މާލެ ސަރަހައްދުގައި ޓެކްސީ ކުރުމުގެ އަގަށް ސަރުކާރުން ގެނައި ބަދަލާ މެދު ހިތްހަމަނުޖެހިގެން، އަގުގެ އާ އުސޫލަށް އަމަލު ކުރުން ހުއްޓުވަން އެ މައްސަލަ ސިވިލް ކޯޓަށް ހުށައަޅަން ޓެކްސީ ޑްރައިވަރުން ނިންމައިފިއެވެ.

ބުރިޖު ހުރަސްކޮށް ކުރާ ދަތުރުތަކަށް މިހާރު ނަގަމުން ދަނީ 100 ރުފިޔާއެވެ. ބައެއް ޑްރައިވަރުން މިއަށްވުރެ ބޮޑުކޮށްވެސް ނަގަމުން ދެއެވެ. މި އަގުތަކަށް ބަދަލު ގެނެސް މިހާރު މާލެ ސަރަހައްދުގައި ޓެކްސީ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާކަން ވަނީ ކަނޑައަޅާފައެވެ. އަދި މި އުސޫލަށް އަންނަ ބުދަ ދުވަހުން ފެށިގެން އަމަލު ކުރުމަށް ހުރިހާ ޑްރައިވަރުންނަށް ވަނީ އަންގާފައެވެ.

އެހެން ނަމަވެސް ސަރުކާރުން ޓެކްސީ ދަތުރުތަކުގެ އަގުތަކަށް މި ގެނައި ބަދަލާއި މެދު ހިތްޖަމަ ނުޖެހިގެން އަގު ނެގުމުގެ އާ އުސޫލަށް އަމަލުކުރުން ހުއްޓުވައިދޭން އެދި މާދަމާ ސިވިލް ކޯޓަށް ހުށަހަޅަން ނިންމާފައިވާކަމަށް ޑްރައިވަރުންގެ ޖަމިއްޔާގެ ވަގުތީ ރައީސް އަބްދުﷲ އިބްރާހީމް "މިހާރު" ނޫހަށް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، އެގޮތަށް ނިންމާފައި ވަނީ ގިނަ އަދަދެއްގެ ޑްރައިވަރުން ހުކުރު ވިލޭރޭ ހުޅުމާލޭގައި ބޭއްވި ބައްދަލުވުމެއްގައި ކަަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަށް ބަލާއިރު މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގަކީ މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ އަށެވެ.އަދި މާލެ - ހުޅުލެ، ހުޅުލެ - މާލެ ދަތުރެއްގެ އަގު -/60 ރުފިޔާއަށް ކަނޑައަޅާފައިވާއިރު، ހުޅުމާލެ – ހުޅުލެ، ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގަކީ -/60 ރުފިޔާއެވެ. އަދި މާލެ- ހުޅުމާލެ، ހުޅުމާލެ - މާލެ ދަތުރެއްގެ އަގަކަށް ކަނޑައަޅާފައި ވަނީ -/75 ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސަޓޯ

    ޓެކްސީ ޑްރައިބަރުންނޭ މިސަރުކާރު ހިންގަނީ

    26
    2
  2. ޟި

    މިސަރުކާރުގެންނަން ވޯޓް ދިން މީހުން ރައީސް އޮފީހުން ބުނެގެން ކޯޓަށް ދަނީ .. ޙެ ހެ. ކޯޓުން ނެރެ ދޭނެ އަމުރެއް ... މިހިރީ ކުޅޭ ގޭމް... ބަލަން ތިބޭ... ބުނަން އޮންނާނެ ސަރުކާރުން ކުރާނީ ކީއްހޭ...

    8
    1
  3. ރައްޔިތުމީހާ!

    އަޖައިބު އަންތަރީސް ވޭ! ބަލަ ޓެކްސީ ޚިދުމަތް ދެނީ އެމީހުންގެ އަމިއްލަ ޖީބުން، އަމިއްލައަށް ބުރަ މަސައްކަތްކޮގެން ހޯދި ފައިސާއިން ޓެކްސީ ގަނެގެން! އޭގެ މެއިންޓަނަންސް ކުރަނީ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ބުނި އަގެއް ދީފައި! ރޯޑްވާދިނަސް، އިންސުއަރެންސް، އަހަރީ ފީ ދައްކަނީ އަމިއްލައަށް! ސަރުކާރުން ބަައިސެންޓުވެސް ޚަރަދެއް ނުކުރޭ! ޓެކްސީ ޚިދުމަތް ދެނީ އަމިއްލަ ޖީބުން ޚަރަދުކޮށްގެން! އަގުހެޔޮކޮށް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ޤާއިމް ނުކޮށްދެވުމަކީ ސަރުކާރުގެ ފެއިލުއާއެއް!

    6
    5
  4. މިވެސް.. އެވެސް

    ކޯޓަށް ހުށަހަޅައިގެން ޢާންމުން މަސްއަލާގެ ތެރެއަށް ތަދައްޚުލުވުން ރަގަޅު ޕޮއިންޓްތަކެއް އެބަހުރި.
    1. މިސާލަކަށް މީހަކު އައި.ޖީ.އެމް.އެޗަށް ދަތުރު ނަގައިގެން ދަނިކޮށް މަގުމަތިން އެހެން މީހަކު ޓެކްސީ ހުއްޓުވާފައި ހަމަ އައި.ޖީ.އެމް.އެޗަށް ދިޔަސް ދެމީހުން އަތުން ދަތުރެއްގެ ފުލް އަގު ނެގުން. (އެއްތަނަކަށް އެއްދަތުރެއްގައި ދިޔަ ދެމީހުން އަތުން ދެދަތުރެއްކަމަށް ހަދައި އަގު ނެގުން.)
    2. މަގުމަތިން ހުއްޓުވާ ތަނަކަށް ދާން އެދުމުން ، ޓެކްސީ ހުސް ކަމުގައިވިޔަސް މަޤްބޫލް ސަބަބެއްނެތި ދަތުރުކޮށްދޭން އިޢުތިރާޒު ކުރުން.
    3. ޑިކީއަށް އެއްޗެއް ލައިފިނަމަ އިތުރު ފައިސާ ނެގުން.

  5. ފާތި

    ޢަޅުގަނޑު ޢެއަރޕޯޓުން ލަގެޖު ލައިގެން މާލެ އައި ޓެކްސީ އިން ނެގި 150 ރުފިޔާ މީބޮޑުވަރެއް

    12
    1
  6. ހުންގާނު

    ރައީސް ސޯލިހުގެ ސަރުކާރު ޓެކްސީ ޑްރައިވަރުން ބޭނުން ވާގޮތަށް

    7
    1
  7. އަޙްމަދު

    މިކިޔަނީކީކޭ. ބްރިޖް ހުރަސްކޮށް ޓެކްސީ ދުއްވޭނެތަ؟ ބްރިޖް ހުރަސްކޮށް ޓެކްސީއެއް ދާތަނެއް އަދިއެއް މަށަކު ނުދެކެން. އެކަމަކު ބްރިޖް ހުރަސްކޮށް ބްރިޖްގެ މަތިން މަތިންދާބޯޓާއި ދޫނިސޫފާސޫފި ދާތަން މަށަށްވެސް ފެނޭ!

    6
    2
  8. މުކި

    ކިހާބޮޑު ނޮހޮރޮއްޕާނެއްމީ. މިދެން މާބަރުގަދަ ބަޔަކީތަ

  9. ޢައިށ

    ތިހެން ތެޅިތެޅި ތިއްބާ ކާރުތަކެއް ގެންސް ޓެކްސީ ކުރަން ފެށީމަ ހުންނާނެ ފޯރި ހިފާފަ މާ ވަރުގެ ބައެއްކަމައްހެދިގެން ތިއަުޅެނީ ކޯޓައްދިޔސް އެއްޮަމެއް ނުވާނެ

    10
    2
  10. އަލީ

    މަށަށް އަދިވެސް ބޮޑު ތި ނަގާ ވަރު. ރައްޔިތުން ފެލަނީޔޭ ޓެކްސީ ޑްރައިވަރުން

    9
    2
  11. ސަޓޯ

    ސަރުކާރުގެ ބާރު ކެނޑިއްޖޭ...އެމީހަކު ބޭނުން ވައްތަރަކަށް ތެޅެންވީ މިތާ..އަހަރެންވެސް މާދަމާ ޕޭވްމަންޓުމަތީ ފިހާރަ ހުޅުވާނަން... އެއްކަމެއްވެސް ނުކުރެވޭނެ

  12. ދިވެހިދަރިން

    ޓެކްސީ ދަތުރުގެ އަގު ބޮޑުވީމަ އެވާހަކަ ތި ދައްކަނީ... ކަލޭވެސް އަރަންވަނީ ފުށްކަފައިގެ އަރާމު އިސްފަންޖު ޖެހި ގޮނޑީގަ ސައުންޑް ޕްރޫފްކޮށް ޝޮކްތައް ރަނގަޅަށް ހުރި ކާރަކަށް އަދި މޮޅުކޮލިޓީގެ އޭސީ އެއަރފްރެޝްނަރ ޖަހާފަ ބޭރުން ކުޑަ ހިރަފުސްކޮޅެއްވެސް ނާރާހުރި ކާރަކަށް... މިގޮތަށް ކާރު ގެންގުޅެން މަގަކު އެތައް ޚަރަދެއް ކުރަންޖެހޭ... ނުވިތާކަށް އަބަދު އެ ޝީޓުތަކުގަ ގުދާރު ބިނދެންދެން އިނދެގެން ދުއްވީމަ ކާރުވެރިމީހާއަށް ލާރި ދީފަ... ކާރުގެ ޕެޓްއަޅަން ލާރި ކަނޑާފަ ދެން އަދި އަތަށް އަރާ އެއްޗަކުން ކައިބޮއި ހަދާފަ... މަސްނިންމާފަ ގޮސް އުނަގަނޑަށް ބޭސްކުރަން ހޮސްޕިޓަލް ތަކަށް ޚަރަދުކުރާވަރެއް ނޭނގޭ.... އެންމެންނަކީ މުއްސަނދިންނެއް ނޫން ބޭނުންވީމަ ބޭރަށްގޮސް ޑޮކްޓްރަށް ދައްކާލާ ހޮލިޑޭ ހަދާކަށް...އަދި ގަރާޖުތަކަށް ކާރު މަރާމާތަށް ދާވަރު އިނގޭތަ.... ނުވިތާކަށް މާލޭގެ މަގުތަކުގެ އޮމާންކަމެކޭ ކަނޑުން ބާނައިން ގެނެއްސަ ހުރި 7 ގުދުލީ ރެއްސެކޭ އެއްގޮތް... އެކަމު ސްޓިކާ ލާރިޔާ ރޯޑްވަރދިނަސް އަށްވެސް ލާރި ނަގާ ސަރުކާރަށް ބަރާބަރަށް... މަގުތައް ނުހެދޭ... އަހަރުންގެ ވެހިަކްލ ހަލާކުވަނީ...

  13. ކަސްޓަމަރެއް

    މިވެރިންނޫނީ ދުނިޔޭގަ ޙަރަދެއްކޮށްގެން އުޅޭ ބަޔަކުނޫޅޭ ހެން ހީވަނީ.ޓެކްސީ ދަތުރުގެ އަގު ބޮޑުވީވަރަކަށް މިވެރިން ހިތްހަމަ ޖެހޭނީ..މިމީހުންނަށް ހީވަނީ ހިދުމަތް ލިބިގަންނަ މީހުންނަކީ އެއްވެސް ހަރަދެއް ނުކޮށްއުޅޭ މަތިން ލާރި އޮހޭ ބައެއްހެން..ބޮޑާ ހޭކިޔަސް ތީބޮޑުވަރު..

  14. މޮޔަ ރައްޔިތުންނަށް

    ބަލަ ކާކުތަ ބަޔެއް މޮޔަ ރައްޔިތުން ގާތުގަ ބުނީ ޓެކްސީ އަށް އަތް ނަގާށޭ..ކަލޭމެން އަމިއްލަޔަށް ޓެކްސީއަށް އަރަނީ..ޑްރައިވަރުން ކަލޭމެން ގަދަކަމަކުން ނާރުވާ ދޯ..ހީވަނީ އަމިއްލަ މުދަލެކޭ އަމިއްލަ ބޭނުން އަގެއް ކަނޑަަަަައަޅަން..ދެފައި އެބައޮތް ހިނގާފަ ދާންވީހަމަ..ސައިކަލެއް މަދެއްނޫން..ފެރީއެއް މަދެއްނޫން..ސަރުކާރުން ހިންގާ ކޮމްޕެނީއެއްނޫން މީއީކީ...ކަލޭމެންނަށްވެސް ގެއްލުން ދައްކާނެހަމަ މިފަހަރު..މަގުމަތިން ޓެކްސީ ނުލިބުނީމަ.

    1
    2
  15. ފައިސަންޖޯރު

    ކޯޓަށް ދާންވާނެތާ.؟ ބްރިޖްގެ ދަތުރަށް 100ރުފިޔާ ކަނޑައަޅާފައިވަނީ ކޯޓުންވިއްޔާ. ކޯޓުން ކަނޑައަޅާފައިވާ އަގެއް ޓްރާންސްޕޯޓަކުން ކުޑައެއްނުކުރެވޭނެ. އަވަހަށްކޯޓަށްވައްދާ.