަގުބޯޓަށް އެރުނީއްޔޯ ނިދިފަ އޮއްވާ ބޯޓް ނައްްޓާލީއްޔޯ

  21
 13. މަސީހު

  އަދީބުފިލައިގެން ދިއުމާގުޅިގެން އޭނާގެ މައްޗައް އިތުރު ސަރީއަތެއް ހިންގާނަމަ ޖަލުހުކުން އޮއްވާފިލައިގެން އުޅުނު އެހެންމީހުންގެ މައްޗައްވެސް ސަރީއަތް ހިނގަންޖެހޭނެ

  17
 14. ޢަލީ

  މާމޮޅުކަމެއް ނޫނޭތީކީ ކަލޭމެނެއްނޫންދޯ ހޯދީކީ ބޯޓުގަހުރި އިންޑިޔާމީހަކަށް ޑީލްނޭގޭތީ ފަޅާއަރުވާލީމަ ތިހެންވީ....ތީހަމަ ސަރުކާރުން ކުރަންއުޅުނުކަމެއް ޔާމީނުބޮލުގަ އިލްޒާމުއަޅުވަންވެގެން..އޭރުން މިހާރުބަލާ މައްސަލައިގަ ކަމެއްނެތަސް އަދީބުގެއްލުނުކަމުގެ އިލްޒާމުއަޅުވާފަ ޖަލައްލާން ރޭވީ ތީކޮންބައެއް...ކުޅަދުންވަންތަ ފަރާތެއް ވާކަމެއް ނޭގޭވިއްޔަ...ހޭދެބައި

  11
 15. ދޮންތު

  ކަލޯ ނުފިލުން ދޯ ،،ދެންފަހަރަކުން އިގޭ

  6
  1
 16. ނުކުޅޭތި

  ޖަލުހުކުމްއޮއްވާފިލމީހާގެމައްޗައް ދަޢުވާކުރަންޏާ އެދަޢުވާކުރާބަޔަކު އެކަންއެކުރަނީ ބޭއިންސާފުން އެހެންނޫނަސް ގާނޫނީބާރުނުހިނގާމީހަކައް މިޤައުމުގަހުންނާނީ ހަމައެކަނި މަ

 17. ޔޯ

  ޔޯ ބްރޯ، ތިއޮތީ ރާއްޖޭގައި އުފެދުނު އެއްމެބޮޑު ހިޔަޅު އަދި އެއްމެބޮޑު ވަގު ގެ ދަންތޫރާގަ ޖެހިފައި، އޭނަގެ ދަންތޫރާގަ ޖެހުނު އެކަކުވެސް ސަލަމަތެއް ނުވާނެ.

  2
  1
 18. ބޮޑުދުފާ

  ޓަގުބޭ ހައްޔަރުކޮށްފިޔޯ.

 19. ޢަހްމަދު

  ޕާސްޕޯޓްގެ އިތުރުން ދެން ބޭނުންވާނީ ވިސާތާ. ޢެހެނެއްވެސް ނުވާނެދޯ. ޢިންޑިޔާވިއްޔާ އޮންއެރައިވަލް ވިސާ ލިބޭނެ. ކުރިންލިޔެފައޮތް ޕާސްޕޯޓް ހިފަހެއްޓިވާހަކަ. މިހާރު ތިލިޔުނުގޮތުން ޕާސްޕޯޓް ހިފައިގެން ދިޔައީ. ހިފެހެއްޓި ޕާސްޕޯޓް އަދީބަށް ދިނީކާކު.