މިއަދު ހެނދުނު މާލޭގެ ގެއެއްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެގޭގައި ދިރިއުޅޭ 16 މީހުންނަށް ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތީރިޓީން ހަމަޖައްސަން ނިންމައިފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ މިއަދު ހެނދުނު ހ. ޓެންސްޓާގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވަން އުޅުމުގެ ތެރޭގައި އެގޭގެ ކަރަންޓު ބޯޑުތަކަށް ފެން އެޅި، ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ ކަމަށެވެ.

“އެގޭގައި ދިރިއުޅޭ 16 މީހުންނަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމް އެން.ޑީއެމްއޭއިން މިގެންދަނީ ފޯރުކޮށްދެމުން” ޑިޒާސްޓާއިން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހ.ޓެންސްޓާގައި ކަމަށާއި އަލިފާނުގެ ހާދިސާ ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 11:11 ގައި ކަމަށެވެ. އެ ހާދިސާއާ ގުޅިގެން މީހާކަށް ގެއްލުމެއް ނުވި ނަމަވެސް، މީހުން ދިރިއުޅެން ދަތިވާ ވަރަށް، އެގެއަށް ވަނީ ގެއްލުންތައް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު