އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެއްޖެއެވެ.

އައްޑޫ ސިޓީ ފޭދޫ ލިންކްރޯޑުގައި މި އެކްސިޑެންޓް ހިނގީ ކާރަކާއި ބައިސްކަލެއް ޖެހިގެންނެވެ. އުމުރުން ދުވަސްވީ މީހާ އިނީ ބައިސްކަލުގައި ކަމަށްވާއިރު ކާރު ދުއްވަން އިނީ އަންހެނެކެވެ.

މައުލޫމާތު ލިބޭގޮތުގައި ބައިސްކަލް އޮތީ ކާރުގެ ދަށުގައެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

އައްޑޫ ސިޓީގައި މިރޭ އެކްސިޑެންޓެއް ހިނގާފައިވާއިރު މިދިޔަ މަހު ލިންކު ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ޒުވާނަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާބަސް

    ދެރަ ހިތާމަވެރި ހާދިސާއެކެވެ. އަނިޔާވިމީހާއަށް އަވަސް ޝިފާއަކަށް އެދެން.

  2. ާއަޑު ބަރޭ

    އެވަރު ކަމެއް ވެދާނެ....

  3. ބޯގޯސް

    ތިޔަ ރޯޑަށް ކިޔަންވީ އުމުރު ހުސްކުރާ ރޯޑް