ކުޑަ ދެ ފިރިހެން ކުދިންނާއި ބެހުނު ކަމަށް ބުނެ ހުޅުމާލެ މަގުމަތީ ގަން ހިންގުވުމަށް ފަހު ހައްޔަރު ކުރި މީހާ ބަންދު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އިތުރަށް އޭނާ ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކޮށްފައި ނުވާކަމާއި އަދިވެސް އޭނާ މިނިވަންކަމާއި އެކު އުޅެމުންދާކަން އެނގިއްޖެއެވެ.

މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ މަގުމަތީގައި ބޮކްސާގައި ގަން ހިންގުވުމަށްފަހު ފުލުހުންނާއި ހަވާލު ކުރުމުންނެވެ.

އޭނާ ދޫކޮށްލީ ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރު ކުރަން ގެންދިއުމުންނެވެ.

ހުޅުމާލޭގައި ކުޑަކުއްޖަކާއި ބެހުނު ކަަމަށް ބުނާ އެ މީހާ "ގަން ހިންގުވާފައި" ގެންގޮސް ފުލުހުންނާއި ހަވާލު ކުރުމުގެ ކުރިން ނަގާފައިވާ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ ދައުރުވިއެވެ. އެ ވީޑިއޯގައި އެ މީހާ އެ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް އެއްބަސްވިއެވެ.

ކޯޓުން އޭނާ ދޫކޮށްލީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ 45 ވަނަ މާއްދާގެ ހ އާއި ހިލާފަށް ފުލުހުން އަމަލުކޮށްފައިވާތީއެވެ.

އެ މާއްދާގައި ބުނަނީ "ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓުގެ އަމުރަކާ ނުލާ ނަމަވެސް މީހަކު ހައްޔަރުކޮށްފިކަމުގައި ވާނަމަ ލަސްނުކޮށް އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް އޭނާ ގެންދަން ވާނެ"އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ނެއިބާހޫޑް 2 ގެ ފްލެޓް ކައިރިންނެވެ. އެހެން ނަމަވެސް އެ ނެއިބާހޫޑްގެ ފުލުހުންގެ މަރުކަޒަށް އޭނާ ގެންދިއުމުުގެ ބަދަލުގައި ގެންދިޔައީ ނެއިބާހޫޑް 1ގައި ހުންނަ މައި ފުލުހުންގެ މަރުކަޒަށެވެ.

މިއަދު އެކަން އޭނާގެ ވަކީލުން ފާހަގަކުރުމުން ގާނޫނާއި ހިލާފަށް އޭނާ ހައްޔަރުކޮށްފައިވާތީ އާއި ތަހުގީގުގައި އޭނާގެ ބައިތައް ނިމިފައިވާތީ ކޯޓުން އޭނާ ދޫކޮށްލަން ނިންމީއެވެ.

މިހާރަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހުށަހެޅޭ މައްސަލަތައް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުތްއަލީ

    ތިޔާ އެހާ ބޮޑުކަމެއް ނޫނެއްނު. ރާއްޖޭގެ މިހާރުގެ ރައީސްވެސް އެކަހަލަ ބޮޑު މުޖުރިމަކު މިނިވަން ކޮއްދިނީތާ ދޯ. އެކަމަކު ވަރައް ދެރަވަރު ކަންކަން މިހުންނަނީ.

    12
  2. ބޮޑުފިލި

    އަދީބު ބުރޯވެސް ފިލީ ، ފިލާފައިވަނިކޮށް އަތުގަލައިގަތީ، މިހިރީ ބޮޑުކަމެއްނޫން.

  3. ޖ

    އަންދާގާނޫނު