ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލަވައިގެން އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް އަތުލައިގަތް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ހައްޔަރުކުރި މައްސަލަ އދއަށް ހުށަހަޅަން އޭނާގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ނިންމައިފިއެވެ.

އަދީބުގެ ވަކީލުން ޓީމުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދިވެހި ފުލުހުން އަދީބު ހައްޔަރުކޮށްފައި ވަނީ ގަނޫނާއި ހިލާފަށް ކަމަށާއި، އަދީބުއަށް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ އދގެ ވޯކިންގ ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން އަށް ހުަށަހަޅާނެ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

"ޖެނީވާގައިވާ (އިންސާނީ ހައްގުތަކާ ބެހޭ ޔޫއެންގެ) ހާއްސަ މުއައްސަސާތަކަށް އަދި ވަކިން ހާއްސަކޮށް ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް މި މައްސަލަ ހުށަހަޅާނަމެވެ. އެމަނިކުފާނުގެ ހައްގުތައް ކަށަވަރުކުރުމަށް ޔޫއެން ހައިކޮމިޝަން ފޯ ހިއުމަން ރައިޓްސްގެ އޮފީހަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރަމެވެ،" އަދީބުގެ ވަކީލުންގެ ބަޔާނުގައިވެއެވެ.

އަދީބު ހުންނެވި ބޯޓް އޮތީ ޓުޓިކޮރިންގެ ބަނދަރާ އެންމެ 500 މީޓަރު ދުރުގައި ކަމަށްވުމުން އޭނާ ހައްޔަރު ކޮށްފައިވަނީ އިންޑިއާ ސަރަހައްދުން ކަމަށާއި، އިންޑިއާ ސަރަހައްދުން ހައްޔަރުކޮށް ރާއްޖޭގެ ފުލުހުންނާ ހަވާލުކުރި މައްސަލަ ހުށަހަޅާނެ ކަމަށްވެސް ގާނޫނީ ޓީމުން ބުނެފައިވެއެވެ.

ރާއްޖެ ދޫކޮށް ޓަގް ބޯޓެއްގައި އަދީބު އިންޑިއާއަށް ފިލަން މަސައްކަތް ކޮށްފައިވަނީ "ވާގޯ 9"ގެ ފަޅުވެރިއެއްގެ ގޮތުގައެވެ. ތޫތުކުޑީ ބަނދަރުން އަދީބު ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ވަކީލުން ފުރަތަމަ އެދިވަޑައިގަތީ އަދީބަށް އިންޑިއާގެ ހިމާޔަތް ދިނުމަށެވެ. އެހެން ނަމަވެސް އެކަމަށް އިންކާރުކޮށް، އެގައުމުން އަދީބު ހަވާލުކުރީ ރާއްޖޭގެ ފުލުހުންނާއެވެ.

އަދީބު ރާއްޖެ ދޫކޮށް ގޮސްފައި ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމްތަކުން މިނިވަންވި ނަމަވެސް، ބައެއް މައްސަލަތަކުގައި ފުލުހުން ސުވާލު ކުރައްވަމުން ދަނިކޮށެވެެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަގަރު

    ލޮލް

    20
    1
  2. ނޫރ

    އަދީބު ވަނީ ރަހީނު ކުރެވިފައިތޯ، ނުވަތަ ކަނޑުފޭރޭ ބީދައިނއ ގަދަކަމުން ފޭރިގެން ގެންނަނީތޯ.

    31
    2
  3. ޢަހުރެން

    ޢަދީބަކީ ފަންޔެއް.. މިފަހަރު މިފަނީގެ ބޭނުން މިހިފަނީ އިމްރާން އަށް ލޮޓިއެއް ދޭން ކަމަށް ފެނޭ

    22
    2
  4. ނޫނު

    ޔާމީނު ރޭވިރޭވުން އަތައް ގޮވީ ދެން ލަލަލާ

    3
    32
  5. Anonymous

    މި ޙާލަތުގައި އަދީބަކީ "ސްޓޯއަވޭ އެސައިލަމް ސީކަރ" އެކެވެ. އެހެންކަމުން އޭނާ ބޯޓުގެ ފުރަތަމަ ބަނދަރު ކަމުގައިވި ސޫތުކުޅި އަކީ އިންޑިއާގެ ބަނދަރެއްކަމަށްވެފައި ބޯޓުން ބާލާ އެ ޤައުމަށް ފޭބުމުގެ ހުއަްދަ ދިނުމާއި ނުދިނުމުގެ ފުރިހަމަ ބާރާއި ޙައްޤު އިންޑިއާ އަށް ލިބިގެންވެއެވެ.

  6. ޓަވަރު

    ދެފޫދޯރިއަށް ހުށައެޅިއަސްވާނެ ކަމެއް ނޯންނާނެ!

  7. ރޭރު

    ބޮޑުފަނިރޭވި ރޭވުން އަތައްގޮވީ

  8. އުތުރު

    އަދީބަށް ސިޔާސީ ހިމާޔަތް ނުދޭންވީ ސަބެއް
    ނެތެވެ ރ ޔާމިންގެ ވެރިކަމުގައި ސަރުކާރަށް
    ޖެއްސުންކޮށް ރާއްޖޭގައި ތެރަރިޒަމް ހިންގާފައި
    ރާއްޖޭގެ ހަރިއްމައިން ބޭރުވެ ފިލަންދިޔަ ހުރިހާ ބަޔަކަށް ވަނީ ހިމާޔަތް ލިބިފައެވެ އަދީބަށްވެސް
    ހިމާޔަތްދޭން ޖެހޭނެއެވެ.

  9. ޓަގުބެ (އަދީބުރޯ)

    އެމްޓީޑީޓީގެ ފަރާތުން އީދުގައި ގުރުބާންކުރަން މަސްފަލަ ގެރިޔެއް ދާދި ދެންމެ ރާއްޖެ ގެނައުމާއިއެކު ގެރި ފުލުހުންގެ އިދާރާއަށް ވައްދާ ގެރި ރާއްޖޭގެ މާހައުލަށް ހޭނުމުގެ ވެކުސިން (އެމް.ސީ) ހަމީދު އެބަދެއްވާ

  10. ބޯހަލާކު

    ފުރަތަމަ ކިޔައިފި ދިވެހި ފުލުހުން އަދީބު ހައްޔަރު ކުރިމަސްއަލަ އެކޭ. ދެންކިޔައިފި އިންޑިއާ ސަރަހައްދުން ހައްޔަރުކޮށް ދިވެހިފުލުހުންނާ ހަވާލު ކުރި މަސްއަލައޭ. ދެންކިޔައފި ވޯކިން ގްެރޫޕެކޭ. އަޅެފަހެ މީ ހިގާފަ
    އުޅޭ ގުރޫޕެއްތަ!