މާލެ ސަރަހައްދުގައި ޓްކްސީ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ ކަމަށް ހަމަޖެއްސުމުން މުޒާހަރާއަށް ނުކުންނަން ޓެކްސީ ޑްރައިވަރުން ނިންމައިފިއެވެ.

މާލެ ސަރަހައްދުގައި ކުރާ ދަތުރުތަކަށް މިހާރު ނަގަމުން އަންނަ އެންމެ ބޮޑު އަދަދަކީ 100 ރުފިޔާއެވެ. ބައެއް ޓެކްސީ ޑްރައިވަރުން ޑިކީއަށް އެއްޗެއް ލާނަމަ އިތުރަށް ޗާޖް ކުރެއެވެ. މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މި އަދަދު ކުޑަކޮށް، މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ ކަމަށް ވަނީ ހަމަޖައްސާފައެވެ.

މިގޮތަށް ހަމަޖެއްސުމާއި، ގުޅިގެން ގިނަ ޓެކްސީ ޑްރައިވަރުން މިހާރު ވަނީ މުޒާހަރާއަށް ނުކުތުމަށް ނިންމާފައެވެ. އަންނަ ބުދަ ދުވަހު މި މުޒާހަރާ ކުރަން ނިންމާފައިވާއިރު، މީގެ ކުރިންވެސް ޓެކްސީ ޑްރައިވަރުން ވަނީ މުޒާހަރާކޮށްފައެވެ.

ޓެކްސީ ޑްރައިވަރުން އޭރު މުޒާހަަރާކޮށްފައި ވަނީ ބުރިޖް ހުރަސްކޮށް ހުޅުލެއަށާއި ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގާ ގުޅިގެނާއި ޕާކު ކުރުމުގެ ގަވާއިދަށް ގެނައި ބަދަލާއި ގުޅިގެންނެވެ. އެކަން މިނިސްޓްރީން ވަނީ ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސްފައެވެ.

ނަމަވެސް ބުރިޖް ހުރަސްކޮށް ހުޅުލެ އަށާއި ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތައް ކުޑަ ކުރުމަށް އެކަމާއި ޑްރައިވަރުން އަނެއްކާވެސް މި ވަނީ ކަންބޮޑުވެފައެވެ.

"މިކަންކަމާއި އަޑު އުފުލަން މި މަހުގެ ހަތް ވަނަ ދުވަހު ނުކުންނަނީ.". ޑްރައިވަރަކު ބުންޏެވެ.

މި މަހުގެ ހަތް ވަނަ ދުވަހަކީ އާ ގަވާއިދަށް އަމަލު ކުރަން ފަށަން ޖެހޭ ދުވަހެވެ. އެ ގަވާއިދަށް ދެ މަސް ދުވަހުގެ ތެރޭގައި ވަންނަން މަޖުބޫރުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވިގޮތުގައި، އޭނާ މިނިސްޓަރަކަށް އައްޔަން ކުރުމުން ޓެކްސީ ނުލިބޭ މައްސަލަ އަދި ޓެކްސީގެ އަގުތައް ބޮޑުކަމުގެ ޝަކުވާ ގިނަ ރައްޔިތުންތަކެއް ކޮށްފައި ވެއެވެ.

އަދި މި ބަދަލުތައް ގެނެސްފައި ވަނީ ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުންނާއި އަދި އާންމު ރައްޔިތުންގެ އަޑުއެހުމަށްފަހު ހުރިހާ ފަރާތްތަކަށް ވެސް ފައިދާވާނެ ގޮތަށް އެ މީހުންގެ ޝަކުވާތައް އަޑުއަހާފައި ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

"އަދި މިކަމުގެ ފަސޭހަ ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން"، މިނިސްޓަރު ވިދާޅުވިއެވެ.

ޓެކްސީ ޑްރައިވަރުން ބޭނުން ކުރުމަށް ހުއްދަ ދީފައި ވަނީ ތިން އޮންލައިން އެޕްލިކޭޝަންއަކަށެވެ.

 1. އަވަސް ރައިޑު
 2. ޕިކްމީ
 3. އެއައީ

ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަށް ބަލާއިރު މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގަކީ މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ އަށެވެ.

އަދި މާލެ - ހުޅުލެ، ހުޅުލެ - މާލެ ދަތުރެއްގެ އަގު -/60 ރުފިޔާއަށް ކަނޑައަޅާފައިވާއިރު، ހުޅުމާލެ – ހުޅުލެ، ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގަކީ -/60 ރުފިޔާއެވެ. އަދި މާލެ- ހުޅުމާލެ، ހުޅުމާލެ - މާލެ ދަތުރެއްގެ އަގަކަށް ކަނޑައަޅާފައި ވަނީ -/75 ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ބިންގޯ

  ޓެކްސީ ޑްރައިވަރުން މޮޅުވާނީ

  29
  7
 2. ޢަދުރޭ

  ޓެކްސީ ޑްރައިވަރުން މި ދައްކަނީ ނަމޫނާ އެއް ރައްޔިތުންނަށް . ކޮންމެ ފަހަރަކުވެސް އެ މީހުން މުޒާހަރާ ކޮށްގެން ބޭނުންވާ ކަންކަން އެބަ ޙާޞިލްކުރޭ . ފްލެޓްތަކުގެ މައްސަލައިގަ ރައްޔިތުން މުޒާހަރާ ނުކޮށް ތިބެއްޖެއްޔާ ފްލެޓްމައްސަލަ ބަލާ ކޮމިޓީ އޭ ކިއާފަ އުފެއްދި ކޮމެޓީގައި ތިބި މީހުން ކޮންމެ މަހަކު 25 ހާސް ނަގަ ނަގަ ތިބެދާބެ 5 އަހަރު ނިމެންދެންވެސް .ކަހެރުވަކޭ . މުށައްވަ އޭ ކިއަކިއަ....!!

  21
  5
 3. ސޭޓު

  ކޮބާތަ މީޓާރު ޓެކްސީ.

  33
  1
 4. ޕައްލަންބެ

  ޓެކްސީ ޑްރައިވަރުން މީ ވަރައް އުނދަގު ބޮޑުބައެއް އެމީހުން ހީކުރަނީ އެމީހުން ބޭނުންހާ ގޮތަކައް ހުރިހާ ކަމެއް ކުރެވޭނެ ކަމައް ގަވައިދަކައް ގާނޫނަކައް އެއްވެސް ބެލުމެއް ނެތް ގިނަ ޓެކްސީ ޑްރައި ވަރުން ނަކީ ތަނެއް ދޮރެއް ދަންނަ ބައެއް ނޫން އެހާ މުޑުދާރު ބައެއް ޓެކްސީ ތަކުން ދުވާވަހުން ނޯއްދަމާލަން ނުކެރޭ.

  31
  3
 5. މޮހަނު

  ޓެކްސީ ޑްރައިވަރުންނެއް ނޫން އެއީ ބަސް ޑްރައިވަރުން، ޓެކްސީ ގަ ކުރާނީ އަބަދުވެސް އެކަކުގެ ދަތުރު، އެދަތުރު ނުނިމެނީސް އެހެން ދަތުރެއް ނުނަގާނެ، ނަމަވެސް މިހާރު ކުރިން ދަތުރަށް އަރާ އިންނަ މީހާގެ އުނގަށް ވެސް މީހުން އަރުވައިގެން ދާންވީ، ޝަކުވާ ކުރާ މީހާޖެހޭނީ ފައިބަން، ޓެކްސީ ގަ ކުރާ ދަތުރަކީ ވަރަށް މިނިވަން ކަމާއި އެކު ކުރެވޭ ދަތުރެއް،

  25
 6. ދަތުރުވެރިޔެއް

  ކޮބާ އާސަންދަ އަދި ބަލިމީހާ އަތުން 5 މިނެޓަށް 500 ރުފިޔާ އަތުލާ ޑަކްޓަރުން. ކޮންޓްރޯލް ކޮބާތޯ. ހަމައެކަނި ނިކަމެތި ހާލުގައި ޓެކްސީ ގަނޑެއް ލޭނަށް ހޯދައިގެން އުޅޭ ޑްރައިވަރުން އެއީ ޕްރައިވެޓް ބަޔެއް. 750 ރުފިޔާ ސްޓިކާ، ގަރާޖުފީ، ޓެކްސް ފްރީ ނުން އިމްޕޯރޓް ޑިއުޓީ. ނަހުލާ އަށް ވިސްނޭނެކަމަށް ހީކުރިން. ތިއުޅެނީ ހުޅުމާލެ ބަސް ސްޓޮޕެެއް ކާނިވަލް ސަރަހައްދުގައި ނުހެދިގެން.

  7
  17
 7. ނިއުމާ

  މި މީހުންނާ ހުރެ ނެތެއްނުން އުޅެވެން/ޓެކްސީ ސެންޓަރ ތައް ހިންގޭވަރު ފޯރުން ތެރި ބަޔަކު ވެއްޖެއް ނޫންތަ މިކަން ކުރަން/ މި މީހުން އުޅެނީ ކޮންހެނެއް! އިއްޔެވެސް އަޅުގަނޑު ނެގި ޓެކްސީ ދަތުރެއްގެ ތެރެއިން އެ ކާރަށް މަގުމަތިން އިތުރު ތިންމީހުން އެރުވި.އަޅުގަނޑު ހުރީ ހަދާނެ ގޮތް ހުސްވެފަ.

  23
  1
 8. ފާތި

  މީއެއްވެސް ސަރުކާރަކަށް ހައްލުނުހޯދުނު ކަމެއް މިފަހަރު ދޫކޮށްގެންނުވާނެ ޓެކްސީކުރުން ހުއްޓާލާކަށް ނުކެރޭނެ

  19
 9. މ

  ދޫނުދީ ހިފަހައްޓާލާ ޑްރައިވަރުން ޖެހޭނީ ހަމަ ބިމަށް ތިރިވާން. ޢެމް ޕީ އެލް ސަރަހައްދުގެ މީހުންވެސް ޔާމިނު އިރުގާ ފުއްޕި ހަމަޖެހުނީ ބިމަށް ތިރިވާން. ޜައީސް ގެ ހިއްވަރު ހުރިވަރު މިފަހަރު އިނގޭނެ.

  26
  1
 10. ޢިކުރާމު.

  ކޮންމެސަރުކާރެއް އޮތަސް އެސަރުކާރަކައް މައިތިރި ނުކުރެވުނު ބައެއްމީ މިމީހުން ހިތުހުރި އިރަކު ދުއްވާފަ ހިތުހުރިތާކުޕާކު ކޮއްފަ ހިތުހުރިއަގެއް ނަގާފަ ހިތުހުރި އެއްޗެއްޓޯކީންގޮވާފަ އުޅޭބައެއް އާދައިގެ ވަޒީފާއެއްގެ ސޭލްސްމަނަކައް މަހަކު މިލިބެނީ ގިނަވެގެން ފަސްހާސްރުފިޔާ ތިޔާގެން ކޮންމެ ޓެކްސީ ޑުރައިވަރަކު 8 ގަޑިއިރު ދުއްވައިގެން 1600 2000 ރުފިޔާވަރު ދުވާލަކައްނަގާ 24000 ރުފިޔާ މަދުވެގެން މަހަކުނަގާ ވީމާ ރައްޔިތު ނިކަމެތި މީހާޔާމެދުވެސް ވިސްނުން ބަހައްޓަންޖެހޭ އެމްޓީސީސީ އައް 500 ކާރު ހޯދުމައްފަހު މާލެތެރޭގެ ދަތުރެއް 10 ރުފިޔާއައް ކުރެވޭ ގޮތެއް ހަދަންޖެހޭ އޭރުން ތިޔައުޅޭ ފޮނި ޑުރައިވަރުން ސައިޒުވާނެ ދަގަނޑު ކެނޑޭނީ ދަގަނޑުން

 11. ކަމެއްތާ

  ޑްރައިވަރުން ގެ ކަންތައް މާބޮޑުވަނީ.

 12. ކުރަންގި

  ޓެކުސީ ކުރާމީހުން ޔުނީފޯމް ލައްވަ ބަލަ

 13. ދޫނުކުރާތި

  އެއްގޮތަކައްްވެސް ދޫނުދޭތި މީވަރައްބޮޑުވެގެންއުޅޭބައެއް މީހުންއަރުވާ ބާލަންވެސް ވަކިތަނެއްނޯވެ އެހެޔޮ މަގުމެދަކަސް ދަތުތަރަކައް މީހަކުއަރާއިނަސް އަނެއްމީހާވެސް އެދަތުރައްއަރުވާ ދެމީހުން އަތުންވެސް ލާރިނަގާ ސެންޓަރައްގުޅިޔަސް އަންނަނީޔެއްނޫން މަގުމަތިން ޓެކުސީ ނަގަންޖެހެނީ

 14. ލ

  ޓެކްސީ ލިބެނީ އަކީވެސް ނޫން ގިނަ ފަހަރު. ކީއްވެ ބާ. ސަރުކާރުން ކަޑައެޅި އަގު ރަގަޅު

  5
  1
 15. ދޮންބެ

  މާލެއިން ހުޅުމާލެ އަށް ގޮއްސަ އެނބުރި މާލެ އައުމަށް ޚަރަދުވަނީ 20 އަށް ރުފިޔާގެ ޕެޓްރޯލް. މީހާ ލާފަ ހުސްކޮށް އެނބުރި މާލެ އަޔަސް 55 ރުފިޔާގެ ޕްރޮފިޓް އެބަ ލިބޭ. އަދި ކޮންމެ ފަހަރަކީ އެނބުރި ހުސްކޮށް އަންނަށް ޖެހޭނެ ފަހަރެއްވެސްނޫން. އަދި ޓެކްސީ ތަކަކީ ދަތުރުމަތީ އިތުރު މީހުން އަރުވަމުން ދުއްވާ ބައެއް. މަގުމަތީ ދުއްވުމުގައިވެސް އެހެން މީހުންގެ މަސްލަހަތަށް ނުބަލާ ބައެއް.

 16. ޚުދަ

  ޔާމީނު ކަނޑައެޅިއަގު މާސަޅި

 17. ބޮލި މުލައް

  ނަހުލާ ނުކުމެ ހިނިތުންވެލާފަ ބުރުގާކަންގަނޑު އެއްލާގޮތުން ތި އެންމެން ބަސްހުއްޓުވާލާނެ. ތިއޮތީ ހެޔޮވެރިކަމެއް ގެނެވިފަ