13:53

މިއަދުގެ އަޑުއެހުން ނިންމާލައިފި. ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް ގާޒީ އިއުލާނެއް ނުކުރައްވާ.

13:52

ގާޒީ ހައިލަމް: ހެކިވެރިޔާ އާއި ސުވާލު ކުރުން ނިމުނީ. ނަމަވެސް އަދި އޭސީސީގެ ރިޕޯޓާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓާއި ބެހޭ ގޮތުން ވާހަކަދެއްކުމަށް އިތުރު ދުވަހު ހާޒިރު ކުރެވޭނެ.

13:51

ގާޒީ ހައިލަމް: އެކައުންޓް ފްރީޒް ނުކުރީ ކީއްވެތޯ؟

މުއައްވިޒް: ކޮމިޝަންގައި މަޝްވަރާ ކުރިން އެކައުންޓް ފްރީޒް ކުރުމަށް ކޯޓަށް ހުށަހެޅުމާއި މެދު. ނަމަވެސް ކޮމިޝަނުން ގޮތެއް ނުނިންމާ އެކަމުގައި.

13:43

ޔާމީން: މީހެއްގެ އެކައުންޓް ގައި ހުރި ފައިސާ ހޯލްޑް ކުރަން އެއްވެސް އިދާރާއަކުން ނާންގަނީ، ކޯޓުން ފްރީޒް ނުކުރަނީސް ފައިސާ އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސްފާ ކުރުމަކީ މަނާ ކަމެއްތޯ؟

މުއައްވިޒް: އަޅުގަނޑަކަށް އެނގިފައެއް ނެތް.

13:39

ޔާމީން: އެކްސްކްރޯ އެކައުންޓްގައި ހުރި ފައިސާ އަކީ ދައުލަތައް ލިބެން ޖެހޭ ފައިސާ ކަމަށް ނިންމައިފިންތޯ؟ ތަކުރާރުކޮށް ޔާމީން ސުވާލު ކުރެއްވި.

މުއައްވިޒް: އެއީ ދައުލަތައް ލިބެން ޖެހޭ ފައިސާ ކަމަކަށް އަދި ނުނިންމަން.

13:37

ޔާމީން: އެކައުންޓްގައި ހުރި ފައިސާގައި އަތްނުލާން އޭސީސީ އިން އެންގިއިރު އެފައިސާ އިންވެސްޓްމަންޓް ބޭންކަށް ޖަމާކުރިތާ އެއް އަހަރު ވެއްޖެ.

13:36

ޔާމީން: އެއްބަސްވުމުގައި ބުނަނީ އެކްސްކްރޯ އެކައުންޓްގައި ހުރި ފައިސާ އާއި މެދު 12 މަސް ދުވަސް ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް. އެއަށް ގޮތެއް ނިންމިންޖެއްތޯ؟

މުއައްވިޒް: ތިކަމަށް ގޮތެއް ނުނިންމި އޮތީ 3 ވަނަ މާއްދާގައި ބުނާ ފައިސާ އެކްސްކްރޯ އެކައުންޓްގައި ނެތުމުން.

13:33

ޔާމީން: އިސްލާމިކް ބޭންކްގައި ހުރި ފައިސާގައި އަތްނުލާން ނޭނގީ ކޮންއިރަކުތޯ؟

މުއައްވިޒް: ކިހައި ވަގުތެއް ކަމެއް ނޭނގޭ.

ޔާމީން: 2018 ފެބްރުއަރީ ގައި އެބެއް އޭސީސީ އިން ސިޓީއެއް ފޮނުވާފައި ފައިސާގައި އަތްނުލަން.

13:31

ޔާމީން: ކިހައި ވަގުތެއް މިތަޙްޤީޤު ކުރިއަށް ދިޔައީ؟ ކިހިނެއްތޯ މިކަން ކުރިއަށް ދިޔައީ؟

މުއައްވިޒް: ކިހައި ވަގުތެއް ކަމެއް ނޭނގޭ.

ޔާމީން: ސުވާލުތައް ރައީސް އޮފީހަށް އީމެއިލް ކޮށްފައި ވަނީ ކީއްވެތޯ؟

މުއައްވިޒް: އެއީ ރައީސް އޮފީހުން އެދުމުން.

13:28

ޔާމީން މުއައްވިޒާއި ސުވާލު ކުރަން ފައްޓަވައިފި.

13:13

ޔާމީންގެ ވަކީލް އަލީ ޝާހް: ކީއްވެގެންތޯ 2019 ވަނަ އަހަރު ފުލުހުންނަށް ބަޔާން ދެއްވީ؟ މިއީ 2015 ގައި ހިނގި ކަމަށް ބުނާ މައްސަލައެއް.

މުއައްވިޒް: އެއީ ފުލުހުން ބަޔާނަކަށް އެދުނު ތާރީޚް ކަމަށް ވާތީ.

13:12

ޔާމީންގެ ވަކީލް އަލީ ޝާހް: ޔާމީންގެ އެކައުންޓްތައް ހުއްޓުވަން އަމުރެއް ނެރެން މަސައްކަތް ނުކުރީ ކީއްވެތޯ؟

މުއައްވިޒް: އެއީ އަމުރެއް ނެރުމަށް ފުލުހުންނަށް ވެސް ދަތިތަކެއް ހުރިކަމަށް ފުލުހުން ވިދާޅުވެފައި ވުމުން.

13:10

ޔާމީންގެ ވަކީލް އަލީ ޝާހް: ރިޕޯޓް ތައްޔާރު ކުރުމާއި ހަމައަށް ޔާމީންގެ މައްޗަށް ތުހުމަތެއް ކުރިންތޯ؟

މުއައްވިޒް: ޔާމީންގެ މައްޗަށް ތުހުމަތެއް ކޮށްފައެއް ނުވާނެ.

13:09

ޔާމީންގެ ވަކީލް އަލީ ޝާހް: އެސްއޯއެފްގެ މައްޗަށް ތަޙްޤީޤެއް ހިންގިންތޯ؟

މުއައްވިޒް: އެސްއޯއެފްގެ އެއްވެސް މައްސަލައެއް ތަޙްޤީޤެއް ނުކުރަން. އެސްއޯއެފް އާއި ގުޅުން ހުރި މައްސަލަތައް ތަޙްޤީޤު ކުރިން.

13:04

ޔާމީންގެ ވަކީލް އަލީ ޝާހް: އެކްސްކްރޯ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ކުރިންތޯ ފަހުންތޯ ފައިސާ ޓްރާންސްފާ ކުރީ؟

މުއައްވިޒް: ލިޔުންތަކުން ފެންނަ ގޮތުގައި އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރީގައި ފައިސާ ޖަމާކޮށްފައި ވަނީ.

13:01

ޔާމީންގެ ވަކީލް އަލީ ޝާހް: އެކްސްކްރޯ އެއްބަސްވުމުގައި ސޮއި ކުރިއިރު ޔާމީންގެ އެކައުންޓްގައި ފައިސާ ހުރިކަން ވެރިފައި ކުރިންތޯ؟

މުއައްވިޒް: ވެރިފައިއެއް ނުކުރަން.

13:00

ޔާމީންގެ ވަކީލް އަލީ ޝާހް: އެކްސްކްރޯ އެކައުންޓެއް ގާއިމް ކުރުމަށް ތިބޭފުޅުންނަށް އޮތީ ކޮން ޤާނޫނީ ހުއްދައެއްތޯ؟

މުއައްވިޒް: އެކްސްކްރޯ އެކައުންޓެއް ގާއިމް ކުރަން ޤާނޫނު މަނައެއް ނުކުރޭ. ނަމަވެސް ފިނޭންސްގެ ހުއްދައެއް އެކަމަށް ހޯދިން. އެކްސްކްރޯ އެކައުންޓެއް ހެދީ ދައުވާ ލިބޭ ފަރާތުން އެކަމަށް އެދުމުން.

12:58

ޔާމީންގެ ވަކީލް އަލީ ޝާހް: ޤާނޫނުގައި ބުނާ ނޯޓިސް ނުފޮނުވީ ކީއްވެތޯ؟

މުއައްވިޒް: ނޯޓިސް ފޮނުވަނީ ފޯނުން ހާޒިރުވާން އަންގާ ހާޒިރު ނުވެއްޖެނަމަ. އޭސީސީ އިން އަމަލު ކުރަނީ ދައުލަތުގެ ވެރިން މަސައްކަތް ކުރާ އިދާރާއަކަށް ހާޒިރުވެ ބަޔާން ނެގުން.

12:55

ޔާމީންގެ ވަކީލް އަލީ ޝާހް: ޔާމީންގެ ބަޔާން ނެގުމުގެ ކުރިން ލިބޭ ޙައްޤުތައް އެންގިންތޯ؟

މުއައްވިޒް: ނޫން. އެއީ ތުހުމަތެއް ކުރެވިގެން ނެގުނު ބަޔާނެއް ނޫން. މައުލޫމާތެއް ސާފުކުރަން ނެގި ބަޔާނެއް ނޫން.

12:49

ޔާމީންގެ ވަކީލް ސިޔާޒް: އެއް މިލިއަން ޑޮލަރަކީ ދައުލަތައް ލިބެން ޖެހޭ ފައިސާ ކަމަށް ނިންމާފައިވޭތޯ؟

މުއައްވިޒް: ކޮމިޝަނުން އަދި ނެތް ނިންމާފައެއް އެއީ ދައުލަތައް ލިބެން ޖެހޭ ފައިސާ ކަމެއް ނިންމާފައެއް.

ޔާމީންގެ ވަކީލް ސިޔާޒް: ދެން ޔާމީނާއި ބައްދަލު ކުރިއިރު އެއީ ދައުލަތައް ލިބެން ޖެހޭ ފައިސާ ކަމަށް ވިދާޅުވީ ކިހިނެއްތޯ؟

މުއައްވިޒް: މުއާމަލާތް ކުރެވިފައި ހުރި ގޮތުން އެގޮތައް ދެންނެވީ.

12:45

ޔާމީންގެ ވަކީލް ސިޔާޒް: ޔާމީނާއި ބައްދަލު ކުރީ ކޮންއިރަކު ކޮންތާކުތޯ؟

މުއައްވިޒް: 2016 އަދި 2017 ވަނަ އަހަރު ބައްދަލު ކުރިން. އަޅުގަނޑާއި އެކު ހަސަން ލުތުފީ ދެބައްދަލުވުމުގައި ވެސް ބައިވެރިވި.

12:44

ގާޒީ ހައިލަމް: މިވަގުތު ސުވާލު ކުރެވޭނީ ހަމައެކަނި ހެކިބަހާއި ބެހޭ ގޮތުން.

12:44

ޔާމީންގެ ވަކީލް ސިޔާޒް: ހެކިވެރިޔާ މޯޓިވް އާއި ބެހޭ ގޮތުން ސުވާލު ކުރެވޭނެ.

12:39

ޔާމީން: އަޅުގަނޑުމެން ވާހަކަދައްކަން ޖެހޭނީ ގާޒީ ހުއްދަ ދެއްވުމުން ކަމަށް އެބަ ވިދާޅުވޭ. ނަމަވެސް ޕްރޮސެކިއުޓަރުން ކަންތައް ކުރައްވަނީ އެހެންނެއް ނޫން.

12:31

ޔާމީންގެ ވަކީލް އަލީ ޝާހް: ރިޕޯޓްގެ ސައްހަ ކަމާއި ބެހޭ ގޮތުން މުއައްވިޒް އާއި ސުވާލެއް ނުކުރެވޭނެ. ހެކިވެރިޔާ އަކީ ރިޕޯޓްތަކުގެ ސައްހަކަން ކަށަވަރު ކުރަން ގާޒިރުކުރި ފަރާތެއް ނޫން.

12:26

މުއައްވިޒް: އެސްޓީއެފް އެއް ނޮވެމްބަރ މަހު ލިބުމުން އޭސީސީއަށް އެނގުނީ އެއްބަސްވުމާއި އެއްގޮތައް ނޫންކަމަށް ފައިސާ ޖަމާކޮށްފައި ވަނީ.

12:23

މުއައްވިޒް: އެކައުންޓަށް ފައިސާ ޖަމާކުރުމުން އެކްސްކްރޯ އެއްބަސްވުން ނިމުމަކަށް ގެނައިގެން.

12:17

ރިޕޯޓް ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވުމުން ގާޒީ ހައިލަމް ވިދާޅުވީ ރިޕޯޓާއި ބެހޭ ގޮތުން ސުވާލު ކުރުމަށް ހެކިވެރިޔާ އެހެން ދުވަހެއްގައި ހާޒިރު ކުރެވޭނެ ކަމަށް.

12:15

ގާޒީ ހައިލަމް: އެލިޔުން ދައުވާ ލިބޭ ފަރާތާއި ހަވާލުކުރެވިފައެއް ނުވޭ.

12:13

އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި އޭސީސީ އިން ތައްޔާރު ކުރި ރިޕޯޓް ނުލިބޭ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވޭ. ނަމަވެސް ދައުލަތުން ވިދާޅުވަނީ އެރިޕޯޓް ހަވާލު ކުރެވިފައިވާނެ ކަމަށް.

12:09

މުއައްވިޒް: އޭސީސީ އަށް ގަބޫލު ކުރެވުނު ފައިސާ ޖަމާކުރި ފަރާތްތަކުގެ ބަޔާން ނަގަން ޖެހޭނެ ކަމަށް އޭސީސީ އަށް ގަބޫލު ކުރެވުނު. ނަމަވެސް އެފަރާތްތައް ހާޒިރު ނުކުރެވިގެން މައްސަލަ މަޑުޖައްސާލަން ޖެހުނު.

12:07

މުއައްވިޒް: އެއްމިލިއަން ޑޮލަރުގެ މައްސަލައިގައި ޔާމީންގެ ބަޔާން ނެންގެވިއިރު އެފައިސާ އޭސީސީ އަށް ޖަމާކުރަން އެދުނިން. ޔާމީން ވިދާޅުވި އެއީ ކެމްޕޭނަށް ލިބުނު ފައިސާ ކަމަށް. އެފައިސާ ޖަމާވީ ކޮން ފަރާތަކުން ނުބައްވަލާ ކަމަށް ޔާމީން ވިދާޅުވި.

12:00

މުއައްވިޒް: ޔާމީންގެ އެކައުންޓް ސްޓޭޓްމަންޓެއް ލިބުނީ ދެވަނަ ފަހަރަށް އެދިގެން. އެކައުންޓް ސްޓޭޓްމަންޓް ރައީސް އޮފީހުން ލިބުނު. 2016 ވަނަ އަހަރު އެމައްސަލައިގައި ބަޔާނެއް ނަގަން އޭސީސީ އިން މަސައްކަތް ކުރިން. ނަމަވެސް ބަޔާން ލިބުނީ 2017 ވަނަ އަހަރު.

11:58

ދައުލަތުގެ ވަކީލް އައިޝަތު: އެމްއެމްޕީއާރްސީ މެދުވެރިކޮށް ކޮރަޕްޝަންގެ ފައިސާ އާއި ގުޅޭ މައްސަލަތައް ތަޙްޤީޤު ކުރަން ފށީ ކޮންއިރަކުތޯ؟

މުއައްވިޒް: 2015 އަހަރު އޭސީސީ އިން މައްސަލަ ތަޙްޤީޤު ކުރަން ފެށި. ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީން ކުރެވުނީ 2016 ވަނަ އަހަރު.

11:55

ދައުލަތުން ހެއްކެތްގެ ގޮތުގައި ހުށަހެޅި އޭސީސީގެ ރައީސް މުއައްވިޒްގެ ހެކިބަސް ނަގަން ފަށައިފި.

11:48

ގާޒީ ހައިލަމް: ޔާމީން ހުށަހެޅި ހެކިން ބަލައިގަންނަން ނިންމައިފިން.

11:47

ދައުލަތުގެ ވަކީލް އައިޝަތު: ކިތާބީ ހެއްކާއި ބެހޭ ގޮތުން އިތުރަށް ފާހަގަ ކުރަން ބޭނުންކަމެއް ނެތް.

11:46

ދައުލަތުގެ ވަކީލް އައިޝަތު: ދައުލަތަކުން ނުބުނަން އެސްއޯއެފްގެ ހުރިހާ މުއާމަލާތްތަކަކީ ޤާނޫނާއި ހިލާފު ފައިސާ ކަމަކަށް.

11:45

ދައުލަތުގެ ވަކީލް އައިޝަތު: ހަމައެކަނި ނޫސްބަޔާނުގެ މައްޗަށް ބިނާކޮށް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ މަނީލޯންޑްރިން ކޮށްފައި ހުރި ފައިސާ ނޫންކަމަކަށް ނޭނގޭނެ.

11:43

ދައުލަތުގެ ވަކީލް އައިޝަތު: އެމްއެމްއޭގެ ނޫސްބަޔާނަކީ ހަމައެކަނި މިއުމަލާމަތާއި ބެހޭ ބަޔާނެއް ނޫން.

11:40

ޔާމީންގެ ވަކީލް އަލީ ޝާހް: ޔާމީނާއި ދެކޮޅަށް ހުރި ހެކިތައް އެއް ދުވަހެއްގައި ނަގައި ދިނުމަށް އެދެން. ހުރިހާ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނުނެގޭނަމަ ވީހާވެސް ގިނަ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނަގައި ދިނުން އެދެން.

11:36

ޔާމީންގެ ދިފާޢީ ހެއްކެއްގެ ގޮތުގައި ސިވިލް ކޯޓުގައި އެމްއެމްޕީއާރްސީ އިން އެސްއޯއެފް އާއި ދެކޮޅަށް ދައުވާ ކުރި މައްސަލައެއްގެ ޙުކުމެއް ހުށަހަޅައިފި. އެ ޙުކުމް ހުށަހެޅީ އެސްއޯއެފްގެ ހުރިހާ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައި ހުރި ފައިސާ ނޫންކަން ސާބިތުކުރުމަށް.

11:34

ޔާމީންގެ ދިފާޢީ ހެއްކެގެ ގޮތުގައި އެމްއެމްއޭގެ ނޫސްބަޔާނެއް ހުށަހަޅައިފި. އެބަޔާނުގައި އޮންނަނީ އެމްއެމްއޭ މެދުވެރިކޮށް މަނީލޯންޑްރިން ކޮށްފައި ނުވާނެ ކަމަށް.

11:33

ޔާމީންގެ ވަކީލް އަލީ ޝާހް: އަޒީމާގެ ނަން ހުށަހެޅީ މަނީ ލޯންޑްރިންގެ މުއާމަލާތެއް މިކަމުގައި ނުހިމެނޭކަން ސާބިތު ކުރުމަށް.

11:30

ޔާމީންގެ ދިފާޢީ ހެއްކެއްގެ ގޮތުގައި ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ނަން ހުށަހަޅައިފި.

11:30

ޔާމީންގެ ވަކީލް އަލީ ޝާހް: ދައުވާ ލިބޭ ފަރާތުން މިމައްސަލައަށް ހުރިހާ ގޮތަކުން އިންކާރުކުރަން. ދައުވާ ކޮށްފައިވާ ޤާނޫނީ ނައްސުތަކަށް ބަލާއިރު ދައުވާގައި ފާހަގަ ކުރެވޭ ކަންތައްތަކެއް އެބަހުރި. ޤާނޫނުގެ 5 ވަނަ މާއްދާގައި އޭނާގެ އަމަލާއި ނިޔަތް އެނގެން ޖެހޭނެ ކަމަށް ސާފުކޮށް ބުނޭ. ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެ ދައުވާ ލިބޭ މިހާގެ ނިޔަތް.

11:23

ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު: ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ މަނީ ލޯންޑްރިން ފައިސާ ނޫންކަމަކަށް ނިންމާފައިވާކަން ފާހަގަ ކުރެވިފައެއް ނެތް.

11:21

ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު: އެސްއޯއެފް އަކީ މަނީ ލޯންޑްރިން ކުރާ ކުންފުންޏެއް ކަމަށް ނިންމާފައެއް ނުވާނެ. އެއީ ޤާނޫނީ ގޮތުން ކުރަން ޖެހޭ ކަމެއް ނޫން. އެސްއޯއެފްގެ އެކައުންޓް ވަނީ ގިނަ މުއާމަލާތެއް ހިނގާފައި. ނަމަވެސް ދައުވާ ލިބޭ ފަރާތައް ޖަމާކޮށްފައި ވަނީ މާބިންހުރާ އިން ލިބުނު ފައިސާ.

11:17

ޔާމީންގެ ވަކީލް އަލީ ޝާހް: އެސްއޯއެފް އަކީ މަނީ ލޯންޑްރިން ކުރާ ކުންފުންޏެއް ކަމަށް ދައުލަތުގެ އެއްވެސް އިދާރާ އަކުން ނިންމާފައިވޭތޯ؟ މިމައްސަލައިގައި ހިމެނޭ އެއް މިލިއަން ޑޮލަރު ދައުވާ ލިބޭ ފަރާތުގެ އެކައުންޓަށް ޖަމާކުރިއިރު އެސްއޯއެފްގެ އެކައުންޓްގައި އެއްވެސް ފައިސާއެއް ހުރިތޯ؟ އެސްއޯއެފް އިން މިދައުވާ ލިބޭ ފަރާތުގެ އިތުރުން އިތުރު ފަރާތަކަށް ފައިސާ ޖަމާކުރިތޯ؟ މަނީލޯންޑްރިން ހިންގާފައިވަކަމަށް އެމްއެމްއޭ އިން ނިންމާފައިވޭތޯ؟

11:14

ގާޒީ ހައިލަމް: އެދުނު ކަންކަން ވާނީ ކުރީގެ އަޑުއެހުމުގައި ސާފުކޮށްދީފައި.

11:14

ޔާމީންގެ ވަކީލް އަލީ ޝާހް: މައުޟޫއީ ގޮތުން ދިފާޢު ހުށަހަޅަން ދަތިތަކެއް އެބަހުރި. އެކަންކަން ދައުލަތުން ސާފުކޮށްދިނުމުން ދިފާޢު ހުށަހަޅަން ފަސޭހަވެގެން ދާނެ.

11:12

ޔާމީންގެ ވަކީލް ސިޔާޒް: މިމައްސަލަ ތަޙްޤީޤު ކުރުމުގައި ސިޔާސީ ނުފޫޒުތަކެއް އޮތްކަން މިހާރު އެފަރާތްތަކުން ދެއްވަމުން ގެންދަވާ ބަޔާންތަކުން އެބައެނގޭ.

11:11

ގާޒީ ހައިލަމް: އަޅުގަނޑުގެ މައްސަލައެއް ބަލާކަން ޖޭއެސްސީ އިން އަންގާފައެއް ނެތް. އަޅުގަނޑުގެ މައްސަލައެއް ބެލުމަކީ މިމައްސަލައެއް ނުފޫޒެއް ފޯރާނެ ކަމަކަށް ގަބޫލެއް ނުކުރަން. އިންސާފު ގާއިމް ކުރެވިދާނެ ކަމާއި މެދު އަޅުގަނޑު ޝައްކެއް ނުކުރަން.

11:09

ޔާމީންގެ ވަކީލް ސިޔާޒް: އަޅުގަނޑުމެން ވާނީ މައްސަލަ ބެންޗަކުން ބަލައި ދިނުމަށް އެދުމުން. ގާޒީގެ އިންސާފުވެރިކަމާއި މެދު ސުވާލެއް ނުއުފެދޭ. ނަމަވެސް ގާޒީ ހައިލަމްގެ މައްސަލައެއް އޭސީސީ އިން ބަލަމުން ގެންދާތީ ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހަޅުއްވައިގެން ގޮތެއް ނިންމަވާ ދެއްވުމަށް އެދެން.

11:07

ގާޒީ ހައިލަމް: ކޯޓުން އެކުލަވާނީ ކޯޓު ތެރޭގައި އަމަލު ކުރާނެ އުސޫލެއް.

11:06

ޔާމީންގެ ވަކީލް ސިޔާޒް: ޓީވީ އިން ދުރަށް ދައްކާނަމަ އުސޫލް އެކުލަވާލާ އާއްމު ކުރަން ޖެހޭނެ. ނަމަވެސް ޓީވީ އިން ލައިވް ކުރަން ކްރިމިނަލް ކޯޓުން އެކުލަވާލި އުސޫލު އާއްމުކޮށްފައެއް ނުވޭ. އަޅުގަނޑުމެން ލައިވް ކުރުމަށް އިއުތިރާޒެއް ނުކުރަން. ނަމަވެސް ދައުވާ ލިބޭ ފަރާތުގެ ޙައްޤަކަށް ވާތީ އެކަން ފާހަގަ ކޮށްލީ.

11:03

ޔާމީންގެ ވަކީލް ސިޔާޒް: ދައުވާ ހުށަހެޅި އިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންވާ ފޯމާއި، ދައުވާ ހުށަހަޅާ ފޯމުގައި ގިނަ ތަފާތުތަކެއް އެބަ ހުރި. ފުރަތަމަ ތަފާތަކީ ތުހުމަތު ކުރެވޭ މީހާއަށް ރެފެރެންސް ނަމްބަރެއް ދީފައި ވަނީ. ދައުވާ ހުށަހަޅާ ފޯމުގައި އިގުރާރު ކިޔާ ބައެއް ވަނީ އިތުރުކޮށްފައި. ފޯމުގެ ތިރީގައި އޮންނަން ޖެހޭ ރައްދުވާ ކޯޓުގެ ނަމެއް ނެތް.

11:00

ހައިލަމް: މިއަދު އޮންނާނީ ދިފާޢު ހުށަހެޅުމާއި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން.

10:59

ޝަރީޢަތުގެ މަޖިލިސް ފަށައިފި. މިމައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް.

10:55

ދައުލަތުގެ ވަކީލުން ވެސް މިހާރު ތިއްބެވީ ޝަރީޢަތުގެ މަޖިލީހުގައި.

10:55

ޔާމީން ވެސް ޝަރީޢަތުގެ މަޖިލީހަށް ވަދެވަޑައިގެންފި.

10:55

ޔާމީންގެ ވަކީލުން ކޯޓް ރޫމަށް ވަދެވަޑައިގެންފި. ޔާމީންގެ ވަކީލުންގެ ޓީމްގައި ކުރީގެ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލް ހިމެނިވަޑައިގަންނަވާ ކަން ކުރިން އިއުލާންކޮށްފައި އޮތްނަމަވެސް މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ޖަމީލް ފެންނާކަށް ނެތް.

10:49

ކްރިމިނަލް ކޯޓުގެ ބޭރުގައި ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުން ވެސް އެބަތިއްބެވި.

10:38

ޝަރީޢަތް ފަށަން ތާވަލް ކޮށްފައި އޮތީ 10:30 ކަމުގައި ވީނަމަވެސް އަދި ޝަރީއަތެއް ނުފަށާ.

10:35

މިއަދު ކްރިމިނަލް ކޯޓު ކައިރިއަށް ޔާމީންގެ ސަޕޯޓަރުން ވެސް ވަނީ އެއްވެފައި. ކޯޓު ކައިރީގައި ޓްރެފިކް ފުލުހުން ވެސް ހަރަކާތްތެރިވަމުން އެބަގެންދަވާ.

10:30

ޝަރީޢަތުގެ އަޑުއެހުމުގައި ބައިވެރިވުމަށް ޔާމީނާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުން މިހާރު ވަނީ ކްރިމިނަލް ކޯޓަށް ވަޑައިގެންފައި. ޔާމީން ކްރިމިނަލް ކޯޓަށް ވަޑައިގެންނެވި ކާރު ވަނީ ކްރިމިނަލް ކޯޓުގެ އިމާރާތް ހުންނަ ތީމްގޭގެ ގޯތިތެރެއަށް ވަދެފައި.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ މިއަދުގެ އަޑުއެހުން ފަށަން ތައްޔާރުވެއްޖެއެވެ. ޔާމީންގެ މައްޗަށް ކުރާ ޝާރީޢަތުގެ މިއަދުގެ އަޑުއެހުން ފަށަން ކްރިމިނަލް ކޯޓުން ތާވަލް ކޮށްފައި ވަނީ 10:30 ގައެވެ.

ބެލެވޭ ގޮތުގައި މިއަދު ކުރިއަށް ދާނީ ދައުލަތުން ޔާމީނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.

ޔާމީންގެ ޝަރީއަތުގެ މައުލޫމާތު "ވަގުތު" ލައިވް ބްލޮގުން ފެނިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. އަލިބިޔާއްކަލޯ

  ހައިލަމް އަހުމަދު ދީދީ

  20
  3
  • ކެކެކެ

   "ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު: ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ މަނީ ލޯންޑްރިން ފައިސާ ނޫންކަމަކަށް ނިންމާފައިވާކަން ފާހަގަ ކުރެވިފައެއް ނެތް." އަޅެ ފުރަތަމަ ކަމަކަށް މިއަންހެން މީހާ ހަމަތޯ ބަލަން އެބަޖެހޭ. ކަލޭ މުއްސަނދިކޮށް ތިތެޅެނީ ވަގު ފައިސާއިން ނޫން ކަމަށް ކަނޑައަޅާފަ އޮތްކަން އެބަ ފާހަގަ ކުރެވޭތަ؟

   39
   1
 2. Anonymous

  އުމުރުން 40 އަހަރު ނުވާ ކުޑަކުޑަ ސޮރަކު، ގާޒީއަކަށް ލައިގެން މިޖަހަނީ ކޮންސަކަރާތެއް. އިންސާފު ގާއިމު ކުރާނަމޭ ބުނާއިރު، ތިމާއާ ދެކޮޅު މައްސަލައެއް، އޭސީސީ ނާއި ޖޭއެސްސީން ބަލާއިރު، ތިމާއަކީ، ގޮތެއް ހުރި، އިއްޒަތުއް ނަފުސެއް، ނުވަތަ ގަބޫލުކުރާ ތަހުޒީބީ ހަމައެއް އޮތް މީހެއްނަމަ، ތިޔަ ޝަރީޢަތުން އެއްފަރާތްވެހުންނާނެ.

  76
  6
  • ޓިނު އައްދުރޭ

   ޕީޕީއެމް މެންބަރުން ކިތަންމެ ނުރުހުނަސް ވަގެއް ވާނީ ވަގަކަށް. ކިތަންމެވަރަކަށް ދޮންކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެ.

   11
   82
 3. ސަތަނި

  ސަދޫމީ ސަރުކާރުންބޭނުންވަނީ ޔާމީނުގެ އެއްވެސް ހެއްކެއް ގަބޫލުނުކޮށް ވަގުހެކިންގެ ހެކިބަސް ބޭނުންކޮށްގެން ޔާމީނު ޖަލައްލާން. ހަމައެކަނި މިމައްސަލާގައިވެސް އެބަތިބި ޔާމީނަށްވުރެ ބޮޑު ޝަރީއަތްތައް ބާއްވަންޖެހޭ ބޭފުޅުން ސަރުކާރުގެ މަތީ މަގާމުތައް ދެއްވާފަ. މިމައްސަލާގެ ބޮޑު އިހަށްދުވަަހު ފިލަން މަސައްކަތް އެކުރީ. މިމައްސަލާގެ ހުރިހާ ކަމެއް ޔާމީންގެ ބޮލަށް ޖަހާލީމަ ވަރަށް އިންސާފުވެރިވާނެ. ?. އަދިވެސް އަސްލު ކުށްވެރިންނަށް ސަރުކާރުގެ ބޮޑެތި މަގާމުތައް ދީފައި ބަހައްޓާ!
  ސަރުކާރު އިސްތިއުފާ!

  98
  5
 4. ހާޖަރާ

  މަގޭ އެކައުންޓެއްގައި 6000 ހުއްޓާ އެހެން ފަރާތަކުން މަގޭ އެ އެކައުންޓަށް 1000 ރުފިޔާ ޖަމާކުރިފަހުން އެ އެކައުންޓުން އެކައުންޓުގެ ވެރިޔާ 3000 ރިފިޔާގެ ކޮންމެފަދަ މުޢާމަލާތެއް ކުރިޔަސް އެކައުންޓުގެ ވެރިޔާ އެކުރީ އެއީ މަނީ ލޯންޑަރީ ކަމުގައިވާނަމަ ބުނާނޭ އެއްޗެއް ނެތެވެ. މަށަށް ހީވަނީ ޔާމީނަދެކޮޅަށް ސަރުކާރުން ކުރާ ދަޢުވާއަކީ ސިޔަސީގޮތުން ބަދަލުހިފުމުގެގޮތުން ހިންގާ ފެއިލް ދަޢުވާއެކެވެ.

  64
  1
 5. ކިނބޫ

  އިންޑިއާ ކަނޑުން ހޮވި ބޮޑު ހެކި ކޮބާ؟ ހުށަހަޅާބަލަ ނިކަން.

  54
  1
 6. ދިވެހިމީހާ

  ބޮޑެތި ވަގުންގެ ބަލާވެރިކަން މިގައުމަށް ބޮޑުވެއްޖެ. މިވަގުންތައް ނެތިއްޖިއްޔާ ކިހާ ރަނގަޅު

  22
  6
 7. ކުޑަހުސެން

  އެހެންވީމަ ފުރަތަމަވެސް ޔާމީނު އެ ފައިސާ ވަގަށް ކަޓުވާލިކަމަށް ތިއޮތީ ސާބިތުވެފައެއްނު!

  7
  54
 8. 1#243

  ވަގުންތިބީ ކޮންބައިގަނޑެއްކަ ކަންއެގޭބާ އިހައްދުވަހުވެސްއެ އުޅުނީ ދެނެހުރިކަމައްވެސް ހަދާނުލާ އެބައިގަނޑައްވާގިވެރިވާ މީހަކު ބޭރުކޮއްލަން އެންމެފަހުން އަތައްގޮވީމަ އެކަންވެސް ނުވީ

  44
 9. ލޯކަ!

  ޕާޓީތައް ހަދައިގެން، ލޮބުމެތިރައްޔިތުންނޭ ކިޔައި ގޮވަމުން ގޮނޑިޔާ ދިމާއަށް ދުވެނަގަމުން އެދަނީ ބޮޑެތިޚިޔާނާތްތެރި މުޖުރިމުންނެވެ. މީންކޮންމެ މީހަކު ވެރިކަމަށް އައިސް އެމީހުންނަށްޓަކައި ޤުރުބާންވި މީހުންނަށާއި ޕާޓީތަކަށް ފައިސާތައް ދީ ހުސްކުރަނީ! ކޮންމެވެސް ނަމެއްގައި ޓެކްސްނަގައިގެން ރައްޔިތުން ހުލިކޮށް ޕާޓީތަކަށް އަހަރަކު ފަނަރަމިލިޔަނުން ދިހަ މިލިޔަނުން ދީ އެމީހުން މުއްސަނދިކުރަމުން އެގެންދަނީ! ދެބޯގެރި ދުއްވަންވެގެންނާއި ބުއްދި ވިއްކައިލައިގެން އުޅޭމީހުން ހިތް ހަމަޖައްސައި ދިނުމަށް ސިޔާސީ ޝަރިޢަތްތަކެއް އެހިންގަނީ މުޅިޤައުމު އޮތީ މަސްތުވެފަ!

  20
 10. ލަކީ

  ޙެހެ މުއައްވިޒު މިއަދު ކޯޓަށް ދިޔައީ ސީދާ ހަސަން ލުތުފީ ބުނެފަހުރި ގޮތަށް ވާހަކަ ދައްކަން މި އަދު ފާހަގަ ކުރެވުނު ވާހަކަ ދައްކާއިރު އަމިއްލަ ބާރެއް ނެއްކަން

  7
  8
 11. Anonymous

  އެކްސް ކްރޯ އެއްބަސްވުމަކީ ކޮބައިތަ؟

 12. ބވވ

  ބަލަ ތިޔަ ޤާޒީ ލީވެސް ޔާމީނު ސަރުކާރުން ތިއީ ވިލިފުށީ ރިޔާޒްގެ ޅިޔަނު! ކޮންތާކު މި ޖެހުނީ !!!

  3
  21
 13. އ

  އިތުރު ހެއްކެއްގެ ބޭނުމެއް ނޫން. ޔާގުންޑާ އަމިއްލަ އަށް ވަނީ އިއުތިރާފްވެފަ.އ

  1
  27
 14. ބޮކި

  އަހަރެންގެ ފައިސާ ، އެފައިސާ ، މިފައިސާ ، އެވެރިންގެ ފައިސާ ، ނުހުންނާނެ ދޯ ވަގަށް ނެގީމަ ދޯ..........

  1
  13
 15. އޮނު

  މިތަނުގައި އާއި ސޯޝަލް މީޑިޔާގައި އެމްޑީޕީ މީހުން ޔާމީނުއަށް ވަގަށް ގޮވަމުންދާއިރު މިސަރުކާރު އައީ 32 ބިލިއަންގެ ބަޖެޓަކާއިއެކު. އަހަރު ދެބައި ނުވަނީސް ބަޖެޓް ހުސްވެ، ސަޕްލިމެންޓްރީ ބަޖެޓްއަށް އެދިފަވަނީ. ޜިޒާވުންވެސް އެތަށް ގުނައެއްކައި ނިންމައިފި. ރައްޔިތުންނަށް ކޮށްދިންކަމެއްނެތް. ހިންގާ ޕްރޮޖެކްޓްއެއް ކުރަންފެށިކަމެއްނެތް. ހަމައެކަނި ގައުމުތަކުގަ ބުރުޖަހާފަ ރަސްރަނި ބަގީޗާގެ ނަން ބޯޑު ބަދަލުކޮށްލިއިރަށް ބަޖެޓް ހުސްވެއްޖެ.
  މިވަރުން އެނގެންޖެހޭނެ ކޮބާކަން ހަގީގީ ވަގުންނަކީ.
  މިވާގޮތަކީ އެމްޑީޕީގަ ގިނައިން ތިބީ އަތުންފައިން ހައްދަވައިގެން މަސައްކަތެއް ނުކޮށް މީހުންފެލައިގެން ކައިގެން އަބަދު ސޯޝަލް މީޑިޔާގައި ހޭރޭ މީހުން. މި މީހުން ގޮވާ ގޮވެލިފަތިދޯ އަޑު އިވޭނީ. އަމިއްލައަށް ކުރާކަމެއް ނުގޮވާނެތާ. ކޮންދުވަހަކުންބާއޭ ދިވެހިންނަށް ވިސްނޭނީ ހިތަށް އަރާ.

  20
 16. އަފީ

  މިއަދުގެ ކޯޓް މަރުހަލާގައި ދައުލަތުން ހުށަހެޅި ހެކިވެރިޔާއަކީ މަގާމްގެ ނުފޫޒް ބޭނުންކޮށްގެން އާއިލީ އެންމެނަށް ފްލެޓް ދިނުމަށް މި ސަރުކާރުގައި އެދުނު އެންމެ ކޮރަޕްޓް އެކެއް! ދައުލަތަށް ފަސްބައި ސާފް ރީތި ހެކިވެރިޔަކު އަދިވެސް މިކަމަށް ނުލިބެނީތޯ؟ ހެކިވެރިޔާ ނަޖިހާ ހުރެ ދެން އެހެން މީހުންނާ ދެކޮޅަށް ހެކި ދޭނީ ކިހިނެއްތޯ؟ ފުރަތަމަ ހެކިވެރިޔާ ނަޖިހުން ސާފްވެގެން ނޫންތޯ އެހެން މީހާކާ ދެކޮޅަށް ހެކިބަސް ދެވޭނީ! ރައީސް ޔާމީންގެ ސާބިތުކަމާ ކެއްތެރިކަމަށް ސެލިއުޓްކުރަން! ދައުލަތުން ކިތަންމެ ވަރަކަށް ރައީސް ޔާމީން ބާނަން އުޅުނަސް އަދި މި ފެންނަ މަންޒަރުން އަދި ދައުލަތުން ކުރާ ތުހުމަތަކުން އިންސާފްވެރި ސަރިއަތެއްކޮށްގެން ރައީސް ޔާމީން ބޭނޭތަނެއް ނުފެނޭ! އަބަދުވެސް ފެންނަނީ ދައުލަތުން ލައިނުގަނެގެން އުޅޭތަން! ވަކީލާ އަށް ކިޔޭ ނުކިޔޭޗ އެއްޗެއް އޮޅިގެން އުޅޭތަން! މަންޒަރު ވަރަށް ސާފް!