ޓަގް ބޯޓެއްގައި ފިލައިގެން އިންޑިއާ އަށް ގޮސް، އެގައުމަށް އެތެރެ ވާން އުޅެނިކޮށް ހައްޔަރުކޮށް އަނބުރާ ރާއްޖެ ފޮނުވާލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު "ވަރަށް އުފާވެފައި ހުރެ" ފުލުހުންގެ ބެލުމުގެ ދަށުން ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް މިރޭ ހާޒިރު ވެއްޖެއެވެ.

އިންޑިއާ އިން އަދީބު ގެނެސްފައި ވަނީ ސިފައިންގެ "ހުރަވީ" ގައެވެ. ހުރަވީ މިރޭ ފޭދޫ ފިނޮޅު ކައިރީ ބަނދަރު ކުރުމުން އަދީބު މާލެ ގެނެސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.

އަދީބު މިރޭ މާލެ ގެނައި ވަގުތު ނަގާފައިވާ ފޮޓޯއެއް – ވަގުތު އިމޭޖްސް: އަމީން ފަހްމީ
އަދީބު މިރޭ މާލެ ގެނައި ވަގުތު ނަގާފައިވާ ފޮޓޯއެއް – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ދެންމެ އަދީބު އެއް ނަމްބަރު ފާލަން ކައިރިން މާލެ ގެނައުމުން ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ވަނީ ހިނގާފައި ގޮސް އެވެ. އަދީބު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ވަންނަން ދިޔައިރު ވަށައިގެން ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ތިއްބެވެ.

އަދީބު ހިނގާފައި ދިޔައީ "ވަރަށް އުފާވެފައި ހުރެ" އެވެ. އޭނާގެ މޫނުމަތިން ފެނުނީ ހިނިތުންވުމެވެ. ހިނގާފައި ދަމުން އެސަރަހައްދުގައި ތިބި މީހުންނަށް އަތުން ހަނާ އެޅިއެވެ.

އަދީބު މިރޭ މާލެ ގެނައި ވަގުތު ނަގާފައިވާ ފޮޓޯއެއް – ވަގުތު އިމޭޖްސް: އަމީން ފަހްމީ

އަދީބް ރާއްޖެ ދޫކުރައްވާ އިންޑިއާއަށް ވަޑައިގަންނަން އުޅުއްވަނިކޮށް، އޭނާ ހިފަހައްޓާފައި ވަނީ ޓަމިލް ނާޑޫގެ ތޫތުކުޑީ ޕޯޓުންނެވެ. އަދީބު ހިފެހެއްޓުމުން އިންޑިއާގެ ހިމާޔަތަށް އޭނާ އެދިވަޑައިގަތް ނަމަވެސް، އިންޑިއާއިން ހިމާޔަތް ދީފައެއް ނުވެއެވެ. ޕާސްޕޯޓުގެ އިތުރުން އެއްވެސް ސައްހަ ލިޔުމެއް ނެތި އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރިއިރު، އޭނާ ރާއްޖެ ދޫކޮށް ގޮސްފައި ވަނީ ހިލަޔާ ހިލަވެލި އުފުލާ ޓަގް ބޯޓެއްގައި އެ ބޯޓުގެ ފަޅުވެރިއެއް ގޮތުގައެވެ.

އަދީބު އަކީ ދައުލަތުގެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވުމުގައި އިސްކޮށް ހުރިކަމަށް ތުހުމަތު ކުރެވޭ ބޭފުޅެކެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރިން ކޯޓުތަކުން އިއްވާފައިވާ ޙުކުމްތައް ވަނީ ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި ބާތިލް ކޮށްފައެވެ. ހުރިހާ ޙުކުމެއް ބާތިލް ކުރި ނަމަވެސް އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތަކުގެ ތަޙްޤީޤު ފުލުހުން މިހާރު ވެސް ކުރަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަހްމަދު

    ވެލްކަމް ބެކް ބްރޯ

    9
    18
  2. ޢަލީ4

    މީނާގެ މޫނުމަތިން ފެނުނީ ހިނިތުންވުމެއްނޫން. ނުބައި ނުލަފާ ކަން.

    31
    2
  3. ޓަގްބްރޯ

    މަނަމަވެސް ކަޑަވެގެން ހިނިތުންވެފަ ހުންނާނީ

    29
    2
  4. ޓަގުބެ (އަދީބުރޯ)

    އިންޑިޔާއިން ފަހާލީތޯ؟ މާތް މަނިކުފާނު (ޓަގުބެ) ގެ ހައިބަތު މިހާރު އެއްވަރޭ ހ.ހާޖަރާގޭ ލުތުފީގެ ފައިފުއްސަކާއި... ޓަގުބެ ޙާއިނުންގެ ދަރަޖާގައި ހެއްހެއްހޭ

    23
    3
    • ޅީދަރި

      އެންމެ ސަޅި އަދި މީނާއަށް އެންމެ މުނާސަބު ކޮމެންޓް.. "ހ.ހާޖަރާގޭ ލުތުފީގެ ފައިފުއްސަކާއި "

  5. ޖަހާންގިރި

    އަދީބުވެސް ހިނިއަންނާނެތާ އެއައީ އަމާބުނީތީ އިންޑިއާގެ ފަރަށްގޮސްފަ ސަރުކާރުން ފަރުހިލަން ފޮނުވީމަ ބޮޑު ވާގޯ ގައި ވެލިހިލަން އުޅުނީ.

    33
    5
  6. ސަޓޯ

    މިކަލޭގެ ކަޑަ ނުވާން އަދީ ޓާޓާ އެބަކިޔަޔޭ..

    30
    3
  7. ނާނު

    ބޮޑު ޓަގުވަގު ވާގޯ ބޮޑުވަގު މިކަލޭގެހިތުން މިހިރީ ފިލާފަ ކަލޯ އިންޑިއާގެ ގެރިމޯދީއާ ދެމީހުން ފިކޯތް ގޮވާާފަދޯ ތިޔަ ރާއްޖެ އައީީ .

  8. ޓްރޭސް

    ބާ ދަގަނޑު ބުރިއެއް ގިރިޓީ ކޮށްލިޔަސް ވަރަށް ވިދުން ހުންނާނެ. އެކަމަކު އެތެރޭގައި ހުންނާނީ ދަބަރު. އެފަދައިން ތިޔަ ކަލޭގެވެސް ބޭރުފުށުން ހިނިތުން ވުމާއި އުފާވެރިކަން ދެއްކިޔަސް ހިތުތެރޭގައި ރުއިމާއި ގިސްލުން ނޫން އެއްޗެއް ނޯންނާނެ.

  9. ޖޯބެ

    ޓަގުބުރޯ ލޮލް

  10. ޓަގޭ

    ދައުލަތް ދަވާލި މީހަކު ބަލަހައްޓާ ފިލީމާ ގެނެސްހަދަން ވެސް ދިވެހިންގެ ރުފިޔާތޯ؟ މިހާރު ކިރިޔާ އާސަންދަ ވެސް ލިބޭ ކަން

  11. ހުސޭނު

    ފިލްމު ބަލަމުންދާއިރު ބަލާމީހާޔައް ފެންނާނީ އެދެއްކި މަންޒަރު އެހިސާބައް، އެކަމު އެފިލްމު ކުޅުވާ ޕްރޮޑިއުސަރަސާ، އެކްޓަރުން، އަދި ރާވާ ކުޅުވާ މީހުންނައް އެންގޭނެ ދެންވާނެގޮތާ ވާންވީގޮތް. އެހެންވީމަ މޫނމަތިން ކީއްކުރަން ހަތަރެސް ފައިންނާ އެކިއެކި ގުނަވަންތަކުން ވަކިވަކިންވެސް ފެންނާނީ ހިނިތުންވުމާ އުފާވެރިކަން. ރައްޔިތުން ގުންބޯ ހެދިފަ ހަމަބާރައް އަތްޖަހާނީ.

    1
    1
  12. މޮހަނު

    މީ ބަޔަކު ކުޅޭ ފިލްމެެއްގެ މަންޒަރެއް ، މިފަހަރު އޮތީ ޓަގުބޯޓު ދުއްވުން

  13. ބޮލި މުލައް

    ހިނިތުންވުމާ ރަކިވުމާ އެއީ ދެކަމެއް ވަރަށްބޮޑަށް ރަކިވެ ރޭރުވެފާހުރިކަން އެނގޭ