ރާއްޖެއިން ބޭރުގެ 3 ކޮލެޖެއްގައި ކިޔެވުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނުގައި ސްކޮލަޝިޕް ގެ ފުރުސަތު ހުޅުވާލާފައިވަނީ މެލޭޝިއާގެ ޓެއިލާސް ޔުނިވާސިޓީއާއި، އިންޑިއާގެ ދާނިޝް އަހުމަދު ކޮލެޖް އޮފް އިންޖިނިއަރިން، އަދި މެލޭޝިއާގެ މެނޭޖްމެންޓް އެންޑް ސައިންސް ޔުނިވަސިޓީންނެވެ.

މެނޭޖްމެންޓް އެންޑް ސައިންސް ޔުނިވަސިޓީންވަނީ ޑިޕްލޮމާއާ ބެޗެލާސްގެ ގިނަ ދާއިރާތަކަކުން ފުރުސަތު ހުޅުވާލާފައިވެއެވެ. އެ ޔުނިވާސިޓީގެ ބެޗްލާސް ޑިގްރީ އަށް ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކަށް ބެޗްލާސް ޑިގްރީގެ 100 ޕަސެންޓު ޓިއުޝަން ފީ އާއި 50 ޕަސެންޓު ޓިއުޝަން ފީ ހިލޭ ލިބޭނެއެވެ. އަދި ބެޗްލާސް ޑިގްރީ 30-20 ޕަސެންޓު ޓިއުޝަން ފީ ހިލޭ ލިބޭ ފުުރުސަތެއް ވެސް ހުޅުވާލާފައިވެއެވެ. ފޯމް ހުށެހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހަށް ހުޅުވާލާފައިވެއެވެ.

އިންޑިއާގެ ދާނިޝް އަހުމަދު ކޮލެޖް އޮފް އިންޖިނިއަރިން އިން ހުޅުވާލާފައިވަނީ ޓިއުޝަން ފީ ހިލޭ ދޭ ސްކޮލާޝިޕްތަކެވެ. މި ޔުނިވަސިޓީއަށް ފުރުސަތު ހުޅުވާލާފައިވަނީ ކޮމްޕިއުޓާ ސައިންސް އެންޑް އިންޖިނިއަރިން، ސިވިލް އިންޖިނިއަރިން، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިން، މެކޭނިކަލް އިންޖިނިއަރިން، އަދި އިލެކްޓްރޯނިކް އެންްޑް ކޮމިއުނިކޭޝަން އިންޖިނިއަރިންގެ ދާއިރާ ތަކަށެވެ.

މި ޔުނިވަސިޓީއަށް ފޯމް ހުށެހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހަށް ވަނީ ހުޅުވާލާފައިއެވެ.

ޓެއިލާސް ޔުނިވަސިޓީން ހުޅުވާލި ދާއިރާތަކަކީ މާސްޓާ އިން އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމެންޓް، މާސްޓާ އިން ފައިނޭސް، މާސްޓާ އިން މެނޭޖްމެންޓް އަދި މާސްޓާ އޮފް ލޯ ގެ ދާއިރާތަކެވެ. މި ޔުނިވާސިޓީއަށް ފޯމް ހުށެހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާއި ހަމައަށްވަނީ ހުޅުވާލާފައެވެ.