ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލަވައިގެން އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް އަތުލައިގަތް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަދި މާލެ ނުގެނެވޭ ކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އަދީބު މާލެ ގެނެސް ދޫނިދޫގައި ހައްޔަރުކޮށްފައިވާކަމަށް އަޑު ފެތުރިފައިވަނިކޮށް ފުލުހުން މިއަދު ވިދާޅުވީ، އަދީީބު އަދިވެސް މާލެ ގެނެސްފައިނުވާކަމާށާއި، އޭނާ ގެނެވުނުހާ އަވަހަކަށް އެކަން އަންގާނެ ކަމަށެވެ.

އަދީބް ރާއްޖެ ދޫކުރައްވާ އިންޑިއާއަށް ވަޑައިގަންނަން އުޅުއްވަނިކޮށް، އޭނާ ހިފަހައްޓާފައި ވަނީ ޓަމިލް ނާޑޫގެ ތޫތުކުޑީ ޕޯޓުންނެވެ. އަދީބު ހިފެހެއްޓުމުން އިންޑިއާގެ ހިމާޔަތަށް އޭނާ އެދިވަޑައިގަތް ނަމަވެސް، އިންޑިއާއިން ހިމާޔަތް ދީފައެއް ނުވެއެވެ. ޕާސްޕޯޓުގެ އިތުރުން އެއްވެސް ސައްހަ ލިޔުމެއް ނެތި އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރިއިރު، އޭނާ ރާއްޖެ ދޫކޮށް ގޮސްފައި ވަނީ ހިލަޔާ ހިލަވެލި އުފުލާ ޓަގް ބޯޓެއްގައި އެ ބޯޓުގެ ފަޅުވެރިއެއް ގޮތުގައެވެ.

އަދީބު ފިލައިގެން ދިޔައީ ފުލުހުން މައްސަލަތަކެއްގައި ސުވާލު ކުރަމުން ދަނިކޮށެވެެ. އެހެން ނަމަވެސް ފުލުހުންނަށް އަދީބު ދިޔަކަން އެނގުނީ އިންޑިއާއިން ހިފެހެއްޓުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިއަދު

    އަދީބު ރާއްޖެ ގެނެސް ދޫނިދޫގައި ހައްޔަރުކޮށްފި ވަގުތުނޫސް
    އަދީބު އަދި މާލެ ނުގެނެވޭ - ފުލުހުން ވަގުތުނޫސް
    މިކިޔާ ނުކިޔާއެއް އެބަ އެގޭތަ އަނެއްކާ މިވެރިން އަދީބުގެންގޮސް ލަންކާއަށް ގެންދިޔައީއެއް ނޫންބާ ހާދަ ބަހަނާތަކެކޭދޯ މިދައްކަނީ

    16
  2. ކައްދާދި

    އެހެނަސް ރަސްމީކޮށް ނުރަސްމީކޮށް ދަތުރުތައް ފައްޓަވާ ދެއްވީ ދެއްތޯ ކުރީގެ ނައިބު ރައީސް، މިއީވެސް މި ދެޤައުމުގެ ވަރުގަދަ ގުޅުން އިތުރަށް ވަރުގަދަ ވެގެންދިޔަ ކަމެއްކަމަށް މަންޒަރު މިފެނުނީ ދޯ......

    14