އަނެއްކާވެސް ހާލުބޮޑުވެގެން ތެލެސީމިއާ ކުއްޖަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އދ. މާމިގިލީއަށް ނިސްބަތްވާ ކުއްޖެކެވެ. އެކުއްޖާ ނިޔާވެފައި ވަނީ ހާލު ސީރިއަސް ވެގެން ފަރުވާދެމުން ދަނިކޮށް މީގެ އިރުކޮޅެއް ކުރިންނެވެ.

މާމިގިލީ ކައުންސިލުން "ވަގުތު" އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ، ނިޔާވީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެކުއްޖާ ނިޔާވީ ހާލު ގޯސް ވެގެން މާލެއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށާއި، ނިޔާވީ ފަރުވާދޭތާ ތިން ވަރަކަށް މަސް ވެފައި ވަނިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

މާމިގިލިން މަޢުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވިގޮތުގައި، މިރޭ ނިޔާވި ކުއްޖާގެ ހާލު ދެރަވެގެން ފަރުވާދެމުން ދިޔައިރު، ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ކުރުމަށްވެސް ޑޮކްޓަރުން ވަނީ ލަފާދެއްވާފައެވެ. އެކުއްޖާގެ ހާލު ގޯސްވީ ހަށިގަނޑުން ދަގަނޑުގެ މިންވަރު ގިނަ ވެގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިއީ ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި ނިޔާވި ތެލެސީމިއާ ފަސްވަނަ ކުއްޖާއެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު، ބޯންމެރޯ ހެދުމަށް ފަހު ފަރުވާދެމުން އަންނަނިކޮށް ފަސް އަހަރުގެ ކުއްޖަކު ނިޔާވެފައި ވާއިރު، ޑެންގީ ހުމަށް ފަރުވާ ހޯދަމުން ދަނިކޮށް ޖުލައި 23 ވަނަ ދުވަހު ނުވަ އަހަރުގެ ތެލެސީމިއާ ކުއްޖަކު ނިޔާވިއެވެ. އަދި އެމަހުގެ 14 ވަނަ ދުވަހުވެސް ތެލެސީމިއާ ދެ ޒުވާނަކު ވަނީ ނިޔާވެފައެވެ.

ރާއްޖެ އަކީ އާބާދީގެ ނިސްބަތުން ވެސް ތެލެސީމިއާ ބަލި ހުންނަ މީހުން އެންމެ ގިނަ އެއް ގައުމެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮންމެ އަހަރަކު ވެސް އެވްރެޖްކޮށް ތެލެސީމިއާގެ ހަ ކުދިން ރާއްޖެ އިން ނިޔާވެއެވެ. ނަމަވެސް ފަހަކަށް އައިސް މި ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

ބްލަޑް ސާވިސްގައި ތެލެސީމިއާގެ 800 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓަރީ ވެފައިވާއިރު އޭގެ ތެރެއިން ދުނިޔޭގައި މިވަގުތު ތިބީ 635 މީހުންނެވެ.

ޝީގެ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގައި ކުރެވޭ ކޮންމެ 30 ކައިވެންޏަކުން އެއް ކައިވެންޏަކީ ދެ ކެރިއަރުންގެ ދެމެދު ކުރެވޭ ކައިވެންޏެކެވެ. އަދި އުފަންވާ ކޮންމެ 120 ކުއްޖަކުން އެއް ކުއްޖަކީ ތެލެސީމިއާ ބަލި ހުންނަ ކުއްޖަކަށްވެ އެވެ. އެއީ ގާތްގަނޑަކަށް އެވްރެޖްކޮށް އަހަރަކު 26 ކުދިންނެވެ.

2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަކަށް އަމަލު ކުރަން ފެށިއެވެ. އެ ޤާނޫނު ބުނާ ގޮތުން އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮންމެ ކުއްޖެއްގެ ވެސް ތެލެސީމިއާ ޓެސްޓް ކުރުމަކީ އެކުދިންގެ ބެލެނިވެރިންގެ މައްޗަށް މަޖުބޫރު ކަމެކެވެ. ކުރީބައިގައި ތެލެސީމިއާ އަށް ޓެސްޓް ކުރުމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އިރުޝާދު ދިން ނަމަވެސް އަދިވެސް ބައެއް މީހުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous

  މިކުއްޖާއަށް ސުވަރުގޭގެ ދާއިމީނިޢުމަތް މިންވަރު ކުރައްވާށި، މިކުދިންނާވެސް އަޅާލާނެ ބަޔަކުނެތި، ރަނގަޅު ބޭސްފަރުވާ ނުލިބި ކޮންމެ ދުވަހަކުހެން ފުރާނައެއް މިދަނީ ނިމިގެން، ހެޔޮނުވާނެ މިގޮތައް ކަންތައްކުރަން، ތިމާ މީހާޔާވެސް މަރު އައިސް ބައްދަލުކުރާނީ ކޮންވަގުތަކު ކަމެއްނޭގެ، ވީމާ މިގައުމުގެ ރައްޔިތުންނާ ދޭތެރޭ އިހާނެތިކޮށް ކަންތައް ނުކުރުމަށް ރައީސްމީހާއަށް ގޮވާލަން.

  54
  6
  • Anonymous

   މީހުންގެ މަރުން ސިޔާސީ ފައިދާ ނަގަން ނޫޅެ ނުބައި މީހާ ގަނޑާ!

   1
   5
 2. Anonymous

  ދިވެހި ތާރީޚުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެންމެ ބޮޑު އިސްކަމެއްދީ އެހީތެރިކަން ފޯރުކޮށްދިނީ ނިމިދިޔަ ސަރުކާރުގައި. މި ހަގީގަތް ބަދަލެއް ނުކުރެވޭނެ. ރ.ޔާމީން ދުރު ވިސްނުންފުޅާއިއެކު އޭރު ސިއްޚީ ދާއިރާއަށް ގެނައި ކުރިއެރުމުގެ ނަތީއްޖާ މިފެނިގެންދަނީ މި ސަރުކާރަށް އަހަރެއް ވެގެން ދާއިރުވެސް ރައްޔިތުންނަށް ބޭނުންވާ ސިއްޚީ ޚިދުމަތް މެދު ނުކެނޑި މި ދެވެނީ. އަދި ދުވަސްކޮޅެއްފަހުން ދިވެހިންގެ ކަރުބުޑުގައި ލޭގެ ރަހަ ލާނެ. އޭރުވެސް ގޯސްކުރާނީ ރައީސް ޔާމީން. މާތް ﷲ އ ނިކަމެތި ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައިފާނދޭވެ.

  8
  1
 3. ފައިސަލް

  ޑެސްފަރޯލްގަ މައްސަލައެއް އުޅެނީބާ؟ ދިރާސާއެއް ހަދަމާ ހިނގާ.

  7
  1
 4. ވިސްނާ

  ރާއްޖޭގަ އަހަރެއްގެ މައްޗަށް އުފަން ވަނީ ކިތައް ބީޓާ ކެރިއަރުން ތޯ ކަން ނޭނގެ ބަލަންވި ފުރަތަމަ. މި ކުޑަ އާބާދީ އެއް ވީމަ ކެރިއަރުން ވަރަށް ގިނަ. ޜާއްޖޭގަ ކޮންމެ ކެރިއަރ އަކަށް ނޯމަލް މީހެއް ނޫޅޭނެ ކަމަށް ލަފާ ކުރެވޭ. ޑެން ކެރިއަރުން ތިބެންވީ މެރީ ނުކޮށް ތޯ؟؟

  9
  1
 5. Anonymous

  Raahjeygai. Ginaee. Thalaseemiaage. Cariarunthoa Nuvatha. Nomal. Meehunthoa. Behlevu.ah. Ehves. Faraathakun. Sarvey. Eh. Kohfaiveythoa ? Mee. Ufedhey. Suvaaleh.
  Qaboolukuraa. Bayaku. Qaboolu. Nukuriyas. Thalaseemiyaage. Dhe. Ceriyarun. Engithibe. Kaivenikurun. Qaanoonugai. Liyegenves. Manaa kuran. Vejje. Sababakee. Ei. Hamaekani. Kaivenikuraa. Dhemeehunge. Kamehkugai. Balaige n Ekan. Hallukureveykahneiy. Egothah. Balanjehenee. Thalaseemyaage. Kufheennan. Beynunvaa. Leykolhu. Hadhiyaakuran. Jehenee. Mujuthamauge. Farudhun. Kamahvaathee. Ekan. Mihaaru. Miothee. Farudhee. Maslahathahvure. Bodah. Ijuthimaaee. Maslahathaa. Gulhifai. Kamah. Vaathee.

  1
  1
 6. Anonymous

  މީ ރޭވިގެން ކުރާކަކަމެއް ނޫންބާ؟ ގެނބިގެން މަރުވާ މޫސުމާ ވަޅިޖަހާ މޫސުމާ އިމާރާތުން އެއްޗެހި ވެއްޓިގެން މަރުވާ މޫސުމާ ބްލާބްލާބްލާ... މިހާރު ތެލެސީމިއާކުދިންނަށް އަމާޒު ހިފީތަ؟ މީ ސިހުރު ހަދާބައެއްގެ ރޭވުމަކާ ހާދަ ފާޑޭ؟