ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާ އަދި އެމްޕްލޯއިމެންޓް އެޕްރޫވަލްއަށް އެދި ކުންފުނިތަކާއި އަމިއްލަ ފަރުދުން (ސޯލް ޕްރޮޕްރިއޭޓަރޝިޕް) ހުށައަޅާއިރު، ސައްޙަ ނޫން (ފޯޖް) ލިޔެކިޔުންތައް ހުށައަޅަމުން އަންނަ ކަމަށް އިކޮނަމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނަމިކް މިނިސްޓްރީން މިއަދު ވިދާޅުވީ މި ފަދަ ސައްޙަ ނޫން ލިޔެކިއުންތައް ހުށަނޭޅުމަށް މި ނިސްޓްރީއިން އިލްތިމާސް ކުރައްވާ ކަމަށެވެ.

ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކޯޓާ އަދި އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވޭ ހުރިހާ މަސައްކަތްތަކަށްވެސް ކޯޓާ އަދި އެމްޕްލޯއިމެންޓް އެޕްރޫވަލް މިނިސްޓްރީއިން ދަނީ ދޫކުރަމުން ކަމަށް އިކޮނަމިކް މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

މިނިސްޓްރީއިން ދޫކުރެވޭ ހުއްދަތައް އަވަސް އަދި ފަސޭހަ ގޮތެއްގައި ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ވެސް މިނިސްޓްރީއިން ދަނީ މަސައްކަތްކުރަމުން ކަމަށް އިކޮނަމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އެހެންކަމުން ކޯޓާ އަދި އެމްޕްލޯއިމެންޓް އެޕްރޫވަލްއަށް އެދޭ ފަރާތަކުން، ސައްޙަ ނޫން ލިޔުމެއް ހުށައަޅުއްވައިފިނަމަ، އެ ފަރާތަކާ މެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ބިދޭސީން ގެނައުމުގެ ހުރިހާ ކަމެއް ކުރުން ރައީސް ޞާލިހްގެ ސަރުކާރުން ވަނީ އިކޮނަމިކް މިނިސްޓްރީ އާއި ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަދާލަތު

    ސައްޙަނޫން ގޮތުގައި މިޤައުމަށް އަރާ ހުރިހާބާވަތަކުން ވަގު ވިޔަފާރިއާއި، ވަގު މަސައްކަތްކުރާ ލައްކަޔަކަށްވުރެން ގިނަ ބަންގާޅީން ފުރަތަމަ ފޮނުވާލެއްވުމަށްފަހު ދެން ތިޔަކަމާއި އުޅުއްވުން ރަނގަޅުވާނެކަމަށް ފެނޭ.

  2. ދުލާލު

    ތީ އާކަމެއްނޫން ސައްހަނޫން ލިޔުންތައް ލީމަ މާއަވަސްކަންތައް ތައް ހަމަޖެހެލެއް..ތީނޭގިވާކަމެއްވެސް ނޫން

  3. ޢިކުރާމު

    ބިދޭސީންގެ މައްސަލަ ހައްލުވާނީ ބިދޭސީން ގެންނަ ފަރާތްތައް ގާނޫނާ ހިލާފުވީމަ ހަރުކަށި އަދަބު ދެވިގެން

  4. ބުރޯ

    ކޮންސްޓްރެކްސަން މަސައްކަތްތަކަށާށާ ،އޮޑިދޯނިފަހަރާ ސައިހޮޓާރެސްޓޯރަންޓާ ފިހާރަތަކުގާ މަސްއްކަތް ކުރާނެ ދިވެހިން ހޯދާނަމަ ޖެހޭނީ ވަރަށް ބޮޑެތި މުސާރަދޭން . އެހެން ވެއްޖެނަމަ ހުރިހާ ފަރާތްތައް ބަގްރޫޓް ވެގެންދާނެ . މިހާރު ބިދޭސީންނަށް ދޭ މުސާރަތަކުން ވެސް ކިރިޔާ މިތަންތަން މި ހިފެހެއްޓެނީ .ދިވެހިން ހޯދުމުގެ ނަމުގާ ދިވެހިންނަށް ވަޒީފާ ދިނުމުގެ ނަމުގާ މަތީގާ ދެންނެވި މަސައްކަތް ތަކަށް ބޭނުންވާ މިންވަރަށް ބޭރު މީހުން ނުދިނުމުން އެ މަސައްކަތް ކުރާނަމަ މަޖްބޫރުވޭ ވަގުލިއުން ހަދައިގެންނަމަވެސް މީހުން ހޯދަން ނުވަތަ ކޯޓާ ނެތް ބިދޭސީންލައްވާ މަސައްކަތް ކުރުވަން. މަސައްކަތް ހުއްޓާލެވެން ނެތް އިރު މުއްދަތަށް ބިޑްގެ މަސައްކަތްވެސް ނިންމަން ޖެހޭ. ވީމާޖެހޭނީ މަގުމަތިން މީހުންނަގަން . ވަގަށް ބިދޭސީން އެތެރެ ކުރަން. ކޮންޓްރެކްޓަރު ވެސް ބޭނުމެއްނުވޭ އިތުރު ބަޔަކު ގެންގުޅެފާ މުސާރަދޭކަށެއް. ވީމާ ކޮންމެ ކަމަކަށްވެސް އެ މަސައްކަތުގެ އޯނަރު އެދޭ މިންވަރަކަށް ކޯޓާ ދޫކުރަން ފެށުމުން މިހާރު މަގުމަތީ މަސައްކަތް ހޯދަން އެއުޅޭ ބިދޭސީންނެއް ރާއްޖެނާންނާނެ. ބިދޭސީންތިބޭނީ ކޮންމެވެސް ވަޒީފާއެއްގާ ރަޖިސްޓަރީ ވެފަ. ދިވެހި ޒުވާނުން ލަދުގަނޭ ސޭލްސްމަން ،ވެއިޓަރު ކޮންސްޓްރެކްސަން މަސައްކަތު ބޯޓް ދޯނިފަހަރު ގާ މަސައްކަތު ވަޒީފާތަކު އުޅޭން. ވީމާ މިވަޒީފާތަކަށް އޯނަރު އެދޭ އަދަދަށް ކޯޓާ ދޫކޮށް ބިދޭސީންގެ މައްސަލަ ހައްލު ކުރަން ވިސްނަން ނުވޭތޯ ؟ ދިވެހިންނާމެދު ވިސްނައިގެނެއް ތިޔަކަމެއް ހައްލެއްނުވާނެ.

    2
    1
    • މަންޖެ

      ވަރަށް ހަނި ވިސްނުމެއްގަ ލިޔެފަ އިން ކޮމެންޓެއް...މި...މިހާރު މި ދައްކަނީ އެމީހުން އަމިއްލަ ވިޔަފާރި ކުރާވާހަކަ..މާލޭގަ ގެސްޓް ހައުސް ހިންގާ ދިވެހިންނަށް ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ވާހަކަ..