ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލަވައިގެން އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް އަތުލައިގަތް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ހައްޔަރުކުރީ ގާނޫނާއި ހިލާފަށް ކަމަށް އޭނާގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.

އަދީބުގެ ވަކީލުން ޓީމުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދިވެހި ފުލުހުން އަދީބު ހައްޔަރުކޮށްފައި ވަނީ ގަނޫނާއި ހިލާފަށް ކަމަށާއި، އަދީބުއަށް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އަދީބު ހައްޔަރުކޮށްގެން މާލެ އަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، ވަކީލުންނާ ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ އަދީބު ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

އަދި އިންޑިޔާގެ ހިމާޔަތަށް އެދި އަދީބު ހުށައެޅި ހުށައެޅުމަކީ އިންޑިޔާގެ ކަމާއިބެހޭ އިދާރާތަކުން ރަނގަޅަށް ދެނެގަންނަން ބަލަންޖެހޭނެ ކަމެއް ކަމަށެވެ.

އަދީބުގެ ލޯޔަރުންގެ ޓީމުން ވިދާޅުވިގޮތުގައި، އިންޑިއާއިން އަދީބު ހިމާޔަތްކޮށްދޭން އެދުނީ ރާއްޖޭގެ ފުލުހުން އަދީބާމެދު އިހާނެތި ކަންތައް ކޮށްފާނެޔީ ކަމަށެވެ. ނަމަވެސް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން، އޭނާ ރާއްޖޭގެ ފުލުހުންނާ ހަވާލުކޮށްފައިވާކަމަށާއި، އެކަމާ ގުޅިގެންވެސް ކަންބޮޑުވާކަމަށް އެ ބަޔާނުގައި ވެއެވެ.

އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި އަދީބު ފުލުހުންނާއި ހަވާލުކުރި މައްސަލަ ޖެނީވާގައިވާ (އިންސާނީ ހައްގުތަކާ ބެހޭ ޔޫއެންގެ) ހާއްސަ މުއައްސަސާތަކަށް އަދި ވަކިން ހާއްސަކޮށް ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް މި މައްސަލަ ހުށަހަޅާނެ ކަމަށެވެ.

ރާއްޖެ ދޫކޮށް ޓަގް ބޯޓެއްގައި އަދީބު އިންޑިއާއަށް ފިލަން މަސައްކަތް ކޮށްފައިވަނީ "ވާގޯ 9"ގެ ފަޅުވެރިއެއްގެ ގޮތުގައެވެ. ތޫތުކުޑީ ބަނދަރުން އަދީބު ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ވަކީލުން ފުރަތަމަ އެދިވަޑައިގަތީ އަދީބަށް އިންޑިއާގެ ހިމާޔަތް ދިނުމަށެވެ. އެހެން ނަމަވެސް އެކަމަށް އިންކާރުކޮށް، އެގައުމުން އަދީބު ހަވާލުކުރީ ރާއްޖޭގެ ފުލުހުންނާއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަފިރިންގެ ޚިޔާލް

    ބައިނަލް އަގްވާމީ ކަނޑުދަތުރުފަތުރު ކުރުމުގެ ޤާނޫނުގެ ދަށުންބަލާއިރު ބަޔަކު އަދީބު ރަހީނު ކުރިކަމަށް ބެލުމުގެ ފުރުސަތުބޮޑް. ބޯޓްފަހަރު ދުއްވަނީ ބައިނަލް އަގްވާމީ ޤާނޫނުގެދަށުން، ޤައުމެއްގެ ޖުޑިސްޓްރިކް ވޯޓަރ އަށް ސްޓްވްއަވޭ ނުވަތަ ފިލައިގެން ބޯޓަށް މީހަކު ބޯޓަށްއަރާ ހުއްޓާ ފެނިއްޖެނަމަ، އަމަލްކުރަންޖެހޭނީ އެމީހެއްގެ ހައްގު ނުގެއްލޭގޮތަށް. ދިވެހިފުލުހުން އިންޑިއާގެ ކޯސްޓްގާޑާއި ގުޅިގެން ބޯޓަށް އަރާ އަދީބުއާއި، ދިވެހި ފުލުހުންގެ ހައިސިއްޔަތުން ސުވާލް ނުކުރެވޭނެ. އަދި ޓަގްބޯޓްގެ ސޭފް މެނިންގް އިތުރަށް ދިވެހި ފުލުހުންވިޔަސް އަދި އެހެން ބަޔަކަށް ދަތުރުކުރެވޭނީ އެކަމުގެ ހުއްދަ ސިންގަޕޫރގެ ސަރުކާރާއި، ޓަގްގެ އޯނަރގެ ހުއްދަ ލިބިގެން. މިއީ ވަރަށް ސީރިއަސް މަށްސަލައަކަށްވެ، ދިވެހި ފުލުހުންގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އެޅި ސީޕީ ބުނެގެން މިކަންކުރިބަޔަކު ޖަލަށްދާންޖެހިދާނެ. އ

    10
  2. ސަގަރު

    ވައްކަން ކޮއް، މީހުނައް ބިރުދަކާ، ކޮރަފްޝަން ހިންގާ، ވަގައް ފިލަން އުޅެނިކޮއް ހައްޔަރު ކުރީ. ލޯ ނުކިޔެވިޔަސް މިވަރުން ހައްޔަރު ކުރީމަ ގާނޫނާ ހިލާފު ނުވާނެކަން ހަމަ ބުއްދި ހުރި ކޮންމެމީހަކައް ވެސްއިގޭނެ.

    13
    1
  3. ޤައުމު

    އަދީބު ރައްޔިތުންގެ ލާރިގަނޑު ދަވާލީވެސް ޤާނޫނީއިމުންބޭރުން ވަގަށް

    32
    2
  4. ފްރައިޑްބަތް

    އަދީބް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ވަންޏާ، އަދީބް ގާނޫނާ ހިލާފަށް ފިލައިގެން ދިޔައީ ކީއްވެ؟ އަދީބަށް އެކަނިތަ ޕާސްޕޯޓާ ނުލާ އެއްގައުމުން އަނެއްގައުމަށް ދިޔުމުގެ މިނިވަންކަން އޮތީ؟ ކޮރަޕްޓް ވަކީލާއި އެމްޓީޑީގެ ހުރިހާ އެންމެންވެސްވީ އަދީބާއެކު ބަންދުކުރަން. ވަރަށް ސުންފާ ބައެއް މިއީ

    16
  5. ހުސެންދަރި

    ހައްޔަރުކުރީ ގަވާއިދާ ހިލާފަށް ކަމަށްވާނަމަ އޭނާ ކޮށްފައިވާ ހުރިހާ ވައްކަމަށް މާފުދީ އޭނާ ދޫކޮށްލަން ގޮވާލަން. އަދި ސަރުކާރުގެ މިއަމަލުގެ ސަބަބުން އޭނާއާއި އޭނާގެ އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި ސަރުކާރުން އޭނާ (ޓަގޭ) އަށް 1 ބިލިއަން ޑޮލަރު ދިނުމަށް ގޮވާލަން

    20
  6. މޮހަނު

    އޭނާ މިޤައުމު ދޫކޮށް ދާން އުޅުނީ ޤަވާއިދާއި އެއްގޮތައްތޯ

  7. ސަޓޯ

    އަދީބު ގާނޫނާއި ހިލާފުވިޔަސް އޯކޭދޯ ؟؟ ވަކީލު ކަލޭ ވަކީލުކަން ކިޔެވީ ކޮންތާކުން

    14
    • ހުސޭނުބޭ

      ސަޓޯ! އެހެންވެގެން ނޫނޭ އެ އުޅެނީ! ޤާނޫނުތައް އަދީބާ ޚިލާފުވީ! ދެން އެހެންނޫނީ ކޮން ކަމެއް!

  8. ޖޯބެ

    އަދީބު ގެ ފިރިހެންދަރި ޝުންބޫ ގޮންގު ވެސް ހައްޔަރު ކުރޭ

    11
  9. އޯހް

    އަދީބު ޓަގަށްއެރީ ޤާނޫނާ ޤަވަޢިދުގައިވާ ގޮތުގެ މަތިންބާ؟؟ސިކުނޑި މަސައްކަތް ކުރަނީ އެއްފަޅިންދޯ.

    12
  10. ޣަމަތު

    ފިލަން ޖެހެނީ ކީއްވެ؟ ނުވިސްނޭ ދެން ލޯޔަރު ބުނެދީބަލަ؟

  11. ޙަމީދު

    އަދީބު ވައްކަންތައް ކުރީ ޤާނޫނާ އެއްގޮތައް ބާ !