ގދ، ހޯޑެއްދޫ ސްކޫލް ގްރޭޑް ތިނެއްގައި ކިޔަވަމުންދިޔަ ކުއްޖަކަށް، ސްކޫލް ތެރޭގައި ލިބުނު އަނިޔާތަކަކާއި ގުޅިގެން އެ އަތޮޅު ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އެބަ ދެއެވެ.
އެ ކުއްޖާގެ ބައްޕަ "ވަގުތު"އަށް މައުލޫމާތުދެމުން ބުނީ، އެ ކުއްޖާއަށް އަނިޔާތައް ލިބިފައި ވަނީ ޕީއީ ގަޑީގައި ކުޅެން އުޅުމުގެ ތެރޭގައި އެސްކޫލްގައި ތަޢުލީމު ހާސިލްކުރާ އެހެން ކުއްޖަކު ރުޅިއައިސްގެން އައިސް އެކުއްޖާ ކޮއްޕާލުމުން ވެއްޓި ކޮންކްރީޓް ގަނޑެއްގައި ކުއްޖާގެ މޫނުމަތި ޖެހިގެން ކަމަށެވެ.
"ކުޅިވަރު ގަޑީގައި ކުޅެން ވެގެން ބޭރަށް ނުކުތީ ޓީޗަރާއިއެކު ހުރިހާ ކުރިން، ކުޅެން ތިއްބާ އެތަނުން ކުައްޖަކު އޭނާ ކޮއްޕާލީއޯ ބުނީ ރުޅިގަދަވެގެން ގޮސް، ޓީޗަރުވެސް ހުއްޓޯ ކައިރީގައި ބަލަން، ކޮއްޕާލިގަޑީގައި އޭނާ ގޮސް އެތާ ކޮންޓްރީގަނޑެއްގައޯ ޖެހުނީ ބޯ". އެ ކުއްޖާގެ މަންމަ އާ ހަވާލާދީ އެ ކުއްޖާގެ ބައްޕަ ބުންޏެވެ.
އެ ކުއްޖާގެ ބައްޕަ ބުނީ، ދަރިފުޅުގެ ނިއްކުރިން ބޮޑު ތަންގަނޑެއް ފަޅައިގެން ގޮސްފައިވާކަމަށެވެ. އަދި ކަކުލާއި އުޅަބޮއްޓަށްވެސް އަނިޔާވެފައިވާކަމަށް އޭނާ ބުންޏެވެ.
"ލޯ ކައިރިން ފަޅައިގެން ދިޔައީ، އެތަން ފަޅައިގެން ގޮސްގެން ހޯޑެއްދޫ ސިއްހީ މަރުކަަޒުގައި ބާއްވާފައި، މިހާރު ތިނަދޫއަށް ގެންގޮސްފައި ވީ"، އޭނާ ބުންޏެވެ.
އެ ކުއްޖާގެ ބައްޕަ ބުނިގޮތުގައި، ސްކޫލް ތެރޭގައި އަނިޔާވުމުން އެ ކުއްޖާ ގޮވައިގެން ވަގުތުން ސިއްހީ މަރުކަޒަށް ގެންދިޔައެވެ. އަދި ސްކޫލްގެ ޕްރިންސިޕަލްވެސް އެ އެ ގަޑީ ސިއްހީ މަރުކަޒުގައި ހަރަކާތްތެރިވިކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ، މިހާރު ދަރިފުޅަށް ތިނަދޫ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އެ ހޮސްޕިޓަލުން އަންގަނީ ދަރިފުޅު ގޮވައިގެން މާލެ ދިއުމަށް ކަމަށެވެ. އެއީ ޑޮކްޓަރު އެދުނީ ދަރިފުޅުގެ ސީޓީ ސްކޭނެއް ހެދުމަށް ކަމަށާއި، ނަމަވެސް މާލެ ދިއުމަށް ހޮސްޕިޓަލުން އާސަންދަ ހަމަޖައްސާ ދީފައިނުވާކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން އާސަންދަ އާއި ވާހަކަދެއްކީމަ އެކަންވެސް ހަމަޖެހޭ ގޮތް ނުވި، އެ މީހުން އަންގަނީ އަމިއްލައަށް ޓިކެޓްނަގައިގެންނޭ ދާން ޖެހޭނީ، އެކަމަކު އަޅުގަނޑުމެން ބުނިން އަޅުގަނޑުމެންގެ އަތުގައި އަމިއްލައަށް ޓިކެޓް ނަގައިގެން ދާ ވަރަަށް ފައިސާ ނެތް ކަމަށް".
އެ ކުއްޖާގެ ބައްޕަ އިތުރަށް ބުނިގޮތުގައި، މީގެ ކުރިންވެސް ސްކޫލް ތެރޭގައި އެ ކުއްޖާއަށް އަނިޔާކޮށްފައި އެބަހުއްޓެވެ. އެކަން ޓީޗަރުންގެ ސަމާލުކަމަށް ގެނައި ނަމަވެސް އެކަން ހުއްޓިފައި ނުވާކަމަށް އޭނާ ފާހަގަކުރިއެވެ.
މި ހާދިސާއާއި ގުޅިގެން ސްކޫލްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ހަގީގަތަކީ ގިނަފަހަރަށް ސްކޫލްތެރޭގައި ބުލީކޮށް އެހެންކުދީންނަށް ގޯނާކޮށް ހަދާފަ ހުންނަނީ ކޮންމެވެސް މުއްސަންޖެއް، ނުފޫޒުގަދަ މީހެއް ނުވަތަ ޓީޗަރެއްގެ ކުއްޖެއް. މިފަދަ މީހުންގެ ކުދީންނަކީ ނުބައި ކަންތައް ކުރާނެ ކުދީން ކަމަށް ސްކޫލްތަކުގެ އެއްވެސް މުއައްޒަފަކު ގަބޫލެއް ނުކުރާނެ. ކަންމިހެން އޮތްއިރު ނޫސްތަކުގެ ފަލަ ސުރުޚީއަށް ނޭރިކަމުގައި ވިޔަސް،ސްކޫލްތެރޭގައި އަނިޔާވެރި އަމަލުތައް ކުރާ ކުދީން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް.
އަހަރެންގެ ދަރިފުޅަށް ވެސް މިއަހަރު ފެށުނީއްސުރެ އެކި ކަހަލަ ދުއްތުރާތައް ބައެއް ކުދީންގެ ފަރާތުން ލިބެމުންދޭ. ދަރިފުޅު ބުނޭ ޓީޗަރުން ބުނެއޭ އަޅާނުލާށޭ. އަހަރެން ޓީޗަރާއި ވާހަކަ ދެއްކުމުން ބުނި މައްސަލަ ބަލާނަމޭ. މިވީ ތަނަށް އަދި މައްސަލަ ބެލިފަކާ ނެތް. މިއަދުވެސް ގެއަށް އައިއިރު
ޕާސްތެރޭ ހުރި ގަލަންތައް ނެތުމުން ދަރިފުޅު ހުރީ ގޮތްހުސްވެފަ.
ފެއިލްވެފަ އޮތްސަރުކާރެއް އަވަހަށް އާސަންދޯކަށްް ފައިބަން ނުޖެހެނީސް އަމިއްލައަށް އިސްތިއުފާ ދީބަ......
ފޮރިން މިނިސްޓަރު ކޮފީ ބޯލަން ގައުމުން ބޭރަށް ކިތަށް ބުރު؟ ކުއްޖަކު ހާލު ދެރަވުމުން މާލެ ގެންނަން ވީމަ ހަރަދު ބޮޑު ވެ އާސަންދަ ނުދޭ
ސުކޫލުން ގޮތް ނުނިންމެންޏާ ތީ ވަރައް ދެރަ ކަމެތް
އަޅުގަނޑުމެންގެ ދަރިން ސްކޫލް ތަކަށް ފޮނުވަނީ އެ ސްކޫލް ތަކުގެ ޓީޗަރުން ނަށާ އަދި
ޕްރިންސިޕަލް އަށް ވަރަށް ބޮދޑައް އިތުބާރާ ޔަގީން ކަން އޮންނާތީ އެކަމަކު ތިފަދަ ހިތާމަވެރި
ހާދިސާ އެއް ސްކޫލް ތެރޭގައި އަދި ޓީޗަރ ގެ ހާޒިރުގަ ހިގައިގެން ނުވާނެ ތީ ވަރައް ދެރަ އަދި
ހިތާމަވެރި ކަމެތް
ހައިޕާރ އެކްޓިވް ކުދިން ނޯމަލް ކްލާސް ތަކަށް ލަނީ އެކުދިންގެ ހައްގުތައް ހޯދައިދޭން. މައްސަލައަކީ ދެން އުޅޭ ނޯމަލް ކުދިންގެ ހައްގެއް މިހާރު ނޯންނާތީ. ބުލީކުރިއަސް އެއީ ސްޕެޝަލް ކުއްޖެއް. މިކަހަލަ ކުދިން ނޯމަލް ކްލާސް ތަކަށް ލާންވާނީ އެކަށީގެންވާ އެންވައިރަމަންޓް އެއް ބިލްޑް ކޮށްފަ
ޓީޗަރުންގެ ފުށުންވެސް ކުދިންނަށް އަނިޔާ ލި
ސްކޫލްތަކުގައި ބްލީ ކުރާވަރުން ސްކޫލަށް ދިއުން ހުއްޓަލާފަ ތިބި ކިތަންމެ ކުދިންނެއް އެބަތިބި... ސްކޫލްތަކުގަ ތިބޭ ކައުންސިލަރުންނަކީ ހަމަ ނަމެއްގަ ތިބޭ ބައެއް.. ކައުންސިލަރުންގެ ކަންތައް ހުންނަގޮތުން ބެލެނިވެރިއެއް ޓީޗަރެއް އެމީހުންނަށް އިތުބާރެއް ނުކުރޭ.