އދ. ފެންފުށި ކައުންސިލް އިދާރާ ތެރޭގައި އެރަށު ކައުންސިލަރުން މާރާމާރީ ހިންގައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުގައި މިއަދު ހިނގި މި މާރާމާރީގައި ކައުންސިލްގެ ނައިބު ރައީސް މޫސާ އަލީ އަށް އެކައުންސިލްގެ މެމްބަރަކު ވަނީ ހަމަލާދީފައެވެ.

މި ހާދިސާ އާއި ގުޅިގެން މޫސާ އަލީ ވިދާޅުވީ، އޭނާ މިއަދު ކައުންސިލްގެ އިދާރާއަށް ދިޔައީ ކައުންސިލުން ރައްޔިތުންތަކަކާއި އެކު ބައްދަލުވުމެއް ކުރިޔަށްގެންދާ ކަމުގެ މަޢުލޫމާތު ލިބިގެން ކަމަށެވެ. އަދި އިދާރާއަށް ދިޔައިރު އެވަގުތު އެތަނުގައި އާންމުންގެ ހަތަރު މީހަކާއި ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ މެމްބަރު މުޙައްމަދު އިބްރާހީމްގެ އިތުރުން ޒިންމާދާރު ވެރިޔާވެސް ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސާ އަލީ ވިދާޅުވީ، އެފަދަ ބައްދަލުވުމެއް ކުރިޔަށްގެންދާކަން އޭނާއަށް ކައުންސިލުން އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން އިދާރާތެރެއަށް ވަނީ ފޯނުން ވީޑިއޯ ރެކޯޑު ކުރަމުން ކަމަށާއި، ރެކޯޑުގައި ހުރެ އޭނާއަށް ބައްދަލުވުން ކުރިޔަށްގެންދާކަން އަންގާފައި ނުވަނީ ކީއްވެގެންތޯ ކައުންސިލްގެ ރައީސަށް ސުވާލު ދެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ. ޖަވާބުގައި، އޭނާވެސް ބައްދަލުވުމަށް ވަޑައިގަތީ ދަޢުވަތަކަށް ނޫން ކަމުގައި އާއި، އިދާރާއަށް ވަޑައިގަންނަވާ ނަމަ ބައްދަލުވުންތައް ކުރިޔަށްދާކަން އެނގިވަޑައިގަންނަވާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި ކަމަށް މޫސާ އަލީ ވިދާޅުވިއެވެ.

މޫސާ އަލީ ވިދާޅުވިގޮތުގައި، ކައުންސިލުން ބޭއްވި ބައްދަލުވުމަށްފަހު އިދާރާއަށް ހާޒިރުވި އާންމުން ދިއުމުން ޒިންމާދާރު ވެރިޔާ އާއި ކައުންސިލްގެ ރައީސް އަދި މެމްބަރު މުޙައްމަދު އިބްރާހީމް، އޭނާގެ ފޯނުން ނަގާފައިވާ ވީޑިއޯ ޑިލީޓުކުރުމަށް އެންގިއެވެ. އެކަމަށް ދެކޮޅު ހެދުމުން ޒިންމާދާރުވެރިޔާ އޭނާއަށް އޮފީހުން ނުނިކުމެވޭނެހެން ދޮރުމަތީގައި ހުރި ކަމަށާއި، އޭގެ ފަހުން ކައުންސިލްގެ މެމްބަރު މުޙައްމަދު އިބްރާހީމް ގޮސް އޭނާގެ ކަރުގައި ހިފައި މާރާމާރީ ހިންގާފައިވާ ކަމަށް މޫސާ އަލީ ވިދާޅުވިއެވެ.

މޫސާ އަލީ ވިދާޅުވީ، މާރާމާރީ ހިންގައި އޭނާއަށް ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވީ ކައުންސިލްގެ މެމްބަރު މުހައްމަދު އިބްރާހީމް ކަމަށެވެ. އަދި އެ ހާދިސާ ހިނގި ވަގުތު އޮފީހުގައި ޒިންމާދާރު ވެރިޔާ އާއި ކައުންސިލްގެ ރައީސް ވެސް ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

ފެންފުށީ ކައުންސިލްގެ ނައިބު ރައީސް، ކައުންސިލްގެ އިދާރާގައި ނެންގެވި ވީޑިއޯއެއް ޑިލީޓު ނުކޮށްގެން އެ ކައުންސިލްގެ މެމްބަރަކު އޭނާއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ފުލުހުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. މި ހާދިސާ އާއި ގުޅިގެން މީހަކާއި މެދު ފިޔަވަޅެއް އަޅާފައިވާ ކަމެއްވެސް އެނގިފައެއް ނުވެއެވެ.

ފެންފުށީ ކައުންސިލްގެ ހުރިހާ މެމްބަރުންނަކީވެސް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ނިސްބަތްވާ މެމްބަރުންނެވެ. މޫސާ އަލީ ވިދާޅުވިގޮތުގައި، ފަހަކަށް އައިސް އޭނާ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދެންތިބި މެމްބަރުން އޭނާއަށް އެކި ގޮތްގޮތުން ދަނީ ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ. ނަމަވެސް މިއީ އެ ކައުންސިލްގައި މާރާމާރީ ހިންގި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޓޮޮއް ޓޮއް

    ސާބަހޭ?

    30
    2
  2. ސަމްޓައިމްސް

    ރާއްޖޭގެ ރަށްވެހިކަން ބޭރު މީހުންނަށް ލިބޭ ފުރިހަމަ ގާނޫނެއް ބޭނުންވާ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު ބުނުން އެއީ މަމެން ދެރަވެ ހިތާމަ ކޮށް ރޮއި ރޮއި ހަލާކުވާނެ ކަމެކޭ ...

    31
    5
  3. ސަވްރީ

    ބަލަ ސަރުކާރާގުޅިގެނެއްނު ރައްޔިތުންނަށް ފައިދާ ހުރި ކަމެެއްކޮއް ދެވޭނީ ތިޔަ އުޅެނީ ރީދޫހުންޖެހިފަ ތިބޭ ކުދިން އުޅޭގޮތަށް ތިޔަގޮތް ދޫކޮއްލާ ކައުންސިލަރުންގެ މަސައްކަތަކީވެސް އެއިރެއް ގަ އޮންނަ ސަރުކާ ރަކާ ގުޅިގެން ރައްޔިތުންގެ ފައި ދާއަށް މަސައްކަތް ކުރުން

    26
    4
    • Anonymous

      މިސަރުކާރާއި ގުޅިގެން ވާނެކަމެއް ހަރާން، އެކަން ވަރަށް ރަނގަޅަށް ފެނިގެންދޭ މިގައުމުގަ އޮންނަ ހައިވާން ބަގީޗާ ތެރެއިން.

      4
      4
  4. ދަރާއްޖެތެރެ

    ދަ ރާއްޖެތެރެއަންސް ދޯ ހާއްހަހަހާހާހާހާހާ ހާހާހާހާހާ ހާހާހާހާހާ ހޮހޮޮހޮހޮހޮ...

    1
    15
  5. އަރި

    ވަރަށް ނާތަހުޒީބު 70 ގެ ވިސްނުމުގަ އުޅޭ މަދު މީސްކޮޅެއް އެކުލެވޭ ރަށެއްތީ.. ތިޔަހެން އެކަކު އަނެކަކުގެ ކަރުގައި ނުހިފާ ތިޔަ މަދު މީސްކޮޅު އެންމެ ގާތުގައި ތިޔައޮތް މާމިގިއްޔަށް ބަދަލުކުރޭ. ތަރައްޤީ ނެތީމަ ކަރުގަޔާ އެހެންތަންތަނުގަވެސް ހިފާގޮތްވާނެ. މަމެން އެދެނީ މަމެންނާއެކު ފެންފުށީ ދިގުރަށް ދިއްދޫ މަހިބަދޫ މަންދޫ ކުނބުރުުދޫ އެންމެންވެސް މާމިގިއްޔަށް ބަދަލުކޮށް, ވަރުގަދަ ސިޓީއެއް އުފައްދަން.. މުޅި އަތޮޅުގެ މާމިގިލި ފިޔަވަ ބާކީ ނުވަ ރަށުގެ އާބާދީ މާމިގިލި އާބާދީގައި އެބައޮތް.

    10
  6. އ. ޖ. އ

    ޕިންކީންގެ އަސްލު ސިފަ މި ފރންނަނީ

    4
    4
  7. ކަމަނަ

    ދެލޯފުޅާ މާކުރަތުގައިވެސް ކަންހިނގަނީ ތިގޮތަށް. އެހެރީވާ ޒިންމާދާރު ވެރިއެއް. މަގެއްގެ މަތިން ކުރިކެނޑިޔަސް ޒިންމާދާރު ފިޔަވަޅުއަޅާ. އިއްޒަތާ ޤަދަރުން ފުރިގެންހުރި ޒިންމާދާރު ވެރިއެއް.

  8. ކޮބާ

    ތިއީ އަދި ކަމެއްނޫން.
    ތިނަދޫ ކައުންސިލަރުން އޮފީސް މީޓިން ރޫމް ތެރޭގައި އެކަކު އަނެކަކާއި ދިމާލަށް ނުބައި އެއްޗެހި ކިޔައި ، ވަގަށް ގޮވައި، ވަގު އަނބިންނާއި ބިޓުން ގެންގުޅޭ ވާހަކަގޮވައި މުވައްޒަފުން ލަދުން އޮފީސްތެރޭގައި ތިބެވޭ ވަރުނުވީމާ އެކަން ހުއްޓުވަން އެތަނަށް ވަދެ ރޮއި އާދޭސް ކުރީ އޮފީސް ޕިއޯނަކަށް އުޅޭ މެދުއުމުރު އަންހެނެއް.