އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ފްރޭމް ކޮށްގެން ހައްޔަރު ކުރެވިދާނެކަމުގެ އިންޒާރު ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްވިކަމަށް ވިދާޅުވެ ލުތުފީ އިތުރު ތަފްސީލްތަކެއް ހާމަކުރައްވައިފިއެވެ.

ލުޠުފީ އަށް އިންޒާރުދިން ވާހަކަ ރަހުމަތްތެރިޔަކާއި އެކު ލުތުފީ ދައްކަވާ ފޯން ކޯލެއްގެ އޯޑިއޯ މީސްމީޑީއާގައި އާއްމުވުމާއި ގުޅިގެން "ސަންގު ޓީވީ" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ލުތުފީ ވިދާޅުވީ ހޯމް މިނިސްޓަރ އިމްރާން އޭސީސީއަށް ވަޑައިގެން އަދި ފޯނުން ގުޅުއްވައި އޭނާ އަށް އިންޒާރު ދެއްވި ކަމަށެވެ.

"އަޅުގަނޑަށް އިންޒާރު ދިން. އިންޒާރު ދިން ވާހަކަ އަޅުގަނޑު އެ ކޯލްގައި (ލީކުވި ރެކޯޑިންގ) ގައި ދައްކާފައި އެއޮތީ. އަޅުގަނޑަށް އިންޒާރުދިން." ލުޠުފީ ވިދާޅުވިއެވެ.

ލުޠުފީ ވިދާޅުވީ، ފްރޭމްކޮށްގެން ވެސް ހައްޔަރުކުރެވިދާނެކަމުގެ އިންޒާރު ހޯމް މިނިސްޓަރ އިމްރާން އޭނާއަށް ދެއްވި ކަމަށެވެ.

"އާދެ އާދެ އަޅުގަނޑަށް ފްރޭމް ކޮށްގެންވެސް ތިމަންނައަށް ހައްޔަރުކުރެވިދާނެ ވާހަކަ އަޅުގަނޑާ ދިމާއަށް ބުނި. ތިމަންނަ ބޭނުން ކަމަށް ވެއްޖިއްޔާ ފްރޭމް ކޮށްގެންވެސް ކަލޭ ހައްޔަރުކުރެވިދާނޭ، ހަމަ ސީދާ އެގޮތަށް އަޅުގަނޑާ ވާހަކަދެއްކީ. ވާހަކަ ދައްކާފައި އިންޒާރުދިން އަޅުގަނޑަށް." ލުޠުފީ ވިދާޅުވިއެވެ.

އޭސީސީގެ ރައީސް ކަމުގައި ހުންނަވިކޮށް އޮފީހަށް ނުނިކުތުމަށް ބުނެ އިންޒާރު ދިންކަމަށް ލުޠުފީ ވިދާޅުވިއެވެ.

"އަޅުގަނޑު އޮފީހަށް ގޮސްފައި އަޅުގަނޑަށް އިންޒާރުދީފައި އަޅުގަނޑު އޮފީހަށް ނިކުމެގެން ނުވާނެ ކަމާއި، އަޅުގަނޑުގެ ނަމުގައި ހުރި ބޯޓުފަހަރާއި، ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، އަޅުގަނޑަކަށް ނޭނގެ އެއެއްޗެހި ވީތަނެއް އަދިވެސް، އެއެއްޗެހި އަޅުގަނޑުގެ ނަމުގައި ހުރި ވާހަކަ، ދެން އެއެއްޗެހި ހޯއްދަވާފައި އަޅުގަނޑަށް ޚަބަރުކުރައްވާނެ ކަމަށް އަޅުގަނޑު މި އުއްމީދުކުރަނީ." ލުޠުފީ ވިދާޅުވިއެވެ.

ލުޠުފީ އިތުރަށް ވިދާޅުވީ، އޭގެ އިތުރުން ކާކުކަން ނޭނގޭ މީހުން ގުޅައި މަރުގެ އިންޒާރުވެސް ދީފައިވާ ކަމަށެވެ.

ލުޠުފީ ވިދާޅުވީ، އިންޒާރު ދިން މައްސަލަ ކަމާބެހޭ އެއްވެސް އިދާރާއަކަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ.

"އެއްވެސް ސިފައެއްގައި ރިޕޯޓެއް ނުކުރަން. އަޅުގަނޑު ޤަބޫލެއް ނުކުރަން ރިޕޯޓްކޮށްގެން އޭގެން އެއްވެސް ފައިދާއެއް ވާނެކަމަކަށް. އަޅުގަނޑަށް ނުފެންނާތީވެ ނުކުރީ. އަޅުގަނޑަށް ޤަބޫލުނުކުރެވެނީ އިންސާފު ލިބިދާނެކަމަށް." ލުޠުފީ ވިދާޅުވިއެވެ.

ލުތުފީގެ ވާހަކަފުޅުތަކާއި ގުޅިގެން މިނިސްޓަރ އިމްރާން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. މިނިސްޓަރ އިމްރާން މިހާރު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގައެވެ.

ލުތުފީ އޭސީސީގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ މިދިޔަ މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ނާދިރާ

    ދީންވެރި އަދުލުވެރި އިމްރާން.... ކިހާ އަދުލުވެރި... ނުބައި ނުލަފާ މީހުންވެސް އުޅޭ.. މީބޮޑުވަރު

    92
    9
    • ޒައި

      ދީން ވެރިންނަކީ މީހުންދައްކާ ތޯތޯ ވާހަކައަޑުއަހާ ދެން ތިބޭ މީހުނަށް ނުބައި ނުލަފާއަށް ނުގޮވާ ކަމުގެ ހަޤީޤަތް ބެލުން.. ލުތުފީ ފިލައިފަ ސަލާމަތްވާން މޮޅު ގޭހެއް އަނބުރަން ރައްޓެއްސަކާއެކު ފޯނެއް ކޮށްލާފަ އެ އާންމުކުރިޔަސް އަދި އެއީ ހަޤީޤަތަކަށް ނުވާނެ ދެއްތޯ؟

      13
      51
  2. ސަޒާ

    ލުތުފީގެ ވާހަކައަކީ ތެދެއްކަމަށް ވަނީނަމަ ވަރަށްވެސް ދެރަ........ ދެން ބުނާނެ އެއްޗެއްނެތް

    90
    5
  3. ދިމްނާ

    އެއީ ކުރީގެ އިމްރާނެއްނޫން. މަޤާމާ ހައިސިއްޔަތު ލިބުމުން މިހާރު ދީނޭވެސް ނުކިޔާނެ.މީގޭން އެގުނީ އިމްރާނު ނިކުތީ ރާއްޖޭގެ އިސްލާހު ކުރާކަށް ނޫން ކަން. މަޤާމާ ހައިސިއްޔަތު ނުލިބިގެންކަން.

    82
    6
  4. ޅަބޭ

    އިމްރާނުގެ ހަރާމްޒާދޭކަމަކީ އެންމެ ފޮޅުވަތަކުން ބަޔާން ކުރެވޭނެ ކަމެއް ނޫން. އެއައްވުރެ މާބޮޑު ޖައްބާރެއް އެއީ.

    73
    3
    • ށަނޫން

      ޚެކެކެ. ޢިމްރާން ހަރާމްޒާދާ
      ???

      13
      1
  5. ޢާއިޝަތު

    ލުޠުފީއަށް ކެތްތެރިކަން މިންވަރުކޮށް ދެއްވާދޭނވެ. އިންޝާ ﷲ އަދި މިސަރުކާރު ގެންނަން މަސައްކަތްކުރި އެންމެންގެ ސޫރަ ރައްޔިތުންނަށް ފެންނާނެ

    74
    5
  6. ޙަމްދޫން

    ދޮގު ހެދިޔަސް ތިއީ ބޮޑު ވަރު. ކަލޭތީ މަރުވެސް ނުވާނެ މީހެއްތަ! ލުތްފީގެ ނަމުގައި ނޫނަސް އާއިލާ އެކި މީސް މީހުންގެ ނަމުގައި ތަފާތު އެތައް މުދަލަކާ ވިޔަފާރިއެއް ހުންނަކަށް އެއީ ބޮޑު ސިއްރެއް. ތިއީ ސޯސަލް ހައުސިލް ފުލެޓް ނުލިބިގެންވެސް ބޮޑާ ހޭކި މީހެއް

    12
    58
  7. ޅިޔަންބެ

    ތިޔަ އިމްރާން ތިޔަ ފަދަ ހުރިހާ ނުބައެއް ހަދާނެ. ވަރަށް ހަސީލަތް ނުބައި ނުލަފާ މީހެއް. މިއުޅޭ އެހެން ސިޔާސީ ލީޑަރުންނަށް ވުރެ ވެސް މީނަގެ ނުލަފާކަން ބޮޑުވާނެ އަސްލުގައި.

    58
    3
  8. މޯދީ

    ތުބުޅިބާލީމަ މީހާގެ އަސްލު ސިފަ ފެއްނާނީ

    51
    7
  9. އައްޑޫސިޓީ

    އިމްރާން މިހާރުވީ ހައްޖުގެއަޅުކަން އަދާކުރުމަށް މައްކާއައް ގޮސްފަ. ހަސަން ލުތުފީ އަމްރާނުއާ ގުޅޭގޮތުން ތިހާމަކުރީ ވަރަށްބޮޑު ތުހުމަތެއް. އަމްރާން މިހާތަނައް މީޑިއާކުރިމަތީގަ ފާޅުގަމީހުންގެއަބުރުގެއްލޭގޮތައް ސާބިތުނުހިފޭ ބޮޑެތި އިލްޒާމްތައް އަޅުވާފަ ވާކަމީދެބަސްވެވެން ނެތްހަގީގަތެއް. އެހެންކަމުން ލުތުފީހެ ތިޔަތުހުމަތުތައް އިމްރާން ހައްޖުގެ އަޅުކަމަށްފަހު ދޮގުކޮށްފިނަމަ ކޮންމެވެސް އެއްކޮޅުންހަދޭނީ ދޮގެއްކަން ޔަގީން.

    45
    3
  10. މިލާ

    ވާނުވާ އެއްނޭގޭ.މީވެސް ގައުމެއްދޯ..

    30
  11. Anonymous

    މިހާރު ތިވާހަކަ ހާމަކުރުމުން ދޭހަވަނީ ތިބާގެ ފިނޑިކަން. މަޤާމުގައި ހުންވާފައި ތިމާ އިސްތިއުފާމިދެނީ އިމްރާނު ތިމަންނާއަށް މިއިންޒާރު ދީފައިވާތީއޭ. ނޫނީ ތިމަންނަ އޮފީހަށް ނުނިކުންނަން މިހުމްނަނީ އިންރާނު ނުނިކުންނަން އަންގާފައިވާތީއޭ . ބުނެ ނޫސްތަކުން ލިއުނު ލިއުމްތަކަށް ޖަވާބު ދެއްވިނަމަ. ޜައްޔިތުން ތިޔަބަސް ޤަބޫލު ކުރަަނެ. މީއަދުގެ ކުރިން މުތުފީ މިކަހަލަ ވާހަކައެއް އެބަދައްކަވައޭވެސް . ޔޯލައަކަށްވެސް ބުނެފައެއްނެތް. ކަމަކުނުދޭ ތިވާހަކައެއް.

    10
    29
    • ޕްލީޒް ހަޖަމް

      ވަރަށް ކަމުދޭ އެވާހަކަ. ކަލޭ ނޫން ގަބޫލު ކޮށްފި އެވާހަކަ. އެއީ އެބުނާ އިމްރާނޭ ކިޔާ މީހާގެ ނުބައިކަން އެންމެނަށް އެނގޭތީ އޭނަ އެފަދަ ކަމެއް ކޮށްފާނެކަން އެނގޭތީ ގަބޫލުކުރީ.

      15
  12. ނަޖީބު

    ކަލޯ ޖަރީމާތައްހިންގާފަ ގޮސް މެލޭޝިޔާގަ ހުރެވިދާނެކަމަށް ހީކުރަނީތަ؟

    7
    29
  13. ވަތަން

    މީ ދިވެހި ދަޢުލަތަށް ޤައްދާރުވި ދެވަނަ ލުތުފީ

    6
    21
  14. ފިލިލުތުފީ

    ތި ފޭލު ފޯނު ކޯލެއް.. ލުތުފީ ހައްޔަރު ވާނެކަން އެނގޭތީ ފިލައިގެން ގޮސް ދޮގު ވާހަކައެއް ފަޅާލީ.. ދެން މޮޅު ގޭހެއް އަނބުރަން ރައްޓެއްސަކާ ފޯނެއް ކޮށްލާފަ އެ ސޯޝަލް މީޑިއާއަށް ލީ.. ތިހެން ހޭހެއް ނޭނބުތޭނެ ކަލޭގެ ހިޔާނާތާ ފުލެޓުތަކުގެ މައްސަލަ ބެލޭނެ..

    5
    17
  15. ކާނަލް ޖޯޝީ

    ދުވަހަަކު ވަޒީފާއެއް އަދާނުކުރާ ތަޖުރިބާނެއް މީހަކު ހޯމްމިނިސްޓަރް ކަމާހަވާލު ވީމަވާނީތިހެން އެއްމެ ފަހުންވެސް ކޯސްހެދީ މާފުށީޖަލުން ދެތިން މުޒާހިރާ އެއްގަ ބާރައް ހަޅޭއްލަވާ މީހުނައް އިންޒާރު ދިނީމަ މިލިބެނީ މިނިސްޓަރް އެއްގެ މަގާމު ދެންކިހާ ފޯރިއެއް ހުއްނާނެ ބޮޑުކައްކާމެން މެނޭޖުކުރަން

    24
    2
  16. ގައުމުގެ ދޫ

    ސުވާލަކީ ލުތުފީ ޒިންމާދާރު ކަމާ އެކު ވަޒީފާގެ ޒިންމާ އަދާކުރެއްވިތޯ ނުވަތަ ނޫންތޯ؟

    10
    3
  17. އަފިރިންގެ ޚިޔާލް

    އިމްރާންގެ އެއްވެސް އަޚުލާގެއް ނުހުންނާނެ، ކިޔަވާށޭކިޔާފަ ޕާކިސްތާނު ގައި އުޅުނީ ... މުންޑުދަށުގަ... މިއީ ކާކު ހޯމް މިނިސްޓަރ އަކަށް، އެއްވެސް ސިޔާސީ އުރައްޕެއްނެތް. ކުރިމަތިލި ހުރިހާ ދާއިރާއަކުން ފޭލިވީ...ގޮޑި އރއްނެތް 6200 ޕާޓީގަ.

    22
    2
  18. އިހުސާނާ

    ކީކޭ ދެން އަޅެ ފަހެ ބުނާނީ؟ އިމްރާނު މެން ހަމަ ހަޤީޤަތުގަވެސް މި ޒާތުގެ ކަންކަން ކުރަނީތަ އަޅެ؟

    15
  19. މަހޭޝް

    ލުތުފީގެ ބަސް އެކައްޏެއް ނޫން އިމްރާނުގެ ޢަމަލުންވެސް އިމްރާނުގެ އަދުލުވެރިކަމާ، ދީންވެރިކަން އެބަ ފެނޭ.

    14
    1
  20. ގައުމުގެ ދޫ

    ލުތުފީގެ ވާހަކައަކީ ހިނގަމުންދާ ޝަރިއަތަށް ނުފޫޒު ފޯރުވުމަށް ހިންގާފައިވާ ޖަރީމާއެއް. ވަގުތުން އެއްކޮޅެއްގެ ކޮމެންޓުތައް ޖެހިޔަސް ފަރުވާލެއް ނެތް!

    3
    9
  21. ތިމަންނަ

    ކަށްވަޅު އަދިރިވާހާ ދޮގު ނުހަދަ ބަލަ

    1
    4
  22. ހުސެން

    ލުތުފީ ގެ އާރާއި ބާރު ހުރިއިރު ކިތަށް މީހުން ގެ އަބުރު ކަތިލާ ނިކަމެތި ކޮށްލިންތޯ ސާބިތު އެއްވެސް ހެއްކެއްނެތި އެފަދަ ގޮތްގޮތުން އަނިޔާ ލިބުނު މީހުން ގެ ބަދުދުއާ ޖެހިފައި ތިވަނީ ކިތަށް މީހުން ގެ ނަންތޯ ރޭޑިޔޯ އާއި ނޫސް ތަށް އަދި ޓިވީ ތަކަށް ދިނީ ކޮރަޕްޝަން ގެ މިވެނި އަމަލެއް ހިންގީ އޭ ކިޔާފަ ޝަރިޔަތުން ސާބިތު ކުރުމެއްނެތި ތިމާ ކުރި ކަންކަމުގެ ޖަޒާ މިދުނިޔެ މަތިން ވެސް ލުތުފީ އަށް ތިފެންނަނީ ދިރިތިބި މީހުން ނަށް އިބްރަތެއްގެ ގޮތުގައި މިކަން ލައްވާށި

    4
    4
  23. އަލީ

    އިމްރާނޫ ކަލޭ ހުރި ނުބައިކަން ދެކެބަލަ ވަކިބަޔަކު ބުނެގެނެން ޖަރީމާހިންގަން ކަލޭވެސް މަރުވާނެ މަރަކައް ނުފިލޭނެ، ޖަރީމާ ރާއްޖެ ޖަރީމާ ހޯމްމިނިސްޓަރ

    13
  24. ސަނީޒަ

    އިމްރާނު ލުތުފީއައް ވައުލުފުޅު ވިދާޅުވެދެއްވީކަމައްވާނީ.. ލުތުފީއައް ތިޔައުޅެނީ އޮޅިގެންކަމައް ވާނީ..

    3
    1
  25. ލަކީ

    ޙެހެ ކަނޑަ އެޅިގެން ހަސަން ލުތުފީ ހައްދަވަނީ އިތުރު ފުޅު ކޮބާތޯ ލީކުވި އޯޑިއޯގަ އިމްރާނުގެ އަޑު އެއްވެސް މީހަކު އިންޒާރެއް ނުދޭ އޭރު ސަރުކާރުން ކުރާ ކޮންމެ ކަމެއް ވަރަށް ސާފު އަސްލު ލުތްފީ ވެސް ވަރަށް ކަންތަ
    ޙިންގާފަ އޮތީ އެހެންވެ ފީލީ

    3
    6
  26. މުހައްމަދުމޫސާ

    ތިލުތުފީ މޮޅުގޭމެއްކުޅެނީ ވަގަކުވީމަ

    1
    1
  27. މަޒީ

    ގަމާރުވެގެން ކުރާކަމެއް ނޫން މީހުންނަށް ބިރު ދެއްކުމަކީ. މަޤާމުގެ ދަހިވެތިކުގައި ކޮށްފާނެ ކޮންމެފަދަ ކަމެއްވެސް.

  28. ދެމިޔަކަން

    އިތުރަށްކުރަން ޖެހޭ ފުރޭމެއްއެބައޮތްބާ
    ތިޔައީ އޭސީސީގަހުރި ބޮޑުވަގު ފަސްމާވުލު ފަސް
    ވަގުންގެ 1ވަގު ދެންކޮން ފުރޭމެކޭ ކިޔާއޮގެން
    އަމިއްލަ ގޭމެއް ކުޅެ އޯޑިއޯއެއް ހަދާއިގެން
    ކޮންސަކަރާތެއް ތިޖަހަނީ
    ތިހުރީބެދޭ މަޅީގަ ކޮންމެ އަތަކަށް ޖެހުނަސް
    ވާނީ ބާރު
    ދެންވެސް މަޑުން ހުރެވޭތޯބަލާބަލަ
    ތިއީވެސް ދޮގެއް ހަަދަންހުރީވެސް ދޮގު
    ހެދޭނީވެސް ދޮގު
    ﷲ އިރާދަކުރެއް ވިއްޔާ ލަހެއް ނުވެ ފަޅާަރާބެ

  29. ހުސެން

    މޮޔައަކު ގަބޫލުނުކުރިޔަސް މިއުޒިކާ ލަވަޔާއި ދެ ޖިންސު އެކުވެގެން ގަލޮޅު ދަނޑުގައި ނާޗަރަންގީ ކުޅެފަ މީހަކު ހައްޖަށް ވެސް ގޮސްފި،ދެން އަތްތިލައިން ނިތްކުރީ ގައި ޖަހާ

  30. އަފީ

    ސޭކަށް ޓެރަރިޒަމްގެގެ ދައުވާ ކުރަން ޖެހޭ

  31. ކައުންސެލަރު

    ކައުއިތުރު ރަސޫލާގެ ހަދީސް ބަސްފުޅެއްގައި އޮންނާނެ ފާސިޤަކު ޚަބަރަކާއިގެން އައިއްސިއްޔާ އެޚަބަރުގެ ދޮގުތެދު ބަލާށޭ. މީހަކު ހަމަ ބުނާހާ އެއްޗަކަށް ރައްދު ދިނުމުގެ ބަދަލުގައި ކަންއޮތްގޮތް މިތާ ކޮމެންޓް ކުރާ ފަރާތްތަކުން ބެލުން ބުއްދިވެރި. ފްރޭމް ކުރާނެއެކޭ ނޫން އަދި ނުކުރާނެއެކޭވެސް ނޫން. އެކަމަކު ލުޠުފީ ދުވަސް ގަނޑެއްގައި އޮފީހަށް ނުނުކުތުމާ ފުރައިގެން ގޮސް ރާއްޖެއިން ބޭރުގައި ހުރުމުގައި ހަމަކަށަވަރުންވެސް ވާހަކަތަކެއް އޮންނާނެ.