ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލަވައިގެން އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް އަތުލައިގަތް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެ ގެނެސް ދޫނިދޫގައި ބަންދުކޮށްފިއެވެ.

މައުލޫމާތޫ ލިބިފައިވާ ގޮތުން ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށުން އަދީބު ވަނީ ރާއްޖެ ގެނެސްފައެވެ. މިހާރު އަދީބު ދޫނިދޫގައި ހައްޔަރު ކޮށްފައި ހުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ނަމަވެސް އެކަމާއި ގުޅެ ގޮތުން މައުލޫމަތު ދޭން ފުލުހުން ވަނީ އިންކާރު ކޮށްފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބުގެ މައްސަލައިގައި ފުލުހުން އިސްވެދޭން ބޭނުންވާ މައުލޫމާތުގެ އިތުރަށް އެއްވެސް މައުލޫމާތެއް ދޭން ބޭނުންނުވާ ކަމަށެވެ.

ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ރާއްޖެ ދޫކުރައްވާ އިންޑިއާއަށް ވަޑައިގަންނަން އުޅުއްވަނިކޮށް، އޭނާ ހިފަހައްޓާފައި ވަނީ ޓަމިލް ނާޑޫގެ ތޫތުކުޑީ ޕޯޓުންނެވެ. އަދީބު ހިފެހެއްޓުމުން އިންޑިއާގެ ހިމާޔަތަށް އޭނާ އެދިވަޑައިގަތް ނަމަވެސް، އިންޑިއާއިން ހިމާޔަތް ދީފައެއް ނުވެއެވެ. ޕާސްޕޯޓުގެ އިތުރުން އެއްވެސް ސައްހަ ލިޔުމެއް ނެތި އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރިއިރު، އޭނާ ރާއްޖެ ދޫކޮށް ގޮސްފައި ވަނީ ހިލަޔާ ހިލަވެލި އުފުލާ ޓަގް ބޯޓެއްގައި އެ ބޯޓުގެ ފަޅުވެރިއެއް ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. .....

    އަދީބުއިޝާރާތުންއެބުނަނީވަރަށްވާހަކަ.

    11
    2
  2. އަހުމަދު

    އަދިވެސް ސެޓޭނިކް ނިޝާން އަތުން ދައްކާ މާ މޮޅު ކޫލް ކަމަކަށް ހަދާފަ. 500 އަހަރަށްވެސް ޖަލަށް ހުކުމް ކުރަންވީ...

    19
    1
  3. ރީންދޫ

    ރާކަނިމަސް ކެވިއްޖެ

    19
    1
  4. މޮހަދު

    ޢަޖާބު ވާވަރުކަމެއް އަދީބު ނޫނަސް ކުށްކޮށްގެން ހުކުމްކޮއްފަ މިހާރު ހުދުކާފޫަރަށް ބަދަލުވެ ބޮޑެތި މަގާމުުތަކުގަތިބީ ކިހިނެއް ވަކި އަދީބު އަދި ޒިޔަތް ކާފޫރަށް ނުވީ

  5. ބަނީ

    ނަނަނަ ނަނަނަ ނަނާ ނަނާ ނާ. އަދީބު ވިދާޅުވި ވަރަށް ހިށްގައިމު ލަވައެށް މީ.

    4
    1
  6. އާމިން

    ލޮލު ހާލު ބޮޑުވާނެ
    ސިސްޓް ތައް ގިނަވާނެ
    ބަލަންތިބޭތި