ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިރިއުޅުއްވާ ގ. ހުމަށިއަށް ފުލުހުން ވަދެއްޖެއެވެ.

އެގެއަށް ފުލުހުން ވަތް ސަބަބެއް އަދި އެނގިފައި ނުވާއިރު، ފުލުހުންގެ ޓީމެއް އެގޭގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ފުލުހުން އަދީބު ދިރިއުޅުއްވާ ގެއަށް ވަދެފައި މިވަނީ، އެމަނިކުފާނު އިންޑިއާއަށް އެތެރެވުމަށް އުޅުއްވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އެޤައުމުން ހިފަހައްޓައި މިރޭ ރާއްޖެ ގެންނަ ގޮތަށް ހަމަޖެހިފައި ވަނިކޮށެވެ. ރާއްޖެ ގެންނަ ގޮތަށް އަދީބު ގެންދާނީ ދޫނިދޫ ޖަލަށް ކަމަށް "ވަގުތު" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުން އަދީބު ރާއްޖެއަށް ގެނައުމަށް އިންޑިއާއިން މިއަދު ދަތުރު ފަށާފައިވާއިރު، އޭނާ ރާއްޖެއަށް ގެންނަނީ ކަނޑުމަގުންނެވެ. އިންޑިއާގެ އިދާރާތަކުން ރާއްޖޭގެ އިދާރާތަކާއި އަދީބު ހަވާލުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

އަދީބު ފިލައިގެން ދިޔައީ ފުލުހުން މައްސަލަތަކެއްގައި ސުވާލު ކުރަމުން ދަނިކޮށެވެ. އެހެން ނަމަވެސް ފުލުހުންނަށް އަދީބު ދިޔަކަން އެނގުނީ އިންޑިއާއިން ހިފެހެއްޓުމުންނެވެ. އޭނާ ރާއްޖެ ދޫކުރައްވާ އިންޑިއާއަށް ވަޑައިގަންނަން އުޅުއްވަނިކޮށް، އޭނާ ހިފަހައްޓާފައި ވަނީ ޓަމިލް ނާޑޫގެ ތޫތުކުޑީ ޕޯޓުންނެވެ.

ޕާސްޕޯޓުގެ އިތުރުން އެއްވެސް ސައްހަ ލިޔުމެއް ނެތި އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރިއިރު، އޭނާ ރާއްޖެ ދޫކޮށް ގޮސްފައި ވަނީ ހިލަޔާ ހިލަވެލި އުފުލާ ޓަގް ބޯޓެއްގައި، އެ ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައެވެ.

"ވާގޯ 9" ގެ ނަމުން ނަންދީފައިވާ މި ބޯޓުގައި ނަގާފައި ވަނީ ސިންގަޕޫރު ދިދައެއް ކަމަށާއި، އެއިން ދަތުރުކުރީ އަދީބުގެ އިތުރުން އިންޑިއާ މީހަކާއި އިންޑޮނީޝިއާގެ 8 މީހެއް ކަމަށް ވެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ނިއު އިންޑިއަން އެކްސްޕްރެސް" ގައި ބުނެފައިވާގޮތުގައި، އަދީބު އިންޑިއާއަށް ދަތުރުކުރެއްވީ ރާއްޖޭގައި ރައްކާތެރިކަން ނެތުމުން އިންޑިއާއިން ރައްކާތެރިކަން ހޯއްދެއްވުމަށެވެ. އޮފިޝަލަކާއި ހަވާލާދީ އެ ނޫހުގައި އިތުރަށް ބުނެފައިވަނީ، އަދީބަށް ރާއްޖޭގެ ސިޔާސީ އެކި ފަރާތްތަކުން މަރުގެ އިންޒާރު ދެމުން އަންނަ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދީބުގެ މައްޗަށް ކުރިން ކުރެވުނު ތުހުމަތުތަކާއި ޝަރީޢަތްތައް ކުރިއަށް ގެންގޮސް އަދީބު ޖަލަށްލާ އަދި ފަހުން މިނިވަން ކުރި މައުލޫމާތުތައް ހިމެނުމަށް ފަހު އަދީބުގެ ވަކީލުން ނެރުނު ބަޔާނުގައި ބުނީ އަދީބުގެ މައްޗަށް ސިޔާސީ ނުފޫޒުތަކެއް ފޯރުވަން ރާއްޖޭގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ފަނި

  ރާކަނިމަަސް ކެވިއްޖެއްނު ފަނި އަދީބޫ؟ ފަނި ލައްވާ ހުރިހާ ވައްކަމެއްކޮށް، ކަމާ ނުބެހޭ މީހެއްގެ ބޮލުގަ ވައްކަން އަޅުވާ ގައުމު ފަަސާދަކުރި ކެނެރީގޭ ނަޝީދު އެ އިންނެވީ ބޮޑު ތަޚްތުގަ. އަސްލު ވަގަކީ އެއީ! އެސޮރު އަމިއްލައަށް އިއުތިރާފުވީ! ދެން އޮވޭ ތިތާ! ޔާމިންއަށް ދޯކާ ނުދީ އިޚްލާަސްތެެރިވިނަމަ މިއަދުގެ ނައީބު ރައީސްގެ މަގާމުގަ ހުރުން އެކަށީގެންވޭ!

  52
  7
 2. ދިދަ ދަނޑި

  ޕިސް ޕިސް.. އަދިވެސް އެމަނިކުފާނޯ.. ލަދުން ބޯހަލާކު، ހުރިހާ ހަޑިއެއް ހާވާފަ ނުފިލޭނެ.

  40
  2
  • މޮޔަ

   ރާއްޖޭގައި ނައިބު ރައީސް އެއްގެ މަގާމު އޭނަ އަދާ ކުރީތީ އެ ރެސްޕެކްޓް ދިނުމުގެ ގޮތުން އެމަނިކުފާނޭ ކިޔަނީ.
   އަންނި ވިޔަސް ޔާމީނު ވިޔަސް ބޮނޑިބަތް ޖަމީލަކަސް ހަމަ އެމަނިކުފާނޭ ކިޔާނީ.

 3. ޢަލީ

  ކިހާބޮޑު ދުއްޕާނެއް ތިޖައްސަނީ އޭނަގެ މުޅިއާއިލަށް...ކަލެއަށް ކިޔަންވީސޯލިހެއްވެސް ނޫނޭ..މިހާރުތިބޭނެ ސޯލިހަށްވޯޓުލީ މީހުން އަނގަ އައްޕަތެއްހެންހަދައިގެން...މުޅިއާއިލާއަށް ނަފުސާނީގޮތުން ކިހާބޮޑު ގެއްލުމެއްތޯ؟ކަލޭމެނާ ކާރިވިމީހަކު ހަލާކޭދޯ ކޮއްލަނީ...ސޯލިހު ކަލޭއިސްތިއުފާދީފަ ގޭގަ އޮވެބަލަ..ކަލެއަށްވާކަމެއް ކޮބާތަ؟؟ ރައްޔިތުންކައިރީ ހެދިދޮގުތައްކޮބާ..އަނގައިން ނުބުނެތި ހުންނަނީ ކަލޭއަދީބުއަށް އެހެންހެދުވީ ގަސްދުގަ...

  23
  10
 4. އިމްޒޯނިއާ

  ކޮބާ ބްރޯ ތަމެން މަމެން ޕިންކީން ހޮވާފައިވާ ނައިބް ރައީސް އަކު ނަގާ ހޫރާލުމަށްފަހު ތަމެން ހީކުރީ ތަމެންނަށް ކުރިއެރުމެއް ހޯދޭނެ ކަމަށްތޭ ...

  22
  3
 5. އިމްޒޯނިއާ

  މަމެން އެއްގޮތަކަށް ވެސް ގަބޫލެއް ނޫނޭ ރާއްޖޭގެ ސިޓިޒެންޝިޕް އެއްގޮތަކަށް ވެސް ދިވެހިން ނޫން ބަޔަކަށް ދޭން ދިވެހިން ގައިގައި ހުންނަ ޑީއެންއޭ ނުހުންނާނެއޭ ...

  33
 6. ސަޓާ

  ޕާސްޕޯރޓްފޮތް އަތުގަ އޮތަސް އޭގެ ބޭނުމެއް ނުހި ފޭނެ ޕާސްޕޯރޓް ހިފޭއް ޓުމޭ ބުނަނީ ޕާސްޕޯރޓް ފޮތް އަތުލުމަކަށް ނޫން އެއީ އިމިގްރޭޝަނުންހުރިހާ ގައުމަކަށް އަންގާނެ މިމީހާއަކީ ދިވެހި ޕާސް ޕޯރޓްގަމިވެނި މުއްދަތެއްގަ ދަތުރު ކުރުމުގެ ހުއްދަ ބާތިލް ކޮއްފަ އޮތް މީހެއް ކަމަށް އެހެންވީމަ ފޮތް އޮތަކަސް އެތެރެއެއް ނުވެ ވޭނެ ދޮއްތަ

  10
  6
 7. ޢިކުރާމު

  އަދިވެސް ބުނާނެ ސިޔާސީ ގޮތުން ކުރިޔައްދާވާހަކަ ރައްޔިތުންނައް ހިދުމަތްކުރާނެވާހަކަ ލަދުހަޔާތްކުޑަ ކަމުން ދައްކާވާހަކަ

 8. ޙެކި

  ފާސްކުރީވެސް ފިލިކަން އެނގި އެތައްދުވަހެއްވީ ފަހުން.
  މިއޮތީވާ ވަރުގަދަ ޕޮލިހެއް. ވަގުތުން އަޅަންޖެހޭ ފިޔަވަޅު ހަފްތާއެއްފަހުން އެޅީމާ ހެކިފެންނާނެ.

 9. Anonymous

  ބްރޯ، ތި ހުރިހާވެސް ކަމަކީ، ކަލޭގެ ފިނޑިކަން. ކަލެއަށްވެސް އެނގޭނެ ޖަލުގަ މައިތިރިވެގެން އޮތްނަމަ، މާ ރަނގަޅުވީސްކަން. މިސަރުކާރުން އެންމެ ބިރުގަންނަނީ ރައީސް ޔާމީންދެކެ. ވެރިކަން ވެއްޓިދާނެހެން ހީވާވަރުން ލޮލުފިޔަ ނުޖެހޭ. ރައީސް ޔާމީންއަކީ ދިވެހި ރައްޔިތުން ހޮވި ވެރިޔާކަންވެސް އެނގޭނީ މިސަރުކާރުގައި މިތިބި މީހުނަށާއި، ފަސްމާމުލުންގެ ފަސް ވޯޓު ވަގަށް. އެކަމަކު، ކަތުރުފަނިވީމަ، ބަޔާނެއް ދިނަސް ދޭންޖެހޭނީ، އެމީހާއާއި، އާއިލާއާއި، ރައީސް ޔާމީން ދުވަސްދާ ގޮތަށްކަމަށްވާތީ، އެމީހުންގެ ބަހައް ހެއްލި، ޖަލުން ނުކުތީމަ ލިބުނު ދެރަ ތިއީ.

  1
  1
 10. އެޖެންޑާ19

  ބޭޒާރުވީމަ ކޮންމެވެސް ކަމެއް ކުރާކަން ރައްޔިތުންނަށް ދައްކަނީ

 11. މެގަވޯޓު

  އިންގެންޖެހޭދޯ ފަންޏަކައް ޓަގުބޯޓެއް ނުބޮވޭނެކަން. އެއީ ދަގަނޑުން ހަދާފަ ހުންނަ އެއްޗެކޭ.