މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ކުރީގެ ނައިބްރައީސް އަޙްމަދު އަދީބަށް އިންޑިއާއިން ޙިމާޔަތް ނުދީ ފޮނުވާލުމުން އެޕާޓީން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

އެމްޓީޑީގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބަށް އިންޑިއާއިން ޙިމާޔަތް ނުދީ ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާ ޙަވާލު ކުރެއްވުމަކީ އެޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އަދީބަށް ހިމާޔަތް ނުދީ ފޮނުވާލުމުން ކަންބޮޑުވޭ" ޔާމީން ރަޝީދު ވިދާޅުވިއެވެ.

އިންޑިއާއިން އަދީބަށް ޙިމާޔަތް ނުދީ ރާއްޖޭގެ ސަލާމަތީ ބާރުތަކާ ޙަވާލުކުރުމުން އެމްޓީޑީން ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ ޓަގުބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އިންޑިއާގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ރާއްޖޭގެ ސަލާމަތީ ބާރުތަކާ މިއަދު ހަވާލުކޮށްފައިވާކަން އިންޑިއާ އާއި ދިވެހި ފުލުހުންވެސް ހާމަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސަޓޯ

  މިފަހަރު މާލެއައިސް އަންހެނުންނަށް ކިޔާދޭނީ މަދަހައެއް ކަންނޭގެ...

  35
  2
 2. ސޫދު

  އެމްޓީޑީ ތިއީ އެއްވެސް ތާކުން ތާކު ޖެހޭ ޕާޓީ އެއނޫން..

  17
  2
 3. ޝާހް، ރ.ވާދޫ

  ހިމާޔަތް ދޭކަށްނުޖެހޭ. ބޮޑުވަގެއް. ރާއްޖޭގަ އޭނަގެ މައްސަލައެއް ބަލަމުންދާމީހެއް. ފިލައިގެންދިޔަ ވަގެއް. އަދިވެސް ހިމާޔަތް ނުދެވިގެން ދޯ ތެޅެންވީ.

  20
  4
  • ގެރި

   އަންނިބެއަށް އެކަނިތޯ ހިމާޔަތް ދޭންވީ...

   8
   4
 4. އަދީބު

  ޔާމީން މޮޅެތި ވާހަކަ ނުދައްކާ، އަދިވެސް މަޖިލިސް ކެމްޕޭނަށް މީދޫ އައިސް ކުއްޔަށް ހުރި ގޭގޭގެ ބިލް ނުދައްކައިގެން އެމީހުން އެއުޅޭނީ. މޮޅެތި ވާހަކަ ނުދައްކާ އަވަހަށް ލާރިކޮޅު ދައްބަލަ....

  1
  2
 5. ކުޑަބަޖަރާ

  ތިޔަޕާޓީ އުފެއްދީ އަދީބަށް އިންޑިޔާއިން ސިޔާސީ ހިމާޔަތް ހޯދަންދޯ؟ މަދްޞޮދު މިއޮތީ ފަޅާއަރާފާ.

  2
  1
 6. ދޮންބެ

  އަދީބަށް ހިމާޔަތް ދޭން ތިޔަ ޕާޓީ ކުޑަތަ؟

  2
  1
 7. އަހަންމާދި

  ތި ކަންބޮޑުވުމުން އިންޑިޔާ ވަރަށް ދެރަވާނެ