މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާޢީ ހެއްކެއްގެ ގޮތުގައި ހުށަހަޅައިފިއެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ރައީސް ޔާމީންގެ މަނީ ލޯޑަރ ކުރުމުގެ ޝަރީއަތުގައި ރައީސް ޔާމީންގެ ދިފާއީ ވަކީލުން އެމަނިކުފާނުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކުރީގެ ގަވަރނަރު ޑރ.އަޒީމާ އާދަމްގެ ނަން ހުށަހެޅުއްވީ އެމްއެމްއޭއިން އޭރު ނެރެފައިވާ ނޫސް ބަޔާނަކާވެސް އެކީގައެވެ.
އެބަޔާނުގައި އޮންނަނީ އެމްއެމްއޭ މެދުވެރިކޮށް މަނީލޯންޑްރިން ކޮށްފައި ނުވާނެ ކަމަށެވެ.
ޔާމީންގެ ދިފާޢީ ހެއްކެއްގެ ގޮތުގައި ސިވިލް ކޯޓުގައި އެމްއެމްޕީއާރްސީ އިން އެސްއޯއެފް އާއި ދެކޮޅަށް ދައުވާ ކުރި މައްސަލައެއްގެ ޙުކުމެއްވެސް ވަނީ ހުށަހަޅައިފައެވެ. އެ ޙުކުމް ހުށަހެޅީ އެސްއޯއެފްގެ ހުރިހާ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައި ހުރި ފައިސާ ނޫންކަން ސާބިތުކުރުމަށެވެ.
ޔާމީންގެ ޝަރީއަތުގައި ޔާމީންގެ ވަކީލް އަލީ ޝާހް ވަނީ ޔާމީނާއި ދެކޮޅަށް ހުރި ހެކިތައް އެއް ދުވަހެއްގައި ނަގައި ދިނުމަށް އެދިފައެވެ.
އަދި ގާޒީ ހައިލަމް ވަނީ ޔާމީންގެ ފަރާތުން ހުށަހެޅި ހެކިން ބަލައިގަންނަން ނިންމާފައެވެ.
ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި މިއަދުގެ އަޑުއެހުމަށް ހާޒިރުކުރެއްވީ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދެވެ.
ތިކަނބުލޭގެ އަކީ ބޮޑު މުޖުރިމެއް، މަނީލޯންޑަރީކުރި ބޮޑު ވަގެއް
ތިނުން އެއްޗެއް ސަރުކާރުގަ އުޅޭތަ..
އަދީބު އުޅޭވައްތަރު ދޯ
އިތުރު ހެއްކެއްގެ ބޭނުމެއް ނޫން. ޔާގުންޑާ އަމިއްލަ އަށް ވަނީ އިއުތިރާފްވެފަ.
ސަދޫމުގައި ކިތަންމެ ވަރަކަށް ކުށަށް އިންކާރު ކުރުމުންވެސް ކޯޓުންންނާއި މުޖުރިމުން ހީކުރަނީ އިއުތިރާފްވީކަމަށް.