ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލަވައިގެން އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް އަތުލައިގަތް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ރާއްޖެ ގެނެސްފިއެވެ.

އަދީބް ރާއްޖެ ގެނެސްފައި ވަނީ، އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ހުރަވީގައި ކަމަށް މައުލޫމާތު ލިބެެއެެވެ. ނަމަވެސް އެކަން އެމްއެންޑީއެފް އިން ކަށަވަރުކޮށްނުދެއެވެ.

ކަނޑު އުޅަނދު ފަހަރު ޓްރެކް ކުރާ އެޕުން ދައްކާގޮތުގައި، އަދީބު ގެންނަ އެމްއެންޑީއެފްގެ ހުރަވީ ޝިޕް އޮތީ ފޭދޫ ފިނޮޅު ބޭރުގައެވެ.

އަދީބު ގެންނަނީ މާލެ ކަމެއް ނުވަތަ ގެންދަނީ ދޫނިދޫއަށް ކަމެއް އަދި ޔަގީނެއް ނޫނެެވެ.

އަދީބް ރާއްޖެ ދޫކުރައްވާ އިންޑިއާއަށް ވަޑައިގަންނަން އުޅުއްވަނިކޮށް، އޭނާ ހިފަހައްޓާފައި ވަނީ ޓަމިލް ނާޑޫގެ ތޫތުކުޑީ ޕޯޓުންނެވެ. އަދީބު ހިފެހެއްޓުމުން އިންޑިއާގެ ހިމާޔަތަށް އޭނާ އެދިވަޑައިގަތް ނަމަވެސް، އިންޑިއާއިން ހިމާޔަތް ދީފައެއް ނުވެއެވެ. ޕާސްޕޯޓުގެ އިތުރުން އެއްވެސް ސައްހަ ލިޔުމެއް ނެތި އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރިއިރު، އޭނާ ރާއްޖެ ދޫކޮށް ގޮސްފައި ވަނީ ހިލަޔާ ހިލަވެލި އުފުލާ ޓަގް ބޯޓެއްގައި އެ ބޯޓުގެ ފަޅުވެރިއެއް ގޮތުގައެވެ.

އަދީބު އަކީ ދައުލަތުގެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވުމުގައި އިސްކޮށް ހުރިކަމަށް ތުހުމަތު ކުރެވޭ ބޭފުޅެކެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރިން ކޯޓުތަކުން އިއްވާފައިވާ ޙުކުމްތައް ވަނީ ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި ބާތިލް ކޮށްފައެވެ. ހުރިހާ ޙުކުމެއް ބާތިލް ކުރި ނަމަވެސް އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތަކުގެ ތަޙްޤީޤު ފުލުހުން މިހާރު ވެސް ކުރަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސެން

    ފޭސްބުކު ޑައުންކޮށްގެން ކޮންކަމެއް ސަރުކާރުން މިކުޅެނީ؟

  2. ޢޮބޮ

    އަދީބުގެ ވާހަކަ އަބަދު ދައްކަނީ އޭނާ އިތުރައް މަޝްހޫރު ކުރުވަންތަ. ކާކުތައެއީ އޭނަ ވާހަކަ ދައްކަން. ގައުމައް ގައްދާރުވާ ޙާއިނުންގެ ނޫނީ ކުނި ކިސަޑުންގެ ވާހަކަ އަބަދު ނުދައްކަބަލަ. އަދީބު ފާހާނައައް ވަނީމަ، އަދީބު ފާޙާނާއައް ވަދެއްޖެ. ޕިސް ޕިސް. ޝަހަރޯއޭ ހިތައްއަރާ ހުވާ

  3. ޓަގުބެ (އަދީބުރޯ)

    އިންޑިޔާއިން ފަހާލީތޯ؟ މާތް މަނިކުފާނު (ޓަގުބެ) ގެ ހައިބަތު މިހާރު އެއްވަރޭ ހ.ހާޖަރާގޭ ލުތުފީގެ ފައިފުއްސަކާއި...

  4. ޓަގުބެ (އަދީބުރޯ)

    އެމްޓީޑީޓީގެ ފަރާތުން އީދުގައި ގުރުބާންކުރަން މަސްފަލަ ގެރިޔެއް ދާދި ދެންމެ ރާއްޖެ ގެނައުމާއިއެކު ގެރި ފުލުހުންގެ އިދާރާއަށް ވައްދާ ގެރި ރާއްޖޭގެ މާހައުލަށް ހޭނުމުގެ ވެކުސިން (އެމް.ސީ) ހަމީދު އެބަދެއްވާ