މާލޭގައި މީހަކު ރަހީނުކޮށް އެ މީހާއަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މީހަކު ރަހީނުކޮށްގެން ގެންގުޅެ އެ މީހާއަށް އަނިޔާކޮށްފައިވާކަމަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން މިއަދު ހެނދުނު ދެ މީހަކު މާލެ އިން ހައްޔަރުކޮށްފައި ވާ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ، އެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކާއި، 22 އަހަރުގެ ފިިރިހެނެއް ކަމަށެވެ.

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނީ ބިސްބުރު ކައިރީގައި ހުންނަ ގެ އެއްގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މޯދީ

  މާލެއިން ތިކަހަލަ ކިތައްމެ ކަމެއް ހިގާނެ އަދި އެކަން ކުރާބަޔަކު ނުވެސް އެނގޭނެ!

  59
  1
  • ގުރޭޓު މާލޭމީހާ

   ގުރޭޓު މާލޭގަ ތިޔަކަ ކަހަލަ ކަނޑުކޮސް ކަންތައް ކުރާނެ، ގުޜޭޓީ

   39
   3
 2. އަފީފާ

  މިހާރުފުލުހުން އަދީބުވެސް
  ރަހީނުކޮއްފާ މީގައުމުގެދިފާއުގާ
  ތިބިމީހން ކުރާކަންތައް؟
  އަދީބަކީ މިނިވަނެކޯ؟
  އެހެންވެއްޖެކަމައް ވައްޏާ
  އަދީބުހައްޔަރުކުރީ ކީވެތޯ

  12
  11
 3. ޗެކޮޔެ

  އަނެއްކާ ކާާކުބާ؟

  5
  1