އެމެރިކާގެ އޮހާޔޯ އަދި ޓެކްސަސް ސްޓޭޓްގައި ދިން ބަޑީގެ ތަފާތު 2 ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން އެޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަރޑް ޕޮމްޕެއޯއަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރ ޝާހިދު ފޮނުވި މެސެޖްގައި ކުށެއް ނެތް އާއްމުންގެ އެތައް ބަޔަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވި މިޙާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއި އެކުގައިކަމަށް ވިދާޅުވެފައިވެއެވެ.
މިހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް މިނިސްޓަރ ޝާހިދު އެދިވަޑައިގެންފައިވެއެވެ.
އަދި މި ޙާދިސާގައި ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް މިނިސްޓަރ ޝާހިދުގެ މެސެޖެއްގައި ވިދާޅުވެފައިވެއެވެ.
ފަލަސްތީންގައި ކޮންމެ ދުވަަހަކު އެތައް ބަޔަކު އިޒްރޭލުން މަރަމުން ދާއިރު ތައުޒިޔާ ނުފޮނުވީ އެމީހުންގެ އަތުގަ ކަލޭމެނަށް ދޭނެ އެއްޗެއް ނެތީމަތަ...ނޫނީ އެއީ ކަލޭމެންގެ ބައިގަނޑު ނުންވީމަތަ....
ފަލަސްތީނުގެ އެތައް މުސްލިމުންނެއް ކޮންމެ ދުވަހަކު ޔަހޫދީ ސިފައިން މަރަމުންގެންދާއިރު ތައުޒިޔާ ކިޔެއްކުރަން ކުށްވެރިކުރަންވެސް ނުކެރެ. މުނާފިގުކަން
އަލްހަމްދުﷲ. ކާފަރުން މަރުވީމަ ކާފަރުން ދެރަވާނެ
ތަޢުޒިޔާ ކިޔަން އެމެރިކާއަށް ދާން ޓިކެޓް ހޯދަން ކުރިމަސައްކަތް ފެއިލްވީމަ، މެސެޖު ފޮނުވީ... ހެހެ ހެހެ
އެމެރިކާ ގޮއްވާލާ
ކޮބާ ފަލަސްތީނު ރައްޔިތުން؟ ކޮބާ ކަޝްމީރު ރައްޔިތުން؟ މިއީ އިސްލާމީ އުންމަތުގެ އަހުލުވެރިން ނޫންބާ؟ އެމެރިކާ ގައި ހުރިހާ ޑޮލަރުތައް ޗާޕުކޮށް އުފައްދަނީ! ވީމާ، އެމެރިކާއަށް ތަޢުޒިޔާ ފިނުވޭނީ! މިނިސްޓަރަށް ހަމަ ސާބަސް ދަންނަވަން!!!